Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަޝިޔާ - އެމެރިކާ

ބޮއިންގ ކުންފުންޏަށް ރަޝިޔާއިން ޓައިޓޭނިއަމް ވިއްކުން ހުއްޓާލަފާނެ!

ޑްރީމްލައިނަރގެ އެއަރފްރޭމްގެ 14 އިންސައްތަ އެކުލެވިގެންވަނީ ޓައިޓޭނިއަމްގެ މައްޗަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 އެޕްރީލު 2018 | ހުކުރު 14:01
ޓައިޓޭނިއަމް އަކީ ބޮއިންގ ކުންފުނީގެ މަތިންދާބޯޓުތައް އުފެއްދުމަށް މުހިއްމު މައުދަނެއް

ޓައިޓޭނިއަމް އަކީ ބޮއިންގ ކުންފުނީގެ މަތިންދާބޯޓުތައް އުފެއްދުމަށް މުހިއްމު މައުދަނެއް

މަތިންދާބޯޓު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، އެމެރިކާގެ ބޮއިންގ އަށް ޓައިޓޭނިއަމް ވިއްކުން ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.

ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުން މިފިޔަވަޅު އެޅުމާއިމެދު ދަނީ މަޝްވަރާކުރަމުންނެވެ. ބޮއިންގ ކުންފުންޏަށް ޓައިޓޭނިއަމް ވިއްކުން ހުއްޓާލާނެކަމުގެ އިންޒާރު ރަޝިޔާއިން މިދިނީ އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޓައިޓޭނިއަމް އަކީ ބޮއިންގ ކުންފުނިން އުފައްދާ މަތިންދާބޯޓުތަކުގައި ބޭނުންކުރާ މައުދަނެކެވެ. އެކުންފުނިން މިހާރު އެންމެ ކާމިޔާބުކަމާއިއެކު ވިއްކާ އެއް މަތިންދާބޯޓުކަމަށްވާ ޑްރީމްލައިނަރގެ އެއަރފްރޭމްގެ 14 އިންސައްތަ އެކުލެވިގެންވަނީ ޓައިޓޭނިއަމްގެ މައްޗަށެވެ. ގިނަ އަދަދެއްގެ އެއަރލައިންތަކުން ޑްރީމްލައިނަރތަކަށް އޯޑަރުކުރަމުންދާއިރު، އަދި މިހާރުވެސް ބޮއިންގ އިން ގިނަ އަދަދެއްގެ އޯޑަރު ނަގާފައިވާއިރު، ރަޝިޔާއިން ޓައިޓޭނިއަމް ސަޕްލައިކުރުން ހުއްޓިއްޖެނަމަ ޑްރީމްލައިނަރގެ އަގު ބޮޑުވެދާނެކަމުގެ ބިރު އެބައޮތެވެ.

ދުނިޔޭގައި ޓައިޓޭނިއަމް އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ ވީ.އެސް.އެމް.ޕީީ.އޯ-އެވިސްމާ އާއި ބޮއިންގ ކުންފުނި ގުޅިގެން ރަޝިޔާގެ ޔޫރަލްސްގައި މިހާރުވެސް ޓައިޓޭނިއަމް އުފައްދާ މަރުކަޒެއް އޮޕަރޭޓްކުރެއެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2020

ބޮއިންގ ގެ އިތުރު އޯޑަރުތަކެއް ކެންސަލް ކުރުމާއެކު ކުންފުނި އިތުރު ހާސްކަމެއްގެ ތެރެއަށް

15 އެޕްރީލު 2020
ބޮއިންގ ގެ އިތުރު އޯޑަރުތަކެއް ކެންސަލް ކުރުމާއެކު ކުންފުނި އިތުރު ހާސްކަމެއްގެ ތެރެއަށް
24 އޯގަސްޓު 2019

ވާވޭ އެމެރިކާގައި މަނާކުރުމުން އެކުންފުންޏަށް 10 ބިލިއަން ޑޮލަރުގެ ގެއްލުމެއް

24 އޯގަސްޓު 2019
ވާވޭ އެމެރިކާގައި މަނާކުރުމުން އެކުންފުންޏަށް 10 ބިލިއަން ޑޮލަރުގެ ގެއްލުމެއް
25 ޖުލައި 2019

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކުން ރަސްމީކޮށް ލޯންޗުކޮށްފި

25 ޖުލައި 2019
މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކުން ރަސްމީކޮށް ލޯންޗުކޮށްފި
05 ޖޫން 2019

އަޒަރުބައިޖާނުގެ އެއަރލައިން އިން ބޮއިންގއާ އެކު ހަދާފައިވާ ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކެންސަލްކޮށްފި

05 ޖޫން 2019
އަޒަރުބައިޖާނުގެ އެއަރލައިން އިން ބޮއިންގއާ އެކު ހަދާފައިވާ ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކެންސަލްކޮށްފި
08 ޖެނުއަރީ 2019

ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް އެމެޒަން!

08 ޖެނުއަރީ 2019
ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް އެމެޒަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު