Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫގެ ހިއްސާ ވިއްކުން

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

އުރީދޫއިން ހިއްސާ ވިއްކަން ފެށީ އެޕްރީލް މަހުގެ 30 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 މެއި 2017 | ބުދަ 11:06
އުރީދޫ މޯލްޑިވްސް: އެކުންފުނިން މިހާރު ވަނީ ހިއްސާ ވިއްކުން ހުއްޓާލާފައި

އުރީދޫ މޯލްޑިވްސް: އެކުންފުނިން މިހާރު ވަނީ ހިއްސާ ވިއްކުން ހުއްޓާލާފައި

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުން ހުއްޓާލައިފިއެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕްރީލްމަހުގެ 30 ވަނަ ދުވަހު ހުޅުވައިލި އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ނިމި، ހިއްސާ ގަތުމުގެ ފުރުސަތު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހިއްސާ ގަތުމުގެ މުއްދަތު ހުޅުވާލެވުނީ 30 އޭޕްރިލް އިން ފެށިގެން 29 މެއިގެ ނިޔަލަށް، ރަސްމީ ބަންދު ނޫން 20 ދުވަހަށްކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ހިއްސާ ގަނެފައިވާ އެންމެހާ ފަރާތްތަކުގެ އެހީގައި އުރީދޫ މޯލްޑިވްސް އައިޕީއޯ ވެގެންދިޔައީ ވިކިފައިވާ ހިއްސާގެ މިންވަރަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންގޮސްފައިވާ އެންމެ ބޮޑު އައިޕީއޯ އަށް ކަމަށެވެ.

"މިފަދަ ތަރުޙީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ފަޚުރެއް. މިގޮތުން، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުން ބާރުވެރިކުރުމަށް އުރީދޫ ކުރަމުންދާ މަސައްކަތަށް އިންވެސްޓްކުރެއްވި ކަމަށްޓަކައި، ޙިއްޞާ ބައްލަވައިގަތް އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ އައު ޙިއްޞާދާރުންނަށް މަރުޙަބާ ކިޔައި، އުރީދޫގެ ކާމިޔާބީގައި ބައިވެރިކުރުމަށް އަޅުގަނޑުމެން މިތިބީ އުފަލާއެކު ތައްޔާރަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ހިއްސާ ގަންނަން ހުށަހަޅާފައިވާ ފަރާތްތަކަށް މުޙިއްމު ތާރީޚުތައް އާންމު ކޮށްފައެވެ. އެގޮތުން ހިއްސާ އެކަށައެޅޭނެ ކަމަށް ލަފާ ކުރެވޭ ތާރީޚަކީ ޖޫން 15 ކަމަށާއި ވިއްކުމަށް ހުށައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގަންނަން ހުށައަޅާފައިވާ ހާލަތެއްގައި ފައިސާ އަނބުރާ ރައްދުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ ޖުލައި 12 ކަމަށް އުރީދޫއިން ބުނެއެވެ. ވިއްކުމަށް ހުށަހެޅިފައިވާ ޙިއްޞާ ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ ޖުލައި 17ކަމަށާއި ހިއްސާ ގަނެވިއްކަން ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ މި އަހަރުގެ އޮގަސްޓް 7 ކަމަށް އުރީދޫއިން އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު