Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

މިދިޔަ އަހަރަކީ ކުންފުންޏަށް ރަނގަޅު ކާމިޔާބީތަކެއް ލިބުނު އަހަރެއް: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

24 ޖެނުއަރީ 2018 | ބުދަ 14:48

ކުންފުންޏަށް 10 އަހަރު ފުރިފައިވަނީ މިއަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޖެނުއަރީ 2018 | ބުދަ 14:48
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި

މިދިޔަ އަހަރަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކުންފުނި އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުންޏަށް 10 އަހަރުފުރުމާއި ގުޅިގެން މިއަދު ނެރުނު ބަޔާނުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އައުޝަން ލަތީފް ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުންޏަށް އެކަށީގެންވާ ރަނގަޅު ކާމިޔާބީއެއް ލިބިފައިވާކަން އުފަލާއެކީ ފާހަގަކުރައްވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު "އިންފިނިޓީ" ގެ ނަމުގައި ސެކިއުރިޓީޒް އަށް ސަބްސްކްރައިބް ކުރުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފުކޮށްފައިވާ ކަމަށާއި އުރީދޫ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުން ހިމެނޭ ކަމަށް ވެސް އައުޝަން ވިދާޅުވިއެވެ. އަދި އެޗް.ޑީ.އެފް.ސީ ގެ ފަރާތުން ސުކޫކެއް އާންމުކޮށް ވިއްކާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އައުޝަން އިތުރަށް ވިދާޅުވީ ސްޓޮކް އެކްސްޗޭންޖްގައި މިހާތަނަށް ނުވަ ކުންފުންޏަކުން ލިސްޓް ކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 15 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ކުންފުންޏަށް ދިހަ އަހަރު ފުރިފައިވާއިރު ކުންފުނި ކުރިއެރުވުމަށްޓަކައި އެހީތެރިވެދެއްވި ކުންފުނީގެ ބޯޑު މެމްބަރުންނަށާއި މުވައްޒަފުންގެ ޓީމަށާއި ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ އަދި އެހެނިހެން ފަރާތްތަކަށްވެސް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމް.ޓީ.ސީ.ސީ އިން ހިންގާފައިވާ ރައިޓްސް އިޝޫ އަކީ މިއަހަރުގެ ތެރޭގައި ސެކިއުރިޓީޒްގެ ބާޒާރުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތްތާނގައި ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2018

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ

19 ޖެނުއަރީ 2018
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ
23 ޑިސެމްބަރު 2017

ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން

23 ޑިސެމްބަރު 2017
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން
23 ޑިސެމްބަރު 2017

ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭ

23 ޑިސެމްބަރު 2017
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭ
21 ނޮވެމްބަރު 2017

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ

21 ނޮވެމްބަރު 2017
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ
30 ސެޕްޓެމްބަރު 2017

އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

30 ސެޕްޓެމްބަރު 2017
އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް