Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާ ކެމިކަލް ހަމަލާ

ކެމިކަލް ޙަމަލާގެ ވާހަކަތަކަކީ ސޫރިޔާއަށް އެރުމަށް ހުޅަނގުން ދައްކާ އަސްލެއް ނެތް ހުއްޖަތެއް: ރަޝިޔާ

13 އެޕްރީލު 2018 | ހުކުރު 13:20

އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސީވިލާތުން ގެންދަނީ އަސްކަރީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 އެޕްރީލު 2018 | ހުކުރު 13:20
ރަޝިޔާއަކީ އައްސަދަށް ވާގިވެރިވާ ބައިނަލްއަޤްވާމީ ހަމައެކަނި ބާރު

ރަޝިޔާއަކީ އައްސަދަށް ވާގިވެރިވާ ބައިނަލްއަޤްވާމީ ހަމައެކަނި ބާރު

ސޫރިޔާގެ އިރުމަތީ ޣޫތާއަށް އެޤައުމުގެ ރައީސް ބައްޝާރުލް އައްސަދުގެ ސިފައިން ކެމިކަލް ޙަމަލާއެއް ދީފައިވާކަމަށް ބުނެ، ހުޅަނގުގެ ޤައުމުތަކުން އަޑުތައް ފަތުރަނީ ސޫރިޔާއަށް އަރައިގަތުމަށް ހުއްޖަތެއް ދެއްކުމުގެ ގޮތުންކަމަށާއި، އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ އެމެރިކާ އިން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާ ދީފިނަމަ އަނެއްކާވެސް އައު ހަނގުރާމައެއް ފެށޭނެކަމަށެވެ. ލަވްރޯފް ވިދާޅުވީ މިހަމަލާގެ ވާހަކަތަކަކީ ރަޝިޔާ ކުށްވެރިކުރުމަށް ބަޔަކު އަޑީގައި ތިބެގެން ހިންގި ކަންތައްތަކެއްކަމަށެވެ. އަދި ރަޝިޔާއިން ވަނީ މިމައްސަލައިގައި އދގެ ޚާއްސަ ޖަލްސާއެއް ބާއްވައިދިނުމަށްވެސް އެދިފައެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސިލީ ނެބެންޒިއާ ވިދާޅުވީ މިވަގުތު މުހިއްމީ ހަނގުރާމައެއް ފެށިދާނެކަމަށް ހީވެފައިވާ ބިރު ނައްތާލުންކަމަށެވެ. އަދި ބައިނަލްއަޤްވާމީ ހަމަޖެހުން ނަގާލުމަށް ވޮޝިންޓަނުން މަސައްކަތްކުރާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ކެމިކަލް ޙަމަލާއެއް ދިންތޯ ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމެއް ހޮނިހިރު ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށްބޭރުން އޮންނަ އިރުމަތީ ޣޫތާއަށް ވަންނާނެއެވެ. ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް މިރަށުގެ ބޮޑު ބައި މިހާރު ވަނީ ސަރުކާރު ސިފައިންގެ އަތް ދަށުގައެވެ. 6 ހަފްތާ ވަންދެން ހަނގުރާމަކުރުމަށްފަހު އިރުމަތީ ޣޫތާގެ ބޮޑު ބައި ސަރުކާރު ސިފައިންގެ އަތް ދަށަށް ގެނެވުނު އިރު، އާއްމުންގެ 1700 މީހުން މަރުވެފައިވާކަމަށް ރިޕޯޓަތައް ބުނެއެވެ. އިރުމަތީ ޣޫތާއަށް ކެމިކަލް ހަތިޔާރުގެ ތަޖުރިބާކާރުން ފޮނުވާ ބައިނަލްއަޤްވާމީ ޖަމްއިއްޔާ އޯގަނައިޒޭޝަން ފޮރ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް އިން ބުނީ އެ ޖަމްއިއްޔާގެ ޓީމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމީހުންގެ ހަރަކާތްތަކުގެ މައުލޫމާތު ހާމަކުރާނީ މަސައްކަތް ނިމުމުންކަމަށެވެ.

އަނެއްކޮޅުން ކެމިކަލް ހަމަލާގެ ރައްދު އަސްކަރީ ގޮތުން ދިނުމަށްޓަކައި އެމެރިކާ، ފަރަންސޭސީ ވިލާތް އަދި އިނގިރޭސި ވިލާތުން ގެންދަނީ ތައްޔާރުވަމުންނެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ ޖާސޫސީ މައުލޫމާތު އަދިވެސް އެއްކުރަމުންދާކަމަށާއި، ރައްދު ދޭނެ ގޮތަކާއިމެދު އަނެއް ދެޤައުމާއި ގުޅިގެން މަޝްވަރާކުރަމުންދާކަމަށެވެ.

ހުޅަނގުގެ ޤައުމުތަކުން ބުނީ ކެމިކަލް ޙަމަލާ ދިންކަމުގެ ހެކި އެބަހުރިކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާގައި މަރުވި ބައެއް މީހުންގެ ކުޑަކަމުދާތަކެތީގެ ސާމްޕަލާއި ލޭގެ ސާމްޕަލް މިހާރު ތަހުލީލުކޮށްފައިވާކަމަށާއި، ކްލޮރިން އާއި ނާރވް އެޖެންޓަކަށް އެތަކެތި ޕޮޒިޓިވް ވެފައިވާކަމަށް އޮފިޝަލަކާއި ހަވާލާދީ އެން.ބީ.ސީ އިން ރިޕޯޓްކޮށްފައިވެއެވެ.

ފަރަންސޭސީ ރައީސް އެމަނުއަލް މެކްރޯންވެސް ވަނީ ކެމިކަލް ހަމަލާދީފައިވާކަމުގެ ހެކި ފަރަންސޭސީވިލާތަށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.

ކެމިކަލް ހަމަލާގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަނީ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން މީގެ ކުރިންވެސް އެމެރިކާ، ފަރަންސޭސީވިލާތް އަދި އިނގިރޭސިވިލާތުން ވަނީ ވައިގެ ހަމަލާ ދީފައެވެ. އަދި މީގެ އިތުރުން ސޫރިޔާގެ ޚާން ޝައިޚޫންއަށް ބައްޝާރުލް އައްސަދުގެ ފައުޖުތަކުން ހަމަލާދިނުމާއި ގުޅިގެން ރައްދުގައި އެމެރިކާއިން ވަނީ ސޫރިޔާ ސިފައިންގެ ޖަގަހަތަކަށް އަމާޒުކޮށްގެން ހަމަލާދީފައެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދަށް އެންމެ ބޮޑަށް ވާގިވެރިވާ ބައިނަލްއަޤްވާމީ ބާރަކީ ރަޝިޔާއެވެ. މިމައްސަލައިގައި ރަޝިޔާ މިހާ ބޮޑަށް ޝާމިލްވާ ސަބަބަކީ އެއީއެވެ. އަދި ސޫރިޔާގެ މަސްރަހުގައި ރަޝިޔާ އަދާކުރާ ދައުރުގެ ސަބަބުން ކެމިކަލް ހަމަލާގެ ޒިންމާ ބައްޝާރާއި އެއް މިންވަރަކަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އިންޒާރުތަކަށް ރައްދު ދެއްވަމުން ރަޝިޔާގެ އަސްކަރިއްޔާގެ ވެރިޔާ ވިދާޅުވީ އެމެރިކާއިން ސޫރިޔާއަށް ފޮނުވާ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާނެކަމަށާއި، މިސައިލް އުދުއްސާލުމަށް ބޭނުންކުރާ އުޅަނދުތަކާއި މަރުކަޒުތަކަށް ރައްދު ހަމަލާ ދޭނެކަމަށެވެ. އަދި ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އާރކެޑީ ޑުވޮރްކޮވިޗް ހުކުރު ދުވަހު ވިދާޅުވީ "ކަނޑުގެ އަނެއް އައްސޭރީގައި ހުރި މީހަކު ހެނދުނު ނިދާ ހޭލާއިރު މޫޑު ހުންނަ ގޮތަކަށް ބަލަން ރަޝިޔާ އަށް ނޯވެވޭނެ"ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުއްލި ނިންމެވުންތަކަށެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

12 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
04 އެޕްރީލު 2017

ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު

04 އެޕްރީލު 2017
ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް