Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެމިކަލް ހަމަލާ

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

ކެމިކަލް ހަމަލާ އާ ގުޅިގެން 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 11:56
ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރިން ތަކެއް

ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރިން ތަކެއް

ސީރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުން ކުރާނަމަ އޭގެ ރައްދުގައި އެމެރިކާ އިން އާ ހަމަލާތަކެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ ސަރުކާރުން ހޯމަ ދުވަހު ދީފިއެެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޝޯން ސްޕައިސާ ވިދާޅުވީ ތުއްތު ކުދިންނަށް ގޭހުން ހަމަލާ ދޭނަމަ ނުވަތަ ރައްޔިތުންގެ ބޮލަށް ބޮން އަޅާނަަމަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އޭގެ ރައްދު ފެންނާނެ ކަމަށެވެ. އިތުރަށް ޝޯން ސްޕައިސާ ވިދާޅުވީ ރައީސް ބައްޝާރުލް އަސަދު ވެރިކަމުގައި ހުންނަވާހާ ހިނދަކު ސުލްހަވެރި ސީރިޔާއެއް ހިޔާލަށް ނުގެނެވޭ ކަމަށެވެ.

ސީރިޔާ ސަރުކާރުން ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ރައްދުގައި އާ ހަމަލާތަކެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ ސަރުކާރުން ދިން އިރު، ޖީ7 ގެ ފޮރިން މިނިސްޓަރުން ގެންދަވަނީ ސީރިޔާގެ އިދްލީބަށް ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ކަންކުރާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާ ކުރައްވަމުންނެވެ. އެ ބައްދަލުވުންތައް ބާއްވަނީ އިޓަލީގެ ލުކްކާގަ އެވެ.

ސީރިޔާގެ އިދްލީބަށް މި މަހުގެ 4 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާ އާ ގުޅިގެން 80 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު އިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

ކެމިކަލް ހަމަލާގެ ރައްދުގައި ސީރިޔާގެ ވައިގެ ބޭސްއަށް 59 ކްރޫސް މިސައިލް ބޭނުންކޮށްގެން އެމެރިކާއިން ހަމަލާދީފައިވާއިރު، އެމެެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވީ އެމެރިކާއިން ދިން ހަމަލާގައި ސީރިޔާގައި އޮޕަރޭޓު ކުރާ ޖެޓުތަކުގެ 20 އިން ސައްތަ ހަލާކުވި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު