Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

އިދްލީބަށް ދިން ހަމަލާގައި 80 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 އެޕްރީލު 2017 | ބުދަ 07:49
އިވަންކާ ޓްރަަމްޕް

އިވަންކާ ޓްރަަމްޕް

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ދާދިފަހުން އެގައުމުގައި ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާ އިން ސީރިޔާއަށް ދިން ހަމަލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ދަރިކަލުން އިވަންކާ ޓްރަމްޕް ބާރުއެޅުއްވުމުގެ ސަބަބުން ދިން ހަމަލާއެއް ކަން "ޔަގީން" ކަމަށް ރައީސް ޓްރަމްޕްގެ ފިރިހެން ދަރިކަލެއް ކަމަށްވާ އެރިކް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސީރިޔާގެ އިދްލީބަށް މި މަހުގެ 4 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާއާ ގުޅިގެން 80 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނެވެ. މިހަމަލާގައި މަރުވި 80 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ "ދަ ޓެލެގްރާފް" އަށް ދެއްވި އިންޓަވިއުއެއްގައި އެރިކް ވިދާޅުވީ އިވަންކާއަކީ ތިން ކުދިން މަންމައެއް ކަމަށާއި ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެއީ ވަރަށް ބިރުވެރި އަދި ރަހުމްކުޑަ އަމަލެއް ކަމަށް އިވަންކާ ޓްރަމްޕަށް ވިދާޅުވި ކަމަށެވެ.

އެރިކް އިތުރަށް ވިދާޅުވީ މީގެ ދެއަހަރު ކުރިން ސީރިޔާއާ ދޭތެރޭ ކަމެއް ކުރުމަށް ރައީސް ޓްރަމްޕް ދެކޮޅު ކަމަށާއި އެހެން ނަމަވެސް ސީރިޔާގެ ވެރިއަކަށް ހުންނެވި ފަރާތުން އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދެންޏާ، ދުނިޔޭގެ ސުޕަޕަވަރުގެ ހައިސިއްޔަތުން އެމެރިކާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

އުމުރުފުޅުން 33 އަހަރުގެ އެރިކް ޓްރަމްޕަކީ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ބޭބޭފުޅު ޑޮނަލްޑް ޖޫނިއާ ޓްރަމްޕާ އެކު އާއިލީ ވިޔަފާރި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއެވެ.

އިވަންކާ ޓްރަމްޕްއަކީ މިދިޔަ މާޗް މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޓްރަމްޕްގެ ސަރުކާރުގައި "އެސިސްޓަންޓް ޓު ދަ ޕްރެޒިޑެންޓް" ނުވަތަ ރައީސްގެ އެހީތެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ސީރިޔާގައި ދާދިފަހުން ދިން ކެމިކަލް ހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު އިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ. ކެމިކަލް ހަމަލާގެ ރައްދުގައި ސީރިޔާގެ ވައިގެ ބޭސްއަށް 59 ކްރޫސް މިސައިލް ބޭނުންކޮށްގެން އެމެރިކާއިން ހަމަލާދީފައިވާއިރު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވީ އެމެރިކާއިން ދިން ހަމަލާގައި ސީރިޔާގައި އޮޕަރޭޓު ކުރާ ޖެޓުތަކުގެ 20 އިން ސައްތަ ހަލާކުވި ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު