Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިޔާގެ އިދްލީބް

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

ިހަމަލާގައި 72 މީހުން މަރުވިއިރު، 20 ކުޑަކުދިންވެސް ހިމެނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 12:43
އިދްލީބަށް ދެވުނު "ކެމިކަލް" ހަމަލާއާއި ގުޅިގެން ކުއްޖަކަށް ފަރުވާ ދެނީ

އިދްލީބަށް ދެވުނު "ކެމިކަލް" ހަމަލާއާއި ގުޅިގެން ކުއްޖަކަށް ފަރުވާ ދެނީ

ސީރިޔާގެ ޓައުނެއް ކަމަށްވާ އިދްލީބްގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއާއި ގުޅިގެން އދ.ގެ ސެކިޔުރިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ އިދްލީބަށް ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާާއާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގެ ލޯ އެ ހަމަލާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު އެމެރިކާ އާއި އަދި ބައެއް އެހެނިހެން ބާރުތައް ބުނަމުން ދަނީ މިއީ ސީރިޔާގެ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށެވެ. މިހަމަލާގައި 72 މީހުން މަރުވިއިރު، 20 ކުޑަކުދިންވެސް ހިމެނެއެވެ.

ބުދަ ދުވަހު ބޭއްވި ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް އިން ވަނީ އިދްލީބަށް ދެވުނު ހަމަލާއާއި ގުޅިގެން ހުށަަަހަޅާ ގަރާރެއްގެ ޑްރާޕްޓް ހުށަހަޅާފައެެވެ. މި ގަރާރުގައި ވަނީ އިދްލީބަށް ދެވުނު ހަމަލާ ފުރިހަމަޔަށް ތަހުގީގު ކުރުމަށް ގޮވާލާފައެވެ. މި ބައްދަލުވުމުގައި ރަޝިއާ ވަނީ ސީރިޔާ ދިފާއުކޮށް ވާހަކަ ދައްކާފައެވެ. ރަޝިއާ އިނެް ބުނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް އިން ހުށަހެޅި ގަރާރަކީ "ބަލައިނުގަނެވޭނެ" ގަރާރެއް ކަމަށެވެ.

ކެމިކަލް ހަމަލާގެ ތުހުމަތާ ގުޅިގެން، ބެލްޖިއަމްގެ ވެރިރަށް ބްރެސަލްސްގައި, ސީރިޔާ އަށް އެހީދޭ 70 ގައުމުގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސް އަށް ހިޔަނި އެޅިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީރިޔާގެ ދާހިލާ ހަނގުރާމަ އަށް ސުލްހައެއް ނުލިބި ދާތާ ހައަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ސިޔާސީ ހައްލެއް ލިބުމުގެ ކޮޅުމަތި ވެސް ނުފެނެއެވެ. މި ހަނގުރާމައާއި ގުޅިގެން ފަސް މިލިޔަން މީހުން ގައުމު ދޫކޮށް ގޮސްފައިވާއިރު ގައުމުގެ އެތެރޭގެ އެއް ތަނުން އަނެއް ތަނަށް ހަމިލިޔަން މީހުން ބަދަލުވެފައި ވެއެެެވެ.

ދީފައިވާ ހަމަލާއަކީ ކެމިކަލް ހަމަލާއެއް ކަމަށް އެކްޓިވިސްޓުންނާ ހަވާލާދީ ރިޕޯޓުތައް ބުނާއިރު، "ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ރިޕޯޓުކޮށްފައި ވަނީ ސީރިޔާ ސަރުކާރުގެ ނޫނީ ރަޝިއާގެ ޖެޓުތަކުން އިދްލީބަށް ހަމަލާ ދިނުމުގެ ސަބަބުން ގިނަ ބަޔަކަށް ނޭވާ ލުމުގެ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވިކަމުގައެވެ. އަދި 200 ވަރަކަށް މީހުން ކެމިކަލް ހަމަލާގައި ބޭނުން ކުރި ގޭހުގެ އަސަރު ސީދާ ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިޔާ ސަރުކާރުން ތަކުރާރުކޮށް ދަނީ، އެއްވެސް ހަމަލާތަކެއްގައި އެއްވެސް އިރެއްގައި ކެމިކަލް ހަތިޔާރު ބޭނުން ނުކުރާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރުގައި އދ. އާއި އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް އިން ބުނެފައިވަނީ 2014 އާއި 2015 އާ ދޭތެރޭ، ސީރިޔާ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މަދުވެގެން ތިން ފަހަރެއްގެ މަތިން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިން ވަނީ ސީރިޔާގައި ކެމިކަލް ހަތިޔާރެއް ކަމަށްވާ މަސްޓާޑް ގޭސް ވެސް ބޭނުން ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު