Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

5 އެޕްރީލު 2017 | ބުދަ 11:24

އެމެރިކާ އާއި އަދި ބައެއް އެހެނިހެން ބާރުތައް ބުނަމުން ދަނީ މިއީ ސީރިޔާގެ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 އެޕްރީލު 2017 | ބުދަ 11:24
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކައިރީ ކުޑަ ކުއްޖަކު ހުއްޓިލައިގެން

ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކައިރީ ކުޑަ ކުއްޖަކު ހުއްޓިލައިގެން

ސީރިޔާގެ ޓައުނެއް ކަމަށްވާ އިދްލީބްގައި ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި މަދުވެގެން 58 މީހުން މަރުވި ހާދިސާއާ ގުޅިގެން އ. ގެ ސެކިޔުރިޓީ ކައުންސިލުން ކުއްލި މަޝްވަރާ ބައްދަލުވުމެއް ބުދަ ދުވަަަހު ބާއްވާން ނިންމައިފިއެވެ.

ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ އިދްލީބަށް ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާާއާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގެ ލޯ އެ ހަމަލާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު އެމެރިކާ އާއި އަދި ބައެއް އެހެނިހެން ބާރުތައް ބުނަމުން ދަނީ މިއީ ސީރިޔާގެ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށެވެ.

ކެމިކަލް ހަމަލާގެ ތުހުމަތާ ގުޅިގެން، ބެލްޖިއަމްގެ ވެރިރަށް ބްރެސަލްސްގައި, ސީރިޔާ އަށް އެހީދޭ 70 ގައުމުގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސް އަށް ހިޔަނި އެޅިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީރިޔާގެ ދާހިލާ ހަނގުރާމަ އަށް ސުލްހައެއް ނުލިބި ދާތާ ހައަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ސިޔާސީ ހައްލެއް ލިބުމުގެ ކޮޅުމަތި ވެސް ނުފެނެއެވެ. މި ހަނގުރާމައާއި ގުޅިގެން ފަސް މިލިޔަން މީހުން ގައުމު ދޫކޮށް ގޮސްފައިވާއިރު ގައުމުގެ އެތެރޭގެ އެއް ތަނުން އަނެއް ތަނަށް ހަމިލިޔަން މީހުން ބަދަލުވެފައި ވެއެެެވެ.

ދީފައިވާ ހަމަލާއަކީ ކެމިކަލް ހަމަލާއެއް ކަމަށް އެކްޓިވިސްޓުންނާ ހަވާލާދީ ރިޕޯޓުތައް ބުނާއިރު، "ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ރިޕޯޓުކޮށްފައި ވަނީ ސީރިޔާ ސަރުކާރުގެ ނޫނީ ރަޝިއާގެ ޖެޓުތަކުން އިދްލީބަށް ހަމަލާ ދިނުމުގެ ސަބަބުން ގިނަ ބަޔަކަށް ނޭވާ ލުމުގެ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވިކަމުގައެވެ. އަދި 200 ވަރަކަށް މީހުން ކެމިކަލް ހަމަލާގައި ބޭނުން ކުރި ގޭހުގެ އަސަރު ސީދާ ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިޔާ ސަރުކާރުން ތަކުރާރުކޮށް ދަނީ، އެއްވެސް ހަމަލާތަކެއްގައި އެއްވެސް އިރެއްގައި ކެމިކަލް ހަތިޔާރު ބޭނުން ނުކުރާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރުގައި އދ. އާއި އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް އިން ބުނެފައިވަނީ 2014 އާއި 2015 އާ ދޭތެރޭ، ސީރިޔާ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މަދުވެގެން ތިން ފަހަރެއްގެ މަތިން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިން ވަނީ ސީރިޔާގައި ކެމިކަލް ހަތިޔާރެއް ކަމަށްވާ މަސްޓާޑް ގޭސް ވެސް ބޭނުން ކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް