Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު

ސީރިޔާ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މަދުވެގެން ތިން ފަހަރެއްގެ މަތިން ހަތިޔާރެއްގެ ގޮތުގައި ކްލޮރިން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 އެޕްރީލު 2017 | އަންގާރަ 13:49
ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކައިރީ ކުޑަ ކުއްޖަކު ހުއްޓިލައިގެން

ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކައިރީ ކުޑަ ކުއްޖަކު ހުއްޓިލައިގެން

ސީރިޔާގެ އުތުރު-ދެކުނުގެ ޓައުނެއް ކަމަށްވާ އިދްލީބްގައި ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި މަދުވެގެން 18 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދީފައިވާ ހަމަލާއަކީ ކެމިކަލް ހަމަލާއެއް ކަމަށް އެކްޓިވިސްޓުންނާ ހަވާލާދީ ރިޕޯޓުތައް ބުނާއިރު، "ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް" އިން ރިޕޯޓުކޮށްފައި ވަނީ ސީރިޔާ ސަރުކާރުގެ ނޫނީ ރަޝިއާގެ ޖެޓުތަކުން އިދްލީބަށް ހަމަލާ ދިނުމުގެ ސަބަބުން ގިނަ ބަޔަކަށް ނޭވާ ލުމުގެ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވިކަމުގައެވެ. އަދި 200 ވަރަކަށް މީހުން ކެމިކަލް ހަމަލާގައި ބޭނުން ކުރި ގޭހުގެ އަސަރު ސީދާ ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިޔާ ސަރުކާރުން ތަކުރާރުކޮށް ދަނީ، އެއްވެސް ހަމަލާތަކެއްގައި ކެމިކަލް ހަތިޔާރު ބޭނުން ނުކުރާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް މިދިޔަ އޮކްޓޯބަރުގައި އދ. އާއި އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް އިން ބުނެފައިވަނީ 2014 އާއި 2015 އާ ދޭތެރޭ، ސީރިޔާ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މަދުވެގެން ތިން ފަހަރެއްގެ މަތިން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިން ވަނީ ސީރިޔާގައި ކެމިކަލް ހަތިޔާރެއް ކަމަށްވާ މަސްޓާޑް ގޭސް ވެސް ބޭނުން ކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު