Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރައްދު

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

ރައީސް ޓްރަމްޕް ވަނީ ސީރިޔާގެ ހަނގުރާމަ ހުއްޓުވައި ދިނުމުގައި އެހީވުމަށް "ތަހުޒީބް ހުރިހާ ގައުމަކަށް"ގޮވާލައްވާފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 17:13
ސީރިޔާގެ އަސްކަރިއްޔާގެ ވައިގެ ބަނދަރަކަށް  ގާތްގަނޑަކަށް 50 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލާފައިވޭ

ސީރިޔާގެ އަސްކަރިއްޔާގެ ވައިގެ ބަނދަރަކަށް  ގާތްގަނޑަކަށް 50 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލާފައިވޭ

ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައި އޮތް ސީރިޔާގެ އިދްލީބްގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާއެއްކަމަށް ބެލެވޭ ހަމަލާއަށް ފަހު އެމެރިކާއިން ރައްދުގައި ސީރިއާގެ އަމާޒުތަކަށް މިސައިލް ހަމަލާއެއް ދީފިއެވެ.

ޕެންޓަގަންގެ އޮފިޝަލް ވިދާޅުވީ މެޑިޓެރޭނިއަންގައި އޮތް އެމެރިކާގެ މަނަވަރުން ސީރިޔާގެ އަސްކަރިއްޔާގެ ވައިގެ ބަނދަރަކަށް ގާތްގަނޑަކަށް 50 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ އެ ވައިގެ ބަނދަރަކީ އަންގާރަ ދުވަހު ދިން ކެމިކަލް ހަމަލާތައް ދިނުމަށް ބޯޓްތައް ނައްޓާލި ބަނދަރު ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ ސީރިޔާގެ ހަނގުރާމަ ހުއްޓުވައި ދިނުމުގައި އެހީވުމަށް "ތަހުޒީބް ހުރިހާ ގައުމަކަށް" ގޮވާލައްވާފައެވެ.

އިދްލިބްގެ ޚާން ޝެއިޚޫން ޕްރޮވިންސްގައި ނާވް ގޭސް ބޭނުންކޮށްގެން ދިން ހަމަލާއެއްކަމަށް ބެލެވޭ މިހަމަލާގައި ޢާއްމުންގެ އެތައް ބަޔަކު މަރުވެފައިވާއިރު އޭގެ ތެރޭގައި އެތައް ބައިވަރު ކުޑަކުދިންނެއް ހިމެނެއެވެ.

ފްލޮރިޑާގައި ހުންނަވައި ޓްރަމްޕް ދެއްވި ތަގުރީރުގައި ސީރިޔާގެ ރައީސް ބަޝާރުލް އަސަދު ސިފަކުރައްވާފައި ވަނީ ކުށެއް ނެތް ޢާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިން "ޑިކްޓޭޓަރެއް"ގެ ގޮތުގައެވެ.

"މިރޭ އަޅުގަނޑު ގޮވާލަން ތަހުޒީބް ހުރިހާ ގައުމަކަށް ސީރިޔާގެ މި ގަތުލުއާއްމާއި މި ލޭއޮހޮރުވުން އަދި ހުރިހާ ބާވަތެއްގެ ޓެރެރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި އަޅުގަނޑުމެންނާ ބައިވެރިވުމަށް" ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން އެމެރިކާއިން އިންސާފު ގާއިމް ކުރުމަށް ތެދުވުމުން އެންމެ ފަހުން ސުލްހަ މަސަލަސްކަން ކަށަވަރު ކުރެވޭނެކަމަށް"

ޕެންޓަގަންއިން ބުނީ އެމެރިކާއިން މި ހަމަލާ ދިނުމުގެކުރިން ސީރިޔާގެ އަސްކަރިއްޔާއަށް މަދަދުދެމުންދާ ރަޝިއާގެ އަސްކަރިއްޔާއަށް ހަމަލާގެ މައުލޫމާތު ދިން ކަމަށެވެ. ނަމަވެސް ރަޝިޔާ އިން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ ކްރޫޒް މިސައިލްތައް އަމާޒުކޮށްފައި ވާނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާއާ ސީދާ ގުޅުންހުރި ތަންތަނަށް ކަމަށެވެ.

ސީރިޔާގެ ދައުލަތުގެ ޓީވީއިން ވެސް ވަނީ އެމެރިކާއިން އެގައުމަށް މިސައިލް ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ސީރިޔާގެ އިދްލިބްގައި ދިން ހަމަލާގައި އާއްމުންގެ އެތައް ބަޔަކު މަރާލުން ސީރިޔާގެ ސަރުކާރާ ދެކޮޅަށް ކަމެއް ހިނގާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކަމުގެ ތަފްސީލެއް ނުދެއްވައެވެ.

މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކް ޓިލާސަން ވެސް ބުރާސްފަތި ދުވަހު ވަނީ އެފަދަ އިޝާރާތެއް ކުރައްވާފައެވެ.

ޓިލާސަން ވިދާޅުވެފައި ވަނީ އެމެރިކާއިން ސީރިޔާއާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުވެފައިވާކަމަށާއި މުސްތަގުބަލުގެ ސީރިޔާގައި ރައީސް ބަޝާރުލް އަސަދުގެ ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު