Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

އިލެކްޝަނުން އެންގިއަސް ޕާޓީތަކުގެ އެތެރޭގެ މައުލޫމާތުތަކެއް ނުދެވޭނެ: ގުޅިފައިވާ ޕާޓީތައް

10 އެޕްރީލު 2018 | އަންގާރަ 14:03

ސިޓީގައި އިންތިޚާބުގެ ވާހަކައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 އެޕްރީލު 2018 | އަންގާރަ 14:03
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ އެކޮމިޝަނަށް ލިބިދީފައިވާ ޤާނޫނީ އިމުގެ ބޭރުން ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެނގި ކަމުގައިވީ ނަމަވެސް ޕާޓީތަކުގެ އެތެރޭގެ މައުލޫމާތުތައް ފޯރުކޮށްދެވެން ނޯންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި އަންގާރަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައިވާނޭ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ސަމީރު ވަނީ އެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ނޫސްވެރިން މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީ މީޑިއާގައި އާންމުކުރައްވާފައެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ އެސިޓީގައި ރިޔާސީ އިންތިޚާބާ ބެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

"މި ސިޓީގައި ބުނެފައެއް ނެތް ރިޔާސީ އިންތިޚާބާ ބެހޭ އެއްވެސް ވާހަކައެއް. އަނެއް ސިޓީގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުލިބޭ ބާރެއްގެ ދަށުން ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނާ ވެސް ޚިލާފަށް ބައެއް މައުލޫމާތުތައް ހޯދުމަށް،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެކޮމިޝަންގެ ސައްޙަ ކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލެއް ވެސް ނެތި ޑިއު ޕްރޮސެސްއާ ޚިލާފަށް އެކޮމިޝަންގެ ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވިދާޅުވާހާ އެއްޗަކަށް ޕާޓީތަކުން ތަބާ ނުވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ އިލެކްޝަންސް އިން ބާއްވަން އުޅުނު ބައްދަލުވުމުގައި ބައިވެރި ނުވާނެ ކަމަށް ޕާޓީތަކުން އަންގާރަ ދުވަހު އަންގާފައިވާނޭ ކަމަށެވެ.

ސަމީރު ވިދާޅުވީ މިއަދުވެސް ގޮވާލާނީ އިލެކްޝަންސް ކޮމިޝަނުން ޤާނޫނީ އިމުގެ ތެރެއަށް ވެންނެވުމަށާއި ހަމަހަމަކަމާ އެކު މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ކަމަށެވެ. ހަމަހަމަކަމާ އެކު ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ ދިނުމަށް ޕާޓީތަކުން އެތައް ފަހަރަކު އެދިފައިވާނޭ ކަމަށާއި މިއަދާ ހަމައަށް އައިއިރު ވެސް އެކަންކަން އިލެކްޝަންސް ކޮމިޝަނުން ކޮށްދީފައި ނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ކޮންމެ އަހަރެއްގެ މާރޗްމަސް ނިމުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ އަދިވެސް ދީފައި ނުވާ ކަމަށާއި އެކަންކަން ނުކޮށް ޤާނޫނީ އިމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު

06 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު
03 ޖުލައި 2017

ރައީސް ނަޝީދުގެ ހާއްސަ ޝުކުރު ޕާޓީތަކުގެ ލީޑަރުންނާއި ޖާބިރަށް!

03 ޖުލައި 2017
ރައީސް ނަޝީދުގެ ހާއްސަ ޝުކުރު ޕާޓީތަކުގެ ލީޑަރުންނާއި ޖާބިރަށް!
19 ޖޫން 2017

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

19 ޖޫން 2017
އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު
03 ޖޫން 2017

އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

03 ޖޫން 2017
އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި
31 މެއި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

31 މެއި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
24 މެއި 2017

ޕާޓީތަކަށް ފައިސާ ދޫކުރަން އިލެކްޝަނުން ނިންމައިފި

24 މެއި 2017
ޕާޓީތަކަށް ފައިސާ ދޫކުރަން އިލެކްޝަނުން ނިންމައިފި
12 މެއި 2017

ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު

12 މެއި 2017
ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު
04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
18 އެޕްރީލު 2017

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް

18 އެޕްރީލު 2017
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް