Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަން ކޮމިޝަން

ޕާޓީތަކަށް ފައިސާ ދޫކުރަން އިލެކްޝަނުން ނިންމައިފި

ތަފްޞީލް ހާމަކުރާނީ ފިނޭންސަށް ފޮނުވުމަށްފަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 މެއި 2017 | ބުދަ 10:59
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ބެހުމަށް މި އަހަރަށް ކަނޑައަޅާފައިވާ ފައިސާ ބެހުމަށް ޤާނޫނުގައި ކަނޑައަލާފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން، އެ ފައިސާ ޕާޓީތަކަށް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ދޫކުރަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން، އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙުމަދު އަކްރަމް ވިދާޅުވީ، ޕާޓީތަކަށް ފައިސާ ދޫކުރާނެ އުސޫލުތައް ޤާނޫނުގައި ބަޔާން ކުރެވިފައިވާ ކަމަށާއި، ފައިސާ ދޫކުރާނީ އެގޮތުގެ މަތިން ކަމަށެވެ.

އަކްރަމް ވިދާޅުވީ، ޕާޓީތަކަށް ފައިސާ ދޫކުރުމަށް، ބުދަ ދުވަހު ފިނޭންސަށް ފޮނުވާނެ ކަމަށާއި، ފިނޭންސަށް ފޮނުވުމަށް ފަހު، ފައިސާ ލިބޭ ޕާޓީތަކާއި، އެ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު ކޮމިޝަނުންހާމަކުރާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ކޮންމެ އަހަރެއްގެ ފުރަތަމަ ތިންމަސް ނިމުމުގެ ކުރިން ދޭންވާނެ ކަމަށާއި، އެގޮތުން ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށެވެ.

އެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުން ކަމަށެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ލިބޭނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށް ޤާނޫނުގައި ވެއެވެ.

ޤާނޫނުގައި ބުނާ މުއްދަތު ފާއިތުވިތާ ދޮޅުމަސްދުވަހަށް ވުރެ ފަހުން، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް މި އަހަރަށް ކަނޑައެޅިފައިވާ ފައިސާ ދޫކުރުމަށް އިލެކްޝަނުން ނިންމާފައިވާއިރު، ނިމިގެންދިޔަ އަހަރު، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާ ކަމަށް ބުނެ، އިލެކްޝަން ކޮމިޝަނުން ވަނީ ޕާޓީތަކަށް ފައިސާ ދޫކުރުން ލަސްކޮށްފައެވެ. އެ ފައިސާ ކޮމިޝަނުން ދޫކުރީ ފިންގަޕްރިންޓް ނުޖަހާ ފޯމްތައް ބާތިލް ކަމަށް ނިންމައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީން ވަކިވި ކަމަށް ނިންމުމަށް ފަހު އެވެ. އަދި އެ މުއްދަތުގައި ޕީޕީޢެމް އިން ގިން ފޯމްތަކެއް ހުށަހަޅާފައި ވެއެވެ. މިދިޔަ އަހަރު ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ ނޮވެމްބަރ މަހުއެވެ.

މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އެ އަހަރު ފައިސާ ލިބިފައިވަނީ ތިން ޕާޓީއަކަށެވެ. އެގޮތުން، ސަރުކާރު ހިންގާ ޕީޕީއެމްއަށް 10 މިލިއަން ރުފިޔާ، އިދިކޮޅު އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ އަދި އިދިކޮޅު ޖުމްހޫރީ ޕާޓީއަށް 2.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ކަމުގައިވާ އެމްޑީއޭއަށް 2.8 މިލިއަން ރުފިޔާ ދިންއިރު، މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށްވުމުން، 2016 ވަނަ އަހަރު އަދާލަތު ޕާޓީ އާއި ޑީއާރުޕީއަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު