Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު

ރައީސް ޔާމީން އަމިއްލަފުޅު މަޖިލިސް މެންބަރުންގެ ވައިބަރ ޕޭޖުން އައުޓް ވެއްޖެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 ޖުލައި 2017 | ބުރާސްފަތި 17:11
ރައީސް ނަޝީދު: މިސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި

ރައީސް ނަޝީދު: މިސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް، ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓުން ބައިވެރިވާ މިނިވަން އިންސާފުވެރި އިންތިޚާބެއް އަނެއްކާވެސް ރާއްޖޭގައި ބާއްވަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެރޭ އެޕާޓީގެ ހަރުގޭގައި ކުރިއަށްގެންދާ ޚާއްޞަ ހަފްލާގެ ތެރެއިން ކޮޅުނބުގައި ހުންނަވައިގެން ދެއްވި ތަޤްރީރުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ "މިރޭ އަޅުގަނޑުމެން މިހުށަހަޅައިދެނީ މުޅިން އާ ޕޭޖެއް" ކަމަށާއި "ރައީސް ޔާމީން އެބޭފުޅާގެ އަމިއްލަފުޅު މަޖިލިސް މެންބަރުންގެ ވައިބަރ ޕޭޖުން އައުޓްވެއްޖެ" ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު މިދަނީ ރޫޅެމުން ކަމަށާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ދޮޅަސް އަހަރު ފުރޭއިރު އެރަސްމިއްޔާތު ފާހަގަކުރާ ރޭ ފާހަގަކުރަމުންދަނީ އަދި ވަކިން މާބޮޑު އުފަލެއްގެ އުފާވެރިކަން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ގުޅިގެން އެމްޑީޕީން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީގެ ކުލަވަރު މިރޭ އަޅުގަނޑުމެންނަށް ފެންނަ ކަމަށާއި އެކާމިޔާބީގެ މަންޒަރު އެބަ ފެންނަ ކަމަށެވެ.

"ދިވެހިނަށް ހެޔޮވެރިކަމެއް ކޮށްދެވޭނެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަލުން އަނބުރާ ގެނެވޭނެ. ބޭނުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އަލުން އިޔާދަ ކުރުން. މުސްތަގިއްލު މުއައްސަސާތައް މުސަތްގިއްލު ކުރުން، ފަނޑިޔާރުގޭގެ ނިންމުންތަކަށް ސަރުކާރުން ވަނަ ނުދިނުން. ފުލުހުންނާ ސިފައިންގެ މަސައްކަތުގައި ސިޔާސީ ކުލަ ޖެހުނަ ނުދިނުން. ލާމަރުކަޒީ ނިޒާމް އަލުން އަނބުރާ ގެނައުން. އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަންކަން ރާއްޖޭގައި ކުރިއަނުދިނުން. މީހުން މެރުމާއި މަރުގެ އިންޒާރުދީ، ވައްކަމާއި، ފޭރުމާއި ޓެކުމުގެ ނުރައްކަލުން ރާއްޖޭގެ ރައްޔިތުން ސަލާމްތަކުރުން، ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހާސްކަމެއްނެތި ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ މަގުތައް ކޮށައިދިނުން. ދިވެހިނަށް ހައްޤު މިންވަރު ދިވެހިނަށް ހޯދައިދިނުން. ގުޅިގެން އަޅުގަނޑުމެން ކުރާ މަސައްކަތް އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ޕާޓީތަކުން ޚިޔާރުކުރާ ކެނޑިޑޭޓުން ބައިވެރިވާ މިނިވަން އިންތިޚާބެއް އަނެއްކާވެސް ބޭއްވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު