Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާ ކެމިކަލް ހަމަލާ

ސޫރިޔާގައި ކެމިކަލް ޙަމަލާއެއް ދިންކަމުގެ ނިޝާންތަކެއް ނެތް: ރަޝިޔާ

ރަޝިޔާއިން ދަނީ ބައްޝާރުލް އައްސަދުގެ ސިފައިންނަށް މަދަދުވެރިވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2018 | ހޯމަ 14:57
ދޫމާއަށް ދިން ކެމިކަލް ހަމަލާގައި އަސަރުކުރި ކުޑަކުއްޖަކަށް ފަރުވާ ދެނީ

ދޫމާއަށް ދިން ކެމިކަލް ހަމަލާގައި އަސަރުކުރި ކުޑަކުއްޖަކަށް ފަރުވާ ދެނީ

ސޫރިޔާގެ އިރުމަތީ ޣޫތާގެ އަވަށެއްކަމަށްވާ ދޫމާއަށް ހޮނިހިރު ދުވަހު ރައީސް ބައްޝާރުލް އައްސަދުގެ ސިފައިން ކެމިކަލް ޙަމަލާއެއް ދިންކަމަށް ބައިނަލްއަޤްވާމީ މުޖްތަަމައުން ތުހުމަތުކުރަމުންދަނިކޮށް، އެފަދަ ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ހަމަލާދިންކަމަށް ތުހުމަތުކުރާ ސަރަހައްދަށް ރަޝިޔާގެ ސްޕެޝަލިސްޓުންނާއި އެހީދޭ ފަރާތްތައް ޒިޔާރަތްކޮށްފައިވާކަމަށާއި، އެފަދަ ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށެވެ.

ރަޝިޔާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުލް އައްސަދުގެ ފައުޖުތަކަށް މަދަދުވެރިވާ ޤައުމެކެވެ. އަދި ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގެ ޒިންމާ ރަޝިޔާއިން ނަގަން ޖެހޭނެކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިިތުރުން އެމެރިކާ އަދި ފަރަންސޭސިވިލާތުން ވަނީ މިމައްސަލައިގައި ރަޝިޔާއާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކެމިކަލް ޙަމަލާއެއްގެ ނިޝާނެއް ނެތްކަމަށް ރަޝިޔާއިން ބުނިނަމަވެސް، ކެމިކަލް ހަމަލާއެއްގެ ނިޝާންތަކެއްކަމަށް ބެލެވޭ ނިޝާންތަކަކާއިއެކު ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ތިއްބާ ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އެހީދޭ ފަރާތްތަކުން ބުނާ ގޮތުގައި ކެމިކަލް ހަމަލާގެ ސަބަބުން އަސަރުކޮށްގެން 500އެއްހާ މީހުން އިރުމަތީ ޣޫތާގެ ހޮސްޕިޓަލްތަކަށް ފަރުވާދޭން ގެނެސްފައިވެއެވެ. މިމައްސަލަ ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް އައިސްފައެވެ.

ކެމިކަލް ހަމަލާއެއް އިރުމަތީ ޣޫތާގައި ނުދޭކަމަށް ރަޝިޔާއިން ބުނެފައި މިވަނީ ސޫރިޔާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ވައިގެމަގުން ހަމަލާއެއް ދިންތާ މާގިނަ އިރުތަކެއް ނުވެއެވެ. މި ވައިގެ މަރުކަޒަކީ ސޫރިޔާގެ ޙިމްސްގެ ކައިރީގައި އޮންނަ މަރުކަޒެކެވެ. މިޙަމަލާގައި 14 މީހަކު މަރުވެފައިވާއިރު، ސޫރިޔާއިންނާއި ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި މިއީ އިސްރާއީލުން ދިން ޙަމަލާއެކެވެ. މިހަމަލާދިނީ އެމެރިކާއިންކަމަށް ސޫރިޔާ ސަރުކާރުން އެންމެ ފުރަތަމަ ބުނިނަމަވެސް، އެއީ އިސްރާއީލުން ދިން ޙަމަލާއެއްކަމަށް ފަހުން ބުނީ އެހަމަލާގައި އެޤައުމުތަކުގެ އަތެއް ނުވާކަމަށް އެމެރިކާ އާއި ފަރަންސޭސީވިލާތުން ބުނުމުންނެވެ.

މީގެ ކުރިންވެސް އިސްރާއީލުން ސޫރިޔާ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދީފައިވެއެވެ.

ހޮނިހިރު ދުވަހު ސޫރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދަކީ ޖަނަވާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިހަމަލާގެ ބަދަލު އަސްކަރީ ހަމަލާއަކުން އެމެރިކާއިން ނުހިފާނެކަމުގެ ޔަޤީންކަން ނުދެވޭނެކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

12 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު