Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް ޓަވަރ

ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، އެކަކު މަރުވެއްޖެ

ޙާދިސާ ހިނގި ވަގުތު ފަރސްޓް ފެމިލީގެ އެއްވެސް ބޭފުޅެއް އިމާރާތުގައި ނޫޅުއްވާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އެޕްރީލު 2018 | އާދީއްތަ 14:09
ޓްރަމްޕް ޓަވަރުގައި ހިނގި އަލިފާނުގެ ޙާދިސާ ކޮންޓްރޯލްކޮށްފައި

ޓްރަމްޕް ޓަވަރުގައި ހިނގި އަލިފާނުގެ ޙާދިސާ ކޮންޓްރޯލްކޮށްފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ބިލްޑިންގއެއް ކަމަށްވާ ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ޙާދިސާގައި އެކަކު ވަނީ މަރުވެފައެވެ. އެމީހާ މަރުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އެމީހަކީ އެބިލްޑިންގގައި ދިރިއުޅެމުންދިޔަ މީހެކެވެ.

އަލިފާން ރޯވީ އުސްކޮށް ހަދާފައިވާ އެއިމާރާތުގެ 50ވަނަ ފަންގިފިލާގައެވެ.

އެއިމާރާތަކީ ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ޓްރަމްޕް ބޭނުން ކުރައްވާ އެޕާޓްމަންޓް ހުންނަ ބިލްޑިންގއެވެ. އަދި އަނބިކަނލުން މެލާނިއާ ޓްރަމްޕްއާއި ހަނގު ދަރިކަލުން ބެރޮންވެސް ބޭނުންކުރައްވަނީ އެއިމާރާތުގެ އެންމެ މަތީގައި ހުންނަ އެޕާޓްމަންޓެވެ. އެހެން ނަމަވެސް މިޙާދިސާ ހިނގި ވަގުތު އެއިމާރާތުގައި ޓްރަމްޕް އާއިލާގެ ބޭފުޅަކު ނޫޅުއްވައެވެ.

އަލިފާނުގެ ޙާދިސާ ހިނގުމާއިއެކު ޓްރަމްޕް ވަނީ އަލިފާން ނިވިއްޖެ ކަމަށާއި، އެއިމާރާތަކީ ވަރަށް ރަނގަޅަށް އިމާރާތްކޮށްފައިވާ ތަނެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ނިއުޔޯކްގެ ފަޔަރ ޑިޕާޓްމަންޓުގެ ވެރިޔާ ޑެނިއަލް ނިގްރީ ވިދާޅުވީ އަލިފާން ކޮންޓްރޯލްވި ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އިމާރާތުން ބޯކޮށް ކަޅުދުން އަރަމުން ދިޔަ ކަމަށާއި، އެހެންކަމުން މުޅިން ކޮންޓްރޯލް ކުރެވިއްޖެއޭ ނުބުނޭވެނެ ކަމަށެވެ. އަދި އެއިމާރާތުގައި އަލިފާން ނިއްވަން ބޭނުންކުރާ ސްޕްރިންކްލަރސް ހަރުކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އިމާރާތް ކުރާ އިމާރާތްތަކުގައި ސްޕްރިންކްލަރސް ހަރުކުރުން މަޖުބޫރު ނަމަވެސް، ޓްރަމްޕް ޓަވަރ އިމާރާތްކުރި އިރު އެއީ މަޖުބޫރުކަމެއް ނޫނެވެ.

މިއަލިފާން ނިއްވާލުމަށް އެސަރަހައްދަށް 200 ވަރަކަށް ފަޔަރމަނުން ފޮނުވަން ޖެހުނު ކަމަށް ނިއުޔޯކް ފަޔަރ ޑިޕާޓްމަންޓުން ބުންޏެވެ. މި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު