Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަން

ސިޔާސީ ހައްޔަރީންގެ އާއިލާތަކުގެ ޝުއޫރު ބަންޑުންކޮށްލައިފި

6 އެޕްރީލު 2018 | ހުކުރު 15:07

ސަނާ ވިދާޅުވީ ސިޔާދުގެ ކުށަކީ ގާސިމްގެ ދަރިއަކަށްވުން ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 6 އެޕްރީލު 2018 | ހުކުރު 15:07
ގާސިމް ދަރިކަނބަލުން ސަނާ މިއަދުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ގާސިމް ދަރިކަނބަލުން ސަނާ މިއަދުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

ރައީސް އަބްދުﷲ ޔާމީންގެ ބާރުވެރިކަން އިތުރުކުރަން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ސިޔާސީ ހައްޔަރީންގެ އާއިލާތަކުގެ ޝުއޫރުތައް ބަންޑުކޮށްލައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުން މި ފަހަރު ހާއްސަކޮށްފައި އޮތީ ހައްޔަރުކޮށްފައިވާ ތިބި ބޭފުޅުންގެ އާއިލާތަކަށެވެ. މި އެއްވުމުގައި ގާސިމް އިބްރާހިމް ދަރިކަނބަލުން ހަދީޖާ ސަނާ ވަނީ ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވާފަ އެވެ. ސަނާ ވިދާޅުވީ އޭނާގެ ބައްޕަގެ ކުށަކީ ރައީސް އަބްދުﷲ ޔާމިނަށް ތާއީދު ނުކުރެއްވުން ކަމަށެވެ. މިހާރުވެސް ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ކޮއްކޮ އިބްރާހިމް ސިޔާދު ގާސިމްގެ ކުށަކީ ގާސިމް އިބްރާހިމްގެ ދަރިކަލަކަށްވުން ކަމަށް ސަނާ ވިދާޅުވި އެވެ. ސިޔާދަކީ ޖިނާއީ ކުށެއް ކުރާނެ މީހެއް ނޫން ކަމަށް ވިދާޅުވެ ތުހްމަތުތަކަށް ސަނާ ވަނީ ރައްދު ދެއްވާފަ އެވެ.

Advertisement - newsAdvertisement

މި އެއްވުމުގައި ވާހަކަ ދެއްކެވި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ކޮއްކޮ އާދަމް ޒާލިފް ވިދާޅުވީ އިލްހާމް ހައްޔަރުކުރުމަކީ އޭނާގެ މުޅި އާއިލާއަށް ދެވޭ އަނިޔާއެއް ކަމަށެވެ. އަދި އެހެންމެ އިލްހާމް ހައްޔަރުކުރުމަކުން އިސްލާހީ މަސައްކަތުގައި އެކަކުވެސް ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި އިލްހާމްގެ ހިތްވަރު ބައްޔެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ހައްޔަރުކޮށްފައިވާ އެންމެންގެ ހައްގުގައި އެމްޑީޕީއާއި އެ ޕާޓީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރާ ފަރާތްތައް ތިބޭނެ ކަމަށެވެ. ނުހައްގުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެންމެ މީހަކު ވެސް ދޫކޮށްނުލަނީސް އެމްޑީޕީގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރު ކުރަމުންދާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަތައް ހުއްޓާނުލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވަނީ ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި އޭގެ ތެރެއިން ހައްޔަރުކޮށްފައި ތިބި މީހުން ތަހައްމަލު ކުރަމުންދާ އަނިޔާއަކީ ބޭއިންސާފުން ދެވޭނެ އަނިޔާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ ފޮޓޯ ހިމެނޭ ޕޯސްޓަރެއް އެމްޑީޕީ ހަރުގެ ކުރިމަތީ ހުކުރު ދުވަހު ހަރުކުރި އެވެ. މި އެއްވުން ނިންމާލީ ސަރުކާރާއި ފުލުހުންގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދޭން އެދި ކުރި ދުއާއަކުންނެވެ. މި ދުއާ އިސްކޮން ހުރެ ކިޔާފައިވަނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ބައްޕަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް