Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުއީ ދާއިރާ

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

ޝަރީއަތްތަކުގެ އިންސާފުވެރިކަމާމެދު ބޮޑެތި ސުވާލުތަކެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 ފެބުރުއަރީ 2017 | ބުރާސްފަތި 10:41
ވަކީލުންތަކެއް ހުވާ ކުރައްވަނީ: އެމްނެސްޓީ އިން ވަނީ ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ

ވަކީލުންތަކެއް ހުވާ ކުރައްވަނީ: އެމްނެސްޓީ އިން ވަނީ ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ

ރާއްޖޭގެ ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީ ވެފައިވާ ކަމަށާއި، ސިޔާސީ ދާއިރާ ހަރުދަނާ ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

ފާއިތުވި އަހަރުގެ ތެރޭގައި 159 ގައުމެއްގެ އިންސާނީ ހާލަތު ވަޒަންކޮށް، އެމްނެސްޓީ އިން ނެރުނު އެ ޖަމިއްޔާގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޝަރުއީ ދާއިރާއިން ވަކިކޮޅަކަށް ނުޖެހި ދެފުށްފެންނަ ފަދަ ނިޒާމެއްގެ ތެރޭގައި މަސައްކަތް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން ހަރުދަނާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކޮމިޝަން ހަރުދަނާ ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެމްނެސްޓީގެ ރިޕޯޓުގައި ވަނީ، "ހަވީރު" ނޫހުގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ދުވަހަށް މަސައްކަތް ނުކުރެވޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާކަން ފާހަގަކޮށްފަ އެވެ.

އެމްނެސްޓީ އިން ބުނީ، ރާއްޖޭގެ ގާނޫނުތަކުން ކަށަވަރުކޮށްދޭ، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދެމުން ނުދާ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތަކުން، އެ ހައްގު ކަށަވަރުކޮށްދެމުން ނުދާކަން ހާމަވާ ކަމަށެވެ.

އެގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިންގި ޝަރީއަތްތަކާއި، އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް ހިންގި ޝަރީއަތްތަކުގެ އިންސާފުވެރިކަމާއި ހަމަހަމަކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދާފައިވާކަން އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ސުޕްރީމް ކޯޓުން ދެމެހެއްޓިއިރު، އެ ޝަރީއަތްތަކަކީ އިންތިހާ އަށް ބޭއިންސާފުން ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް އެކި ފަރާތްތަކުން ބުނަމުންދިޔަ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެމްނެސްޓީ އިން ވަނީ މަރުގެ އަދަބު ދިނުމަށް ސަރުކާރުން ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ވަނީ ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް ތިން މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާކަން ފާހަގަކޮށްފަ އެވެ.

މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވާހަރަކޮށްލި މައްސަލައިގައި ހ. ލޮބީ ހުސެއިން ހުމާމްއަށާއި، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި މައްސަލައިގައި މ. މަސްރޫރާ އަހްމަދު މުއްރަތުގެ އިތުރުން، ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި މައްސަލައިގައި ގ. ރީފް މުހައްމަދު ނަބީލުގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު