Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ޖޫނިއަރސް ފައިވް

ނޭމާ ޖޫނިއަރސް ފައިވްގެ ލ.ގަމުގެ ޗެމްޕިއަންކަން އަނދިރި އަނދިރިންނަށް

1 އެޕްރީލު 2018 | އާދީއްތަ 17:42

މި މުބާރާތުގެ ޗެމްޕިއަންކަން އަނދިރި އަނދިރިން ހޯދީ ފައިނަލުގައި ބަރާސީލް 5-0 ގެ ނަތީޖާއަކުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 އެޕްރީލު 2018 | އާދީއްތަ 17:42
ނޭމާ ޖޫނިއަރސް ފައިވް

ނޭމާ ޖޫނިއަރސް ފައިވް

ރެޑްބުލްއިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޭމާ ޖޫނިއަރސް ފައިވް" ފުޓްސަލް މުބާރާތުގެ ލ.ގަމުގެ ޗެމްޕިއަންކަން އަނދިރި އަނދިރިން ހޯދައިފިއެވެ.

މި ބުރުގައި ޖުމްލަ ނުވަ ޓީމެއް ބައިވެރިވިއިރު މި ބުރުގެ ކުޅުން ވެސް ކުރިޔަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. ލ.ފޮނަދޫއަށް ނިސްބަތްވާ ދެ ޓީމު ފައިނަލުގައި ވާދަކުރިއިރު ފައިނަލްގައި އަނދިރި އަނދިރިންނާއި ދެކޮޅަށް ކުޅެފައިވަނީ ބަރާސީލް އެފްސީއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އަނދިރި އަނދިރިން ހޯދީ ފައިނަލުގައި ބަރާސީލް 5-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަނދިރި އަނދިރި ފައިނަލް އިން ޖާގަ ހޯދީ ސެމީގައި ފޮއެމަތި އާއި ވާދަކޮށް 4-0 އިން ކާމިޔާބު ހޯދައިގެންނެވެ. ހަމައެހެންމެ ބަރާސީލް ފައިނަލްއަށް ދަތުރު ކުރީ ގުޗީ ގޭންގްގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ.

ގަމު ކޮލިފައިން ބުރުގެ ޗެމްޕިއަންކަން އަނދިރި އަނދިރިން ހޯދުމާއެކު އެ ޓީމަށް ވަނީ ގައުމީ ކޮލިފައިން ބުރުން ޖާގަ ލިބިފައެވެ. ގައުމީ ކޮލިފައިންއަށް ޓީމުތައް ހޮވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮލިފައިން ބުރުތައް ރެޑްބުލްއިން ކުރިޔަށް ގެންދާނެއެވެ. ގަމު ކޮލިފައިންގެ އިތުރުން ކުޅުދުއްފުށި، ގދ.ތިނަދޫ އަދި ފުވައްމަލަކުގެ އިތުރުން އައްޑޫ ސިޓީ ކޮލިފައިން ބުރުތައް ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ހަމައެހެންމެ ގއ ވިލިނގިލި އަދި މާލޭގައި ވެސް ރެޑްބުލްއިން ކޮލިފައިން ބުރުތައް ކުރިޔަށްގެންދާނެއެވެ. އަދި މި ޓީމުތަކުގެ މެދުގައި ކުޅޭ ގައުމީ ކޮލިފައިން ބުރުން އެއްވަނަ ހޯދާ ޓީމަށް ރާއްޖެ ތަމްސީލުކުރުމަށް ބްރެޒިލްއަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ.

ގައުމީ ކޮލިފައިންއިން އެއްވަނަ ހޯދާ ޓީމަކަށް ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުތަކާއެކު ކުރިޔަށް ގެންދާ ފައިނަލް ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ފައިނަލްވެސް އޮންނަނީ ބްރެޒިލްގައެވެ. މިދިޔަ އަހަރު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ކްލަބް ޓީނޭޖްއިންނެވެ.

މި މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ކޮންމެ ޓީމެއްގައި ވެސް ކީޕަރާއެކު ހިމެނޭނީ ފަސް ކުޅުންތެރިންނެވެ. އަދި 10 މިނެޓަށް ކޮންމެ މެޗެއް ވެސް ކުޅެވިގެންދާއިރު އިދިކޮޅު ޓީމުން ޖަހާ ކޮންމެ ލަނޑަކަށް، ލަނޑު ވަން ޓީމުގެ ކުޅުންތެރިޔަކު ދަނޑުން ފައިބަންޖެހޭނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
26 މާރިޗު 2017

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި
14 މާރިޗު 2017

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް