Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮބާޓް ލެވެންޑޯސްކީ

ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް

ބަޔާންގެ ކޯޗު ހެއިންކޭސް ބުނީ ސްޕެއިންގެ މީޑިއާގައި ވަރަށް ވާހަކަ ދެކެވޭ ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 31 މާރިޗު 2018 | ހޮނިހިރު 11:49
ރޮބާޓް ލެވަންޑޯސްކީ

ރޮބާޓް ލެވަންޑޯސްކީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ރެވަންޑޯސްކީ އެ ޓީމުގައި މަޑުކުރާނެ ކަމަށާއި އަދި އެ ޓީމުގެ ކޯޗު ޖުޕް ހެއިންކޭސް ގާއިމުކޮށްފައިވާ ލަނޑު ރެކޯޑު މުގުރާލާނެ ކަމަށް ހެއިންކޭސް ބުނެފިއެވެ.

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 184 މެޗުގައި 142 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ. މި ސީޒަނުގައި ވެސް އުމުރުން 29 އަހަރުގެ ފޯވާޑްގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުމާއެކު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ހެއިންކޭސް ބުނީ ސްޕެއިންގެ މީޑިއާގައި ވަރަށް ވާހަކަ ދެކެވޭ ކަމަށާއި އެއީ އެ ގައުމުގައި ކަން ހިނގާ ގޮތް ކަމަށެވެ. ހަމައެހެންމެ އޭނާ އެ ޓީމުގެ މަޑުކުރާނެ ކަމަށާއި އަދި ކުރިޔަށް އޮތް ދެ ސީޒަނުގައި އެނާ ގާއިމުކޮށްފައިވާ ލަނޑު ރެކޯޑު ލެވަންޑޯސްކީ މުގުރާލާނެ ކަމަށް ހެއިންކޭސް ބުނެފައިވެއެވެ. ހެއިންކޭސް ވަނީ ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުގައި 220 ލަނޑު ޖަހާފައެވެ.

ހެއިންކޭސްގެ އިތުރުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވެސް ވަނީ ލެވަންޑޯސްކީ އެ ޓީމުގައި މަޑުކުރާނެ ކަމަށް ބުނެފައެވެ. ރުމެނިގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އަންނަ ސީޒަނުގައި ވެސް ބަޔާންގެ ޖާޒީއިން ލެވަންޑޯސްކީ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިތުރު ގޮތެއް ހޯދަންވީ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ. ބަޔާންއިން ކުޅުންތެރިން ވިއްކާނީ އެ ކްލަބްއިން ބޭނުންވެގެން ކަން ހުރިހާ ޓީމަކުން ވެސް ދަންނަން ޖެހޭ ކަމަށާއި ލެވަންޑޯސްކީއަކީ އެއްވެސް ހާލެއްގައި ވިއްކާނެ ކުޅުންތެރިޔެއް ނޫންކަން ސާފުކޮށްދޭން ބޭނުންވާ ކަމަށް ރުމެނިގާ ބުނެފައިވެއެވެ.

ބަޔާން މިއުނިކްގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން އަންނަ ލެވަންޑޯސްކީ ވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕާ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ބަޔާންއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޖަރުމަނަށް ނިސްބަތްނުވާ ކުޅުންތެރިޔާ ވެސްމެއެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް

31 އޯގަސްޓު 2017
ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް
26 ޖުލައި 2017

ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ

26 ޖުލައި 2017
ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ
08 ޖުލައި 2017

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

08 ޖުލައި 2017
އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
04 ޖޫން 2017

ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި

04 ޖޫން 2017
ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި
23 މެއި 2017

އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި

23 މެއި 2017
އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު