Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި

ރެއާލް މެޑްރިޑް ޔުވަންޓަސް ބަލިކުރީ 1-4 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 4 ޖޫން 2017 | އާދީއްތަ 02:20
ރެއާލް މެޑްރިޑުން 12 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ

ރެއާލް މެޑްރިޑުން 12 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެކޯޑުތަކަކާއެކު އިޓަލީގެ ޗެމްޕިއަންސް ޔުވަންޓަސް ބަލިކޮށް ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޔުވަންޓަސްއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ކާޑިފްގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ރަނގަޅަށް ކުޅުނީ ޔުވަންޓަސް އިންނެވެ. އެގޮތުން އެޓީމުން ވަނީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ހަ ވަނަ މިނެޓުގައި މިރަލެމް ޕިނަކް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް އޭރިޔާ ބޭރުން ޕިނަކް ފޮނުވާލި މި ހަމަލާ ކީޕަރު ކޭލޯ ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގެ ކުޅުމާއެކު ރެއާލް އަށް ތަށި ހައްގު. އެމީހުންގެ ފެންވަރު ދެވަނަ ހާފްގައި ދެއްކި. ވަރަށް ރަނގަޅު ކުޅުމެއް ދެއްކީ - ޔުވަންޓަސްގެ ކެޕްޓަން ބުފޮން

ޔުވަންޓަސް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ރެއާލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 20 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ކަވަހާލްގެ އެހީތެރިކަމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ލަނޑަށްފަހު ރެއާލް އިން މެޗުގެ ކޮންޓްރޯލް އަނބުރާ ހޯދާ ޔުވަންޓަސްގެ ހާފަށް ބާރުބޮޑުކުރަން ފެށި އެވެ. އެހެންނަމަވެސް 27 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗް ވަނީ ހިތްގައިމު ލަނޑަކާއެކު ޔުވަންޓަސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ލަނޑު ގޮންޒާލޯ ހިގުއެންގެ އެހީތެރިކަމާއެކު މަންޒުކިޗް ކާމިޔާބުކުރީ އޯވާހެޑްކިކަކުންނެވެ.

މިއީ އަހަރުމެންނަށް ހައްގު މޮޅެއް. ތާރީހުން ޖާގަ ހޯދުމަކީ އަހަރުމެންގެ އާދައެއް. ކުޅުންތެރިން ދެއްކީ އަގުހުރި މަސައްކަތް. ވަރަށް ފަހުރުވެރިވޭ - ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް

މި ލަނޑަށްފަހު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މުޅި މި ހާފް ޔުވަންޓަސްގެ އޭރިޔާ ތެރޭގައި ކުޅެފައެވެ. އެގޮތުން ޔުވަންޓަސް އަށް މެޗުގެ ލީޑު ނަގައިދިނީ 61 ވަނަ މިނެޓުގައި ކާލޯސް ހެންރިކް ކަސްމީރޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ގޯލާ 30 ޔާޑު ދުރުންނެވެ. މި ބޯޅަ ގޯލަށް ވަނީ ޔުވަންޓަސްގެ މިޑްފިލްޑަރު ސާމީ ކެދީރާ ފައިގައި ޖެހިފައެވެ.

މި ލަނޑަށްފަހުވެސް ރެއާލް އިން އެޓީމުގެ މޮޅު ކުޅުން ވަނީ ތަކުރާރުކޮށްފައެވެ. އެގޮތުން އޭގެ ތިން މިނެޓު ފަހުން ރެއާލް އަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ލޫކާ މޮޑްރިޗްގެ އެހީތެރިކަމާއެކުގައެވެ.

އަމިއްލަ ގައުމުގައި ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރެވުމުން އުފާވޭ. މިއީ ވަރަށް އުނދަގޫ ސީޒަނެއް. އަނިޔާއިން ސަލާމަތްވެ ފައިނަލް މެޗަށް ފިޓްވާން ވަރަށް މަސައްކަތްކުރިން. ނަތީޖާ މިއޮތީ ފެންނަން - ރެއާލްގެ ވިންގާ ގެރެތް ބޭލް

މެޗުގެ 84 ވަނަ މިނެޓުގައި ޔުވަންޓަސްގެ ބަދަލު ކުޅުންތެރިޔާ ކުއާޑްރޯ ބެލޯ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެގޮތުން އޭގެ ފައިދާ ނަގާ ރެއާލް އިން ވަނީ އިތުރުވަގުތުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު މާސެލޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔާ މާކޯ އެސެންސިއޯ އެވެ.

މި ނަތީޖާއާއެކު ރެއާލް ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ކާމިޔާބުކުރި ޓީމަށެވެ. މީގެއިތުރުން މިއީ ފައިނަލް މެޗުގައި ދެ ލަނޑު ކާމިޔާބުކުރި ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަތަރު ވަނަފަހަރެވެ. އޭނާ ވެގެންގޮސްފައިވަނީ ޖެހި ޖެހިގެން ތިން ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑުތަކާއެކު އޭނާ ވަނީ ކެރިޔަރުގައި 600 ލަނޑު ހަމަކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު