Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް ފްރެންޑްލީ

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ނިއުއިން ވަނީ ބިދޭސީ ކޯޗަކާ، ބިދޭސީ ފިޒިކަލް ޓްރެއިނަރެއް އަދި ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފަ

ލީވާން އަލީ
ލީވާން އަލީ | 28 ޖެނުއަރީ 2017 | ހޮނިހިރު 19:35
ޓީސީ އާއި ނިއު ބައްދަލުކުރި މެޗުގެ ތެރެއިނ

ޓީސީ އާއި ނިއު ބައްދަލުކުރި މެޗުގެ ތެރެއިނ

ކްލަބް ފްރެންޑްލީއެއްގައި ރެކޯޑު ބަޖެޓަކާއެކު ކުރިޔަށް އޮތް ސިޒަނަށް ނިކުންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު ނިއުއާ ވާދަކޮށް ޓީސީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. އެހެން ނަމަވެސް ޓީސީން ވަނީ މި މެޗުގައި ނިއު ހިފަހައްޓައި އެޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މި މެޗުގައި ޓީސީގެ ލަނޑުތަައް ކާމިޔާބުކޮށް ދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު އަދި ފުރަތަމަ ޑިވިޝަންގައި ވެސް މުޅިން އަލަށް ކުޅޭ ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ނިއުގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޓީސީ ދޫކޮށްލުމަށްފަހު އެޓީމާ ގުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި ޓީސީ އަށް މޮޅު ކުޅުމެއް ދައްކައި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ ނޭޕާލްގެ އެއް ނަމްބަރު ކީޕަރު އަދި ބިދޭސީ ފޯވާޑެއްވެސް ގެނެސްފައެވެ. މީގެއިތުރުން ނިއު އިން ވަނީ އެޓީމަށް ބިދޭސީ ކޯޗަކާ، ބިދޭސީ ފިޒިކަލް ޓްރެއިނަރެއް އަދި ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު