Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކޯ ވެރާޓީ

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

8 ޖުލައި 2017 | ހޮނިހިރު 03:22

ވެރާޓީ ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރަން ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 8 ޖުލައި 2017 | ހޮނިހިރު 03:22
ޕީއެސްޖީ އަށް ކުޅެމުން އަންނަ މާކޯ ވެރާޓީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ މާކޯ ވެރާޓީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ވެރާޓީއާ ބެހޭ ގޮތުން އެޖެންޓް ޑޮނޭޓޯ ޑި ސަމްޕްލީ ދެއްކި ވާހަކަތަކަށް އޭނާ މައާފަށް އެދިއްޖެއެވެ.

ޕީއެސްޖީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެރާޓީ ބުނީ އޭނާގެ އެޖެންޓަށް ގޯހެއް ހެދިފައިވާ ކަމަށާއި، މީޑިއާތަކުގައި އޭނާއާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ފެތުރިފައިވާ ކަމަށެވެ. އެހެން ނަމަވެސް ވެރާޓީ ބުނީ އެޖެންޓް ދެއްކި ވާހަކަތަކަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.

ކްލަބުގެ ރައީސް، ކުޅުންތެރިން އަދި ސަޕޯޓަރުން ކިބައިން މައާފަށް އެދެމުން ވެރާޓީ ބުނީ އޭނާ މިހާރު ކްލަބުގެ ފަރިތަކުރުންތަކަށް ވެސް ނިކުމެފައިވާ ކަމަށާއި، ކްލަބުގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކްލަބު ދެކެ ވަރަށް ލޯބިވާ ކަމަށާއި، ކްލަބަށް ވަރަށް އިތުބާރު ވެސް ކުރާ ކަމަށެވެ.

ވެރާޓީގެ އެޖެންޓް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ވެރާޓީއަކީ ޕީއެސްޖީގައި ހުރި ގައިދީއެއް ކަމަށާއި، އޭނާ އެހެން ކްލަބަކަށް ދޫކޮށްލަން އެ ކްލަބުން އެއްބަސްނުވާ ކަމަށެވެ. އެހެންނަމަވެސް މިކަމާ ވެރާޓީ ދެކޮޅު ހަދައެވެ.

ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ވެރާޓީ ހޯދަން ޖަރުމަން އަދި އިޓަލީގެ ކްލަބްތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ވެރާޓީ ހޯދުމަށް މަސައްކަތްކުރަމުން އަންނަކަން ބާސާ އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންނަމަވެސް ޕީވެރާޓީ ވިއްކާލަން ބޭނުން ނުވާ ކަމަށާއި، ދިގު މުއްދަތެއްގައި ކްލަބުގައި ވެރާޓީ ބަހައްޓަން އެސްޖީގެ ކޯޗު ކާލޯ އެންޗޮލޮޓީ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީއާ 2012 ވަނަ އަހަރު ގުޅުނު ވެރާޓީ ވަނީ އެ ކްލަބުގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައެވެ. އެގޮތުން ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ވެރާޓީ ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، އަދިވެސް އެ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ.

ވެރާޓީ ވަނީ ޕީއެސްޖީއާއެކު ހޭދަކުރި ފަސް ސީޒަނުގައި 201 މެޗު ކުޅެދީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފައެވެ. ވެރާޓީ ވަނީ ހަތަރު ލީގު ތަށި، ދެ ލީގް ކަޕް، ހަތަރު ފްރެންޗް ސުޕާކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ސެރީއާ ބީގެ ޕެސްކާރާއާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
31 މެއި 2017

އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

31 މެއި 2017
އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
02 މެއި 2017

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް