Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޭންޑްބޯލް

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

މި މުބާރާތުގައި މިއަހަރު 14 ސްކޫލަކުން ޖުމްލަ 68 ޓީމު ވާދަކުރޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 17:09
ދެވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން

ދެވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން

މިހާތަނަށް އެންމެ ގިނަ ޓީމުތަކާއެކު ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރާތުގައި މިއަހަރު 14 ސްކޫލަކުން ޖުމްލަ 68 ޓީމު ވާދަކުރާ އިރު، އަތޮޅު ތެރެއިން ވެސް ދެ އަތޮޅަކުން ޓީމުތައް ބައިވެރިވާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. އެގޮތުން ދ. އަތޮޅާއި ކ. އަތޮޅުން ޓީމުތައް ބައިވެރިވާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މިއީ 16 އަހަރުން ދަށުގެ އުމުރުފުރާތަކަށް އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެއްގައި ކުޅިވަރަކުން އެންމެ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވީ ފުރަތަމަ ފަހަރެވެ.

ކުރިއަށް އޮތް އޭޕްރިލް މަހުގެ 1 އިން 17 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ދެ ޖިންސުގެ ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 12 އަހަރާއި 14 އަހަރު އަދި 16 އަހަރުންދަށުގެ އުމުރުފުރާތަކެވެ.

މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގަ އެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރި އިރު، އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ މާފުށި ސްކޫލެވެ.

މީގެ އިތުރުން މުބާރާތުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދަރުމަވަންތަ ސްކޫލެވެ. އަދި 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު ހޯދިއިރު 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސުކޫލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

19 އެޕްރީލު 2017
އިންޓަރ ސްކޫލް ޗެސް މުބާރާތް 155 ދަރިވަރުންނާއެކު ފަށައިފި

އިންޓަރ ސްކޫލް ޗެސް މުބާރާތް 155 ދަރިވަރުންނާއެކު ފަށައިފި

14 އެޕްރީލު 2017
އިންޓަރ ސްކޫލް ޗެސް މުބާރާތް ހުކުރު ދުވަހު ފަށަނީ

އިންޓަރ ސްކޫލް ޗެސް މުބާރާތް ހުކުރު ދުވަހު ފަށަނީ

12 އެޕްރީލު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު