Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބަޕޭ

ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ

އެމްބަޕޭ ރެއާލް އަށް ބަދަލުވަނީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ލީވާން އަލީ
ލީވާން އަލީ | 26 ޖުލައި 2017 | ބުދަ 10:31
މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ސްޓްރައިކަރު އެމްބަޕޭ

މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ސްޓްރައިކަރު އެމްބަޕޭ

އެކު މޮނާކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ސްޓްރައިކަރު ކީލިއަން އެމްބަޕޭ ހޯދުމަށް ރެކޯޑު ފީއަކާ ރެއާލް މެޑްރިޑުން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާ އިން ބުނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 180 މިލިއަން ޔޫރޯ އަށް އެމްބަޕޭ ގަންނަން ރެއާލް އިން އެއްބަސްވެފައިވާ ކަމަށެވެ.

މި ޓްރާންސްފާއާ އެކު ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާ ރެކޯޑު މުގުރިގެންދާއިރު، އެމްބަޕޭގެ ޓްރާންސްފާއާ ގުޅިގެން މޮނާކޯ އަދި ރެއާލް ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މާސާ އިން ބުނެއެވެ.

އެމްބަޕޭ ހޯދުމަށް ދުނިޔޭގެ ބޮޑެތި ގިނަ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، މޮނާކޯ އިން އަންނަނީ ތަކުރާރުކޮށް ހުށަހެޅުންތައް ރިޖެކްޓްކުރަމުންނެވެ. މީގެއިތުރުން އެ ކްލަބުން ބުނީ އެމްބަޕޭ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށެވެ.

މިދިޔަ އަހަރު މޮނާކޯއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާ އެމްބަޕޭ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް އޭނާ ބަދަލުވާނީ ކޮން ކްލަބަކަށް ކަން އަދި ކަށަވަރެއް ނުވެއެވެ.

އުމުރުން 18 އަހަރުގެ އެމްބަޕޭ މޮނާކޯއާ އެކު އޭނާގެ ސީނިއާ ކެރިޔަރު ފަށާފައިވާއިރު، މިހާތަނަށް އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 58 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު މި ސީޒަނުގައި ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު