Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮމެލޫ ލުކާކޫ

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

ލުކާކޫ ވަނީ އެވަޓަން އަށް 166 މެޗު ކުޅެދީ 87 ލަނޑު ކާމިޔާބުކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 6 ޖޫން 2017 | އަންގާރަ 18:59
އެވަޓަން އަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫ

އެވަޓަން އަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫ

ކުރިމަގާ މެދު ގޮތެއް ނިންމާފައިވާ ކަމަށް އެވަޓަން އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ލުކާކޫ ބުނީ އޭނާ އާއި އޭނާގެ އެޖެންޓަށް ދެން ވާން އޮތް ގޮތް އެނގޭ ކަމަށާއި، މާގިނަ ދުވަސްތަކެއް ނުވެ އެކަން އެންމެންނަށް އެނގިގެންދާނެ ކަމަށެވެ.

ލުކާކޫ ވަނީ އެކިފަހަރުގެ މަތިން އެވަޓަންއާއެކު އޭނާގެ އެއްބަސްވުން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ލުކާކޫ ބޭނުންވާގޮތަށް އަދިވެސް އެވަޓަންއަށް އެއްބަސްވުން ނެހެދެއެވެ.

ލުކާކޫ ބުނީ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުންވެސް އެބަ އޮތް ކަމަށާއި، މިވަގުތު އޭނާ ބޭނުންވަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗުއްޓީއެއް ނެގުމަށް ކަމަށެވެ. އެގޮތުން މިދިޔަ ސީޒަނަށްވުރެ ވަރުގަދަޔަށް ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަކީވެސް ބޭނުންވާކަމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ މުހިންމީ ޓްރޮފީސްތައް ހޯދުންކަމަށް ފާހަގަކުރަމުން ލުކާކޫ ބުނީ އޭނާ ބޭނުންވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގައި ކުޅުމަށް ކަމަށާއި، އެއީ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ބޭނުންވާނެ ކަމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 23 އަހަރުގެ ލުކާކޫ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެއިތުރުން އޭނާ ވަނީ މިވީތަނަށް އެވަޓަން އަށް ކުޅުނު 166 މެޗުގައި 87 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބެލްޖިއަމް ޓީމަށް ކުޅުނު 56 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު