Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހޯސޭ މޮރީނިއޯ

އިބްރަހިމޮވިޗްގެ ބަދަލުގައި އާ ކުޅުންތެރިޔަކު ނުގެންނާނަން: މޮރީނިއޯ

އެ ޓީމަށް އޭނާ މި ސީޒަނުގައި ކުޅެފައިވަނީ އެންމެ ހަތް މެޗު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 31 މާރިޗު 2018 | ހޮނިހިރު 11:50
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދަލުވި ސްވިޑެންގެ ފޯވާޑް އިބްރަހިމޮވިޗްގެ ބަދަލުގައި އެ ޓީމަށް އާ ފޯވާޑެއް ނުގެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށްފަހު އިބްރަހިމޮވިޗް އެލްއޭ ގެލެކްސީއަށް ބަދަލުވެފައިވާއިރު އެ ޓީމަށް އޭނާ މި ސީޒަނުގައި ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އިބްރަހިމޮވިޗް ޔުނައިޓެޑަށް ކުޅުނު 53 މެޗުގައި 29 ލަނޑު ކާމިޔާބުކުރިއިރު އެ ޓީމަށް ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. މި ސީޒަނުގައި ޔުނައިޓެޑްގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ކަމަށްވާއިރު އޭނާއަށް އަނިޔާއެއް ވެއްޖެނަމަ އޭނާގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިޔަކު އިބްރަހިމޮވިޗް ދިޔުމާއެކު އެ ޓީމުގައި ނެތެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ފޯވާޑުންގެ ގޮތުގައި ލުކާކޫ އަދި މާކަސް ރަޝްފޯޑަށް ކުޅެވޭނެ ކަމަށާއި އަދި ރަޝްފޯޑަކީ ދެ ފަޅިޔަށްވެސް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ އާސެނަލް ދޫކޮށް އެ ޓީމާއި ގުޅުނު އެލެކްސިސް ސަންޗޭޒްއަށް ވެސް އެ މަގާމަށް ކުޅެވޭނެ ކަމަށާއި ހަމައެހެންމ މާޝިއާލްއަކީ ވެސް އެ ތަނަށް ކުޅެވޭނެ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ލުކާކޫ ނެތަސް އެ މަގާމުގެ ޒިންމާ އަދާކުރެވޭނެ ތިން ކުޅުންތެރިން ސްކޮޑުގައި ތިބުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ލުކާކޫ ކަމަށްވާއިރު އޭނާ ނެތް ހާލަތެއްގައި ޓީމުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ވެސް ތައްޔާރު ކަމަށް ވެސް މޮރީނިއޯ ބުނެފައިވެއެވެ. އޭނާ ބުނީ އިތުރު ކުޅުންތެރިޔެއް ޓީމަށް ބޭނުންވާ ކަމަށް ގަބޫލުނުކުރާ ކަމަށާއި ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާއެކު ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވަކި ހާއްސަ ހާލަތުތަކުގައި ކުޅޭ ސިސްޓަމް ނުވަތަ ފޯމޭޝަން ބަދަލުކުރަން ޖެހިދާނެ ކަމަށް ވެސް މޮރީނިއޯ ބުނެފައިވެއެވެ.

ޔުނައިޓެޑާ އިބްރަހިމޮވިޗް ގުޅިފައި ވަނީ 2016 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީގައި ބޮޑެތި ކާމިޔާބުތަކެއް ހޯދުމަށް ފަހުއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އިބްރަހިމޮވިޗް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ އިބްރާހިމޮވިޗް ދޫކޮށްލުމަށް ފަހު، އަލުން އަނބުރާ އޭނާއާ އެކު އެއްބަސްވުމަކަށް އައިސް ސޮއި ހޯދާފައެވެ. އޭނާ ވަނީ އެ ޓީމާއެކު އިނގިރޭސި ލީގު ކަޕާއި އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އޭނާއަކީ އަބަދުވެސް މޮރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު