Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމް

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ބުދަ ދުވަހުގެރޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 23:17
ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗަށް ރާއްޖޭގެ ސްކޮޑު އިއުލާންކޮށްފި އެވެ.

އެފްއޭއެމުން އާދިއްތަ ދުވަހުގެރޭ އާންމުކުރި ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވާ އިރު، ފަސް ކުޅުންތެރިއަކު ވަނީ ބާކީ ކޮށްފަ އެވެ.

ޓީމުން ބާކީކުރި ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ އުންމީދީ މިޑްފީލްޑަރު ރިހާމް އަބްދުލް ޣަނީ (ބޮބީ) އާއި އަހުމަދު ޒާދާއި މާޒިޔާގެ ޑިފެންޑަރު ގާސިމް ޝަމާމްގެ އިތުރުން ކްލަބު ގްރީން ސްޓްރީޓުގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަދި ކްލަބު ވެލެންސިޔާގެ ބަދަލު ކީޕަރު ތޮލާލް ހަސަނެވެ.

މިފަހަރުގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާލާއިރު، ޓީސީ ސްޕޯޓްސް ކްލަބަށް އަލަށް ގުޅުނު އަދި ބައިނަލްއަގްވާމީ މުބާރާތެއްގައި އެޓީމަށް މޮޅު ކުޅުމެއް ކުޅެދިން އިބްރާހިމް މަހުދީ (ހަބޭސް އިއްބެ) އާއި މުހައްމަދު އައްޒާމް އަދި ކްލަބު ވެލެންސިޔާގެ ހިސާމް ސަލީމް ފަދަ އުންމީދީ ކުޅުންތެރިން ވަނީ ހިމަނާފަ އެވެ.

ޖުމްލަ 29 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަރިތަކުރުންތައް ފެށި ނަމަވެސް އާދިއްތަ ދުވަހުގެ ހަވީރު ފަރިތަކުރުންތަކަށް ފަހު މިވަނީ ސްކޮޑު 24 ކުޅުންތެރިންނަށް މަދުކޮށް ޓީމު ލިސްޓު އާންމުކޮށްފަ އެވެ.

މި މެޗުގައި ވާދަކުރުމަށް ފަލަސްތީނު ޓީމު މާލެ އައިސްފައިވާ އިރު އެޓީމު ވަނީ އާދިއްތަ ދުވަހު ހަވީރު ހެންވޭރު ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.

ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުމުގެ ކުރިން ފަލަސްތީނުން ވަނީ ޔަމަނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ފަލަސްތީން މޮޅުވީ 1-0 އިންނެވެ. ފަލަސްތީނާ ރާއްޖެ އެންމެ ފަހުން ކުޅުނީ 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މިމުބާރާތުގެ ކޮލިފައިން ބުރުގައި ޖުމްލަ 24 ގައުމު ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދަނީ ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމު 2019 ވަނަ އަހަރު އެކުވެރި އަރަބި އިމާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ.

ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެރޭ 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް ޑީގައި ހިމެނެނީ ފަލަސްތީން އޮމާން އަދި ބޫޓާން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު