Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

ފުރަތަމަ ސީޒަނުގައި،ތަށްޓެއް ކާމިޔާބުކުރި ޔުނައިޓެޑްގެ ފުރަތަމަ ކޯޗަކަށް މޮރީނިއޯ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2017 | ހޯމަ 01:42
އިނގިރޭސި ލީގު ކަޕް ތައްޓާއިއެކު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިނގިރޭސި ލީގު ކަޕް ތައްޓާއިއެކު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އިރުޝާދުގެ ދަށުން ފުރަތަމަ ތަށި އެކުލަބުން އުފުލާލައިފިއެވެ.

ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި، އެޓީމާއެކީ ތަށްޓެއް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފު މޮރީނިއޯއަށް ލިބުމާއިއެކު ޔުނައިޓެޑް އުފުލާލާފައިވަނީ އިނގިރޭސި ލީގު ކަޕެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެ ރޭ ސައުތްހެމްޓަން ބަލިކޮށް ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕް ހޯދުން ވެގެންގޮސްފައިވަނީ އެމުބާރާތް އެކުލަބުން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

ސައުތްހެމްޓަންގެ މައްޗަށް 2-3 މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދި ފޯރިގަދަ މެޗުގެ ފުރަތަމަ ލަޑު ފެނުނީ ޔުނައިޓެޑްގެ ފަރާތުންނެވެ.

އެގޮތުން މެޗުގެ ނަވާރަ މިނެޓުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޒްލަޓަން އިބްރަހިމޮވިޗްއެވެ. އޭނާ މިގޯލް ޖާހާފައިވަނީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނިޓެޑުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑް ފުޅާކޮށްފައެވެ. ފުރަތަމަ ހާފްގެ 38 ވަނަ މިނެޓުގައި ޔުނައިޓެޑަށް މި ގޯލު ޖަހައިދީފައިވަނީ ޖެސީ ލިންގާޑްއެވެ.

މި ގޯލާއެކު ލިންގާޑްވަނީ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ މެޗުތަކުގައި ގޯލާ ރަށްޓެހި ކުޅުންތެރިއަކަށްވެފައެވެ. އެގޮތުން މެންޗެސްޓަރ ޔުނައިޓެޑުން އެންމެފަހުން ކުޅުނު، ތިން މެޗުގައި ވެސް ލިންގާޑްވަނީ ޖަހާފައެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑާއެކު ނަތީޖާއަށް އިތުރު ބަދަލެއް ނައިސް ފުރަތަމަ ހާފް ނިމިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ ކުރިން ސައުތްހެމްޓަން އިން ވަނީ ލަޑެއް ޖަހާފައެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މި ލަނޑު ސައުތްހެމްޓަންއަށް ޖަހައިދިނީ މަނޯލޯ ގަބިއަޑީނީއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 2-1 އިން ޔުނައިޓެޑް ކުރީގައި އޮވެގެނެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ފެށުނު އިރު ސައުތްހެމްޓަން ފެނުނީ މާ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ދެ ހާފް ފަށައިގެން ޔުނައިޓެޑަށް ހަމަޖެހިލާނެ ފުރުސަތެއްވެސް ނުދީ މެޗުގެ 48 ވަނަ މިނެޓުގައި ސައުތްހެމްޓަން އިން ދެ ވަނަ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ސައުތްހެމްޓަންގެ ދެވަނަ ލަނޑުވެސް ޖަހާފައިވަނީ މުޅިމެޗުގައިވެސް މޮޅު ކުޅުމެއް އަދި އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ގަބިއަޑީނީއެވެ.

މެޗުގެ ނަތީޖާ ހަމަހަމަވުމާއި ސައުތްހެމްޓަން އިން މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދާފާނެހެންވެސް ހީވިއެވެ. އެގޮތުން ސައުތްހެމްޓަންގެ ލަޑަށްފަހުވެސް ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑްގެ ގޯލަށް އަމާޒުވެފައިވެއެވެ.

އެގޮތުން ރޮމެއޫ ބޮލުން ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. ރޮމެއޫގެ އެހަމަލާ ގޯލަކަށް ވުމަށް ހުރަކަށް މެދުވެރިވީ ގޯލުގެ ހުރަސް ދަނޑިއެވެ.

ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެދާނެ ކަމަށް ހީވެފައިވަނިކޮށް ޔުނައިޓެޑުން ވަނީ ފަހު ހާފުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ލަނޑެއްޖަހާ އިނގިރޭސި ލީގު ކަޕް އުފުލާލުމާއި މިނެޓުކޮޅެއް ގާތަށް ޖެހިލާފައެވެ.

ޔުނައިޓެޑްގެ މި ލަނޑު ކާމިބު ކޮށްދިނީ ހިލޭ ޓްރާންސްފަރ އެއްގައި މިސީނަށް ޔުނައިޓެޑާ ގުޅުނު ތަޖުރިބާކާރު ފޯވާޑް އިބްރަހިމޮވިޗްއެވެ. އެލަނޑު އޭނާ ޖަހާފައިވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕް އުފުލާލިއިރު، އަދި މި ސީޒަނުގައި އެކުލަބަށް ޔޫރޮޕާ ލީގާއި އެފްއޭކަޕްގެ ތަށި އުފުލާލުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު