Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސްގެ ޖަލު ގޮޅިތެރޭގައި ކެމެރާ އަޅާފައި ހުރުމަކީ އިންސާނިއްޔަތާ ޚިލާފް ކަމެއް: އެޗްއާރްސީއެމް

15 މާރިޗު 2018 | ބުރާސްފަތި 20:42

ގޮޅިތަކަކީ އިންސާނުން ބޭތިއްބުމަށް ފުރިހަމަ ވާންޖެހޭ އެންމެ އަސާސީ މިންގަނޑުތަކަށް ނުފެތޭ ގޮޅިތަކެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 މާރިޗު 2018 | ބުރާސްފަތި 20:42
ފާރިސް މައުމޫން

ފާރިސް މައުމޫން

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ބައިތިއްބާފައި ތިބި ޖަލު ގޮޅިތަކުގެ އެތެރެ އަބަދު ފެންނަ ގޮތައް ކެމެރާ ހަރުކޮށްފައި ހުރުމަކީ ޓޯޗަރގެ ޢަމަލެއް ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައިވަނީ މިހާރު ޖަލުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި، އެކޮމިޝަނުން ބައްދަލުކޮށް ދެއްކެވި ވާހަކައިގައެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމުން ފާރިސްއާ ބައްދަލުކުރި ކުރުމާ ގުޅޭގޮތުން ފާރިސްގެ ޤާނޫނީ ވަކީލުން ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ބައްދަލުވުމުގައި އަޙްމަދު ފާރިސް މައުމޫންވަނީ ކުރިން ފެށިގެން ކޮމިޝަންއާ ޙިއްސާ ކުރަމުންއައި ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފާރިސް ހައްޔަރުކޮށްފައި ހުރީ ޤާނޫނާ ޚިލާފަށް އިޢުލާނުކުރެވިފައިވާ ކުއްލި ނުރައްކަލެއްގެ ޙާލަތެއްގެ ދަށުން، ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށްކަމަށްވާއިރު އެކަމުގައި ހިއުމަން ރައިޓްސް ކޮމިޝަންއިން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދެއްވުމަށް އެދިވަޑައިގަތުމުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ހިއުމަންރައިޓްސް ކޮމިޝަންއިން ދިރާސާކުރައްވަމުން ގެންދަވާކަމަށާއި، އެ ދިރާސާ ނިމުމުން އެކަމަށް ޖަވާބު ދެއްވާނޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިގެން ބަންދުކުރެވުނުތާ މިހާރު 38 ދުވަސް ވަނީ ކަމަށާއި، އަޙްމަދު ފާރިސް މައުމޫން ޒިންމާވާންޖެހޭ އާޢިލާއެއް އެބަ އޮތްކަމާއި، އެފަދަ ޒިންމާތައް އަދާނުކުރެވޭނޭ ޙާލަތެއް އުފެދިފައި އޮތްއިރު، ގެއްލިގެންދަނީ ހަމައެކަނި ބަންދުކުރެވިފައި ހުންނަ މީހާގެ ޙައްޤު ނޫންކަމާއި، މުޅި އާޢިލާއަށްވެސް އޭގެ ނޭދެވޭ އަސަރު އަބަދަށް ކުރާނެތީ، ހިއުމަން ރައިޓްސް ކޮމިޝަންއިން އެކަން އެހާ ލުއިކޮށް ނުނެންގެވުމަށް ފާރިސް މައުމޫން ކޮމިޝަންގެ މެންބަރުން އަރިހުން އެދިވަޑައިގަތްކަމަށެވެ.

އެކޮމިޝަނުން ބުނިގޮތުގައި ފާރިސް ދޫނިދޫގައި ބާއްވާފައި އޮންނަ ގޮޅީގެ ޙާލަތު ވިދާޅުވުމުން ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުން ވިދާޅުވެފައިވަނީ އެ ގޮޅި ތަކަކީ އިންސާނުން ބޭތިއްބުމަށް ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތަކަށް ނުފެތޭ ގޮޅިތަކެއްކަމަށް އެކޮމިޝަންއިން ކަނޑައަޅުއްވައި، އެވާހަކަ ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިވެސް ދަންނަވާފައިވާނޭކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފާރިސް ބަހައްޓާފައި ހުންނަ ގޮޅީގައި ކެމެރާ ހަރުކޮށްގެން 24 ގަޑިއިރު ހަރަކާތްތައް ބަލަމުން ގެންދިއުމަކީ ޓޯޗަރގެ ޢަމަލެއްކަމަށް ހިއުމަންރައިޓްސް ކޮމިޝަންއިން ދެކެވަޑައިގަންނަވާކަމަށާއި، ކެމެރާތައް ހަރުނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް ދަންނަވާފައިވާނޭކަމަށް އެ ކޮމިޝަންގެ މެންބަރުން ވިދާޅުވެފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދޫނިދޫގައި 3 ބުރިއަށް ހަދާފައިވާ ޢިމާރާތުގައި ހުންނަ ގޮޅިތަކަކީ އިރުގެ އަލިކަން ނުވަންނަ ގޮޅިތަކެއްކަމަށްވާއިރު، އެ ގޮޅިތަކުގައި މީހުން ބޭތިއްބުމަކީ ހަމުގެ ބަލިތަކަށް ހުށަހެޅިގެން ހިނގައިދާނޭ ކަމެއްކަމަށްވާތީ އެކަންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކަށް ދަންނަވާފައިވާނޭކަމަށް އެޗްއާރްސީއެމްގެ މެންބަރުން ވިދާޅުވެފައިވެއެވެ. ދޫނިދޫގައި ބަންދުކޮށްފައިތިބޭ މީހުން ގޮޅީގެ ފާހާނާ ތެރޭގައި ހުންނަ އިސްކުރަކުން ފެން ނަގައިގެން ބޯންޖެހުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި، ސިއްޙީ ގޮތުން ރައްކާތެރި، ސާފުތާހިރު ފެން ފުޅިފުޅީގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވާފައިވާނޭކަމަށް ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުން ވިދާޅުވިކަމަށްވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ފާރިސް މައްޗަށް ހިންގި ޝަރީޢަތަކީވެސް ފުލުހުން ރާވައިގެން ހިންގި ޖަރީމާއެއްކަން މިހާތަނަށް ޝަރީޢަތުގައި ކަންހިނގާފައިވާ ގޮތަށް ބެލުމުން ސާފުވާއިރު، ފުލުހުންނަށް އިތުރަށް އިތުބާރުނުކުރެވޭނޭކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށާއި ކޮންމެ ގޮތަކުންވެސް އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ކުށް ސާބިތުކުރުމަށާއި، ޖަލުގައި ބޭއްވުމަށް ރޭވުންތައް ރާވަމުންދާކަން ކަންހިނގަމުންދާ ގޮތަށް ބެލުމުން ސާފުވާކަމަށާއި، އެކަން ހުއްޓުވައިދިނުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް މެންބަރުންގެ ކިބައިން ފާރިސް އެދިވަޑައިގެންނެވި ކަމަށެވެ.

ވަކީލުން ވިދާޅުވީ ބަންދުކޮށްފައި އޮންނައިރު، ލިޔާނޭ ކަރުދާހާއި ގަލަން ލިބޭނޭ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް އެއްވެސް ސަބަބެއް އެންގެވުމެއްނެތި އެތަކެތި ފޯރުކޮށްނުދޭކަމަށާއި، ކާން ގެންނަ ތަކެތި ބާލިދީތަކަށް ލައިގެން އުފުލާހަދާއިރު، ކާން ގެނެސްދޭ މީހުންނާއި، ކެއުން އަޅައިދިނުމުގައިވެސް އެއްވެސް ސާފުތާހިރުކަމެއް ނުހުންނަކަމަށްވެސް ފާރިސް މައުމޫން ވިދާޅުވިކަމަށެވެ. އެކަހަލަ އެތައް މައްސަލަތަކަކާ ގުޅިގެން މިހާރު ފާރިސް ހުންނެވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައިކަމަށާއި، މިދިމާވަމުންދާ ކަންކަމުގެ ބޮޑުކަން، މިފަދަ ފިޔަވަޅެއް އަޅުއްވައިގެން މެނުވީ ކަމާގުޅޭ މުއައްސަސާތަކަށް އިޙްސާސް ނުވާނޭކަމަށް ފެނިވަޑައިގަތީކަމަށް ފާރިސް ވިދާޅުވިކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދޫނިދޫގައި ތިބޭ ފުލުހުންގެ އިސްވެރިންނަށް އިތުބާރު ނުކުރެވޭތީ ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުން އަބަދުވެސް ދޫނިދޫގައި ތިބޭކަހަލަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށްވެސް ފާރިސް ވަނީ ކޮމިޝަންގެ މެންބަރުން އަރިހުން އެދިވަޑައިގެންފައެވެ.

މިހާރު ރާއްޖޭގެ ޙާލަތު އޮތްގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން ބައެއް ފަހަރަށް ހަނު ތިއްބަވާ ސަބަބު ވިސްނިވަޑައިގަންނަވާކަމަށް ވިދާޅުވަމުން ސަރުކާރުން ހިންގަވަމުން ގެންދަވާ ލާއިންސާނީ އަނިޔާތަކާއި، ބޭއިންސާފު ޢަމަލުތަކުގެ މައްސަލަތަކުގައި ހަނު ހުންނެވުމަކީ ފާރިސްއަށްވެސް އޮތް އިޚްތިޔާރެއްކަމަށާއި، އެހެން އެކަން ކުރައްވައިގެން ހުންނެވިނަމަ މިއަދު ހުންނަވާނީ އާޢިލާއާއެކު ސަލާމަތުންކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އިޚްތިޔާރު ކުރެއްވީ، ގޯހަކީ ގޯހޭ ވިދާޅުވުމުގެ ހިތްވަރު ދެއްކެވުމަށް ކަމަށް ފާރިސް ވިދާޅުވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން ހައްދުފަހަނައަޅައި ގޮސްފައިވާކަމަށާއި، އެފަދަ ކަންކަމުގައި ހިއުމަން ރައިޓްސް ކޮމިޝަންއިން ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައި ޙައްލު ހޯއްދެވުމަށް ސިއްރިޔާތުގައި މަސައްކަތްކުރެއްވުމުގެ ބަދަލުގައި ކެރިވަޑައިގެން ހަރުކޮށް ބަސް ވިދާޅުވެ، ސީދާ ރައްޔިތުންނާ މަޢުލޫމާތު ހިއްސާކުރެއްވުމަށް އަޙްމަދު ފާރިސް މައުމޫން ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނަށް އިލްތިމާސް ކުރައްވައި ހިތްވަރު ދެއްވާފައި ކަމަށްވެސް ފާރިސްގެ ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް