Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ޒޯން އެކެއްގައި އަޅާ އުޅަންދު ތަކުން ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 01:09
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ހުޅުމާލޭ ބަނދަރު ދެ ޒޯނަކަށް ބަހާލައި، އެ ބަނދަރުގައި އަޅާ އުޅަނދުފަހަރުގެ ދިގުމިނަށް ބަލައިގެން މާެޗް މަހުން ފެށިގެން ފީއެއް ނެގުމަށް ނިންމައިފައިވާކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބަނދަރު ދެ ޒޯނަކަށް ބަހާލައި، އުޅަނދުތަކުން ފީ ނެގުމަށް ނިންމީ ހުޅުމާލޭ ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން އެސަރަހައްދަށް ވަދެ ނުކުމެ އުޅޭ އުޅަނދުތަކަށް އުނދަގޫ ވާތީ އެވެ.

އެޗްޑީސީއިން ވަނީ، ހުޅުމާލޭ ފަރާއި ފަޅު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި، އާއްމުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭ ބަނދަރުގެ ފުރަތަމަ ޒޯނަކީ އެ ބަނދަރުގައި ހުޅުލެއާ ދިމާލުން އޮތް ހިސާބެވެ. އެ ހިސާބުގައި އަޅާފައި ބޭއްވޭނީ ރާއްޖެ އިން ބޭރުން އަންނަ ޔޮޓު ފަހަރާއި ސަފާރީ އާއި ޑައިވިންގް އަދި އެކްސްކާޝަން އުޅަނދުތައް ފަދަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކެވެ. މި ޒޯނުގައި އަޅާފައި ބާއްވާ ކޮންމެ އުޅަނދެއް، އެ އުޅަނދުގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ބަޔާނުގައިވާ ގޮތުން ދެވަނަ ޒޯނު އޮންނަނީ ހުޅުމާލޭ ބަނދަރުގެ އިރުމަތީ ދިމާލުގައި، ހުޅުމާލޭގެ ދެވަނަ މަޝްރޫއުގައި ހިއްކި ސަރަހައްދު ކުރިމަތިން ކަމަށާއި އެ ސަރަހައްދުގައި އަޅާފައި ބޭއްވޭނީ ލޯންޗާއި، މުދާ އުފުލާ އުޅަނދުތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުފަހަރެވެ. އެ ޒޯނުގައި އޮންނަ ކޮންމެ އުޅަނދެއް މަހަކު ދައްކަން ޖެހެނީ ދިގުމިނަށް ބަލައި، މީޓަރަކަށް 100 ރުފިޔާގެ ފީއެކެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ހުޅުމާލޭ ބަނދަރުގައި އަޅާފައި އޮވެ، އުޅަނދެއް މަރާމާތު ކުރެވޭނީ އެޗްޑީސީގެ ހުއްދައާ އެކުގަ އެވެ. އަދި އެ އުޅަނދަކުން ވިޔަފާރި ވެސް ކުރެވޭނީ އެޗްޑީސީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއްގެ އިތުރުން، ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެންނެވެ.

އުސޫލުގައި ބުނެފައި ވަނީ، އެ އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭއިރު ދެވަނަ ފަހަރު 10،000 އާ 50،000 ރުފިޔާއާ ދެމެދު، އަދި ތިން ވަނަ ފަހަރު އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިދާ ނުދައްކައިފި ނަމަ، ނުވަތަ ތިންފަހަރަށް ވުރެ ގިނައިން ގަވައިދާ ޚިލާފުވެއްޖެ ނަމަ އެފަރާތެއް ހުޅުމާލޭ ބަނދަރު ބޭނުންކުރުން މަނާކުރެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު