Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ގައުމީ ޓީމު

ވިސްނުން ބަހައްޓަންވީ ވަގުތީ ކާމިޔާބަކަށް ނޫން، ކުރިމަގު ބިނާކުރުމަށް: ބައްސާމް

ސީދާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ވިސްނުން ބައްސާމް ނުގެންގުޅުއްވާ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 މާރިޗު 2018 | ބުދަ 10:35
އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

މިވަގުތު ވިސްނުން ބަހައްޓަންވީ ވަގުތީ ކާމިޔާބަކަށް ނޫން ކަމަށާއި ކުރިމަގުގައި ކާމިޔާބު ހޯދުމަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ޕީޓަރ ސެގެޓް އައްޔަނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އާ ކޯޗަށް ދެވިފައިވާ ޓާގެޓަކީ ކުރިމަގަށް ގައުމީ ޓީމު ބިނާކުރުން ކަމަށެވެ. އެގޮތުން މިވަގުތު ވިސްނުން ބަހައްޓަންވީ ވަގުތީ ކާމިޔާބު ހޯދުމަށް ނޫން ކަމަށާއި ވިސްނުން ބަހައްޓަންވީ ކުރިމަގުގައި ކާމިޔާބު ހޯދުމަށް ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ އެކި އުމުރުފުރައިގެ ޓީމުތައް ބިނާކުރުމަށް ސެގެޓްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ބައްސާމް ވިދާޅުވީ މިހާރުން މިހާރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.

ބައްސާމް ވިދާޅުވީ އާ ގައުމީ ޓީމުތަކެއް ބިނާކުރުމުގެ މަސައްކަތް ފެށިފައިވާ ދަނޑިވަޅެއްގައި ސީދާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ވިސްނުން ގެންގުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ. ބައްސާމް ވިދާޅުވީ އެފަދަ ވާހަކައެއް ބަލައިގަތުމަށް ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތުންނަށް އުނދަގޫވާނެ ކަމަށާއި އެހެން ނަމަވެސް ހިތާމަޔަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ފުޓްބޯޅަ އަޑި އަޅާލައިގެން ދިޔުން ކަމަށް ވެސް ބައްސާމް ފާހަގަކުރެއްވިއެވެ. ބާރުތަކެއް ލިބިފައި މިވާ ދަނޑިވަޅުގައި މަސައްކަތް ފެށީ ކުރިމަގަށް ޓީމެއް ބިނާކުރުމަށް ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް މި ބީދައިން ވާހަކަ ދައްކަވާފައިވާއިރު މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު