Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގެ ބޯޓު ވެއްޓުން

ހޯމަ ދުވަހު ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނޭޕާލުން ބުނެފި

ނޭޕާލްގެ ތްރިބުވަން އެއާޕޯޓުގެ އޮފިޝަލުން ދަނީ ހާދިސާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 މާރިޗު 2018 | އަންގާރަ 12:45
ހާދިސާ ހިނގުމަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ

ހާދިސާ ހިނގުމަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ

ނޭޕާލްގެ ތްރިބުވަން އެއާޕޯޓު ނުވަތަ ކަތަމަންޑޫ އެއާޕޯޓުގެ ރަންވޭއަށް ހޯމަ ދުވަހު ބަންގްލަދޭޝްގެ މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެފައިވާ އިރު މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނޭޕާލުން ބުނެފިއެވެ.

މިހާދިސާގައި މަދުވެގެން 49 މީހުން މަރުވެފައިވާއިރު ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ބޯޓުގެ ކަޅުފޮށި ނުވަތަ ބްލެކް ބޮކްސް ހޯދާފައެވެ.

ބަންގްލަދޭޝްގެ "ޔޫއެސް-ބަންގްލާ އެއާލައިންސް" އަށް ނިސްބަތްވާ ބޯޓު ވެއްޓުމުގެ ހާދިސާގައި، ނޭޕާލްގެ ތްރިބުވަން އެއާޕޯޓުގެ އޮފިޝަލުންނާ އަދި ވެއްޓުނު މަތިންދާ ބޯޓު ނިސްބަތްވާ ބަންގްލަދޭޝްގެ އެއާލައިނުން އެއް ބަޔަކު އަނެއް ބަޔަކަށް ބުނަމުންދަނީ ހާދިސާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ނޭޕާލް ގަނޑިން މެންދުރު ފަހު 2:15 ހާއިރު މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި އަލިފާން ރޯވިކަމަށް ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހު ނޭޕާލުގައި ހިނގި ހާދިސާއަކީ 1992 ވަނަ އަހަރުގެ ފަހުން އެގައުމުގައި ހިނގި ވައިގެ އުދުހުމުގެ މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ވެއްޓުނު ބޯޓު އޮޕަރޭޓު ކުރާ ބަންގްލަދޭޝްގެ "ޔޫއެސް-ބަންގްލާ އެއާލައިންސް" އިން ބުނާ ގޮތުގައި، ބޯޓު ވެއްޓުނު އިރު ކްރޫއާ އެކު 71 މީހުން ބޯޓުގައި ތިއްބެެވެ. ބޯޓު ދަތުރު ފެށީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އިން ކަމަށްވާ އިރު އޮފިޝަލުން ބުނެފައި ވަނީ ބޯޓު ޖައްސަން އުޅުނީ ވަރަށް މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު