Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ ހަނގުރާމަ

އިރުމަތީ ޣޫތާގައި ދޭ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް!

11 މާރިޗު 2018 | އާދީއްތަ 11:49

ޣޫތާގެ ކުރިމަތިލުންތަކުގައި 21 ދުވަހުގެ ތެރޭގައި 1099 މީހަކު ވަނީ މަރުވެފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 11 މާރިޗު 2018 | އާދީއްތަ 11:49
ސީރިއާގެ އިރުމަތީ ޣޫތާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސަރަހައްދަށް ދިން ބޮމުގެ ހަމަލާއެއްގެ ސަބަބުން ދުން ބޯވެފައި

ސީރިއާގެ އިރުމަތީ ޣޫތާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސަރަހައްދަށް ދިން ބޮމުގެ ހަމަލާއެއްގެ ސަބަބުން ދުން ބޯވެފައި

ސީރިއާގެ އިރުމަތީ ޣޫތާގައި ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

ސީރިއާގެ މަޝްރަޚަށް ފާރަވެރިވާ އިނގިރޭސިވިލާތުގެ ޖަމިއްޔާ އެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވާ ފައުޖުތަކާއި އިދިކޮޅު ހަނގުރާމަވެރިންނާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި ފާއިތުވި 21 ދުވަހުގެ ތެރޭގައި 1099 މީހަކު މަރުވެފައިވާ ކަމަށެވެ.

ސީރިއަން އޮބްޒަވޭޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ކުރިމަތިލުންތަކުގައި މަރުވި އާއްމުންގެ ތެރޭގައި 227 ކުޑަކުދިންނާއި 154 އަންހެނަކު ހިމެނެއެވެ.

މީގެ އިތުރުން ޣޫތާގެ ކުރިމަތިލުންތަކުގައި 4378 މީހަކު ޒަޚަމްވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ އިން ބުނެއެވެ.

އާދީއްތަ ދުވަހު އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި އިރުމަތީ ޣޫތާގެ ދޫމާ އަވަށުގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުލްމާލިކް އަބޫދު ބުނީ، ހޮނިހިރު ދުވަހު އިރުމަތީ ޣޫތާގެ ވައިގެ ސަރަހައްދު އޮތީ ހަނގުރާމަމަތީ ބޯޓުތަކުން ފުރިފައި ކަމަށެވެ.

އަދި ހަމަލާތައް އަމާޒުކޮށްފައިވަނީ ބިމުއަޑީގައި ހަދާފައިވާ ބިންގަރާސްތަކާއި މިސްކިތްތަކުގެ އިތުރުން ބޮމުގެ ހަމަލާތަކުން ސަލާމަތްވުމަށް އާއްމުން ރައްކާތެރިކަން ހޯދުމަށްޓަކައި ފިލުމަށް ބޭނުންކުރާ އިމާރާތްތަކަށް ކަމަށެވެ.

އިރުމަތީ ޣޫތާގެ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވާއިރު، ސީރިއާގެ ވެރިރަށް ދިމިޝްގުގެ ރަށްބޭރުގައިވާ އިރުމަތީ ޣޫތާގެ އަރްބިން އަވަށުގައި ރޭގަނޑުގެ ވަގުތެއްގައި ކެމިކަލް ހަމަލާއެއް ދިން ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ.

އިރުމަތީ ޣޫތާގެ ކުރިމަތިލުންތަކުގައި ހާލުގައި ޖެހޭ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ސީރިއަން ސިވިލް ޑިފެންސް ނުވަތަ އާއްމު ނަމުންނަމަ ވައިޓް ހެލްމެޓްސް އިން ބުނީ، ސީރިއާ ސަރުކާރުގެ ފައުޖުތަކުން އިރްބިންގައި ކްލޮރިން ގޭހާއި، ފޮސްފޮރަސް ބޮމާއި ނެޕާމް ބޭނުންކޮށްފައިވާ ކަމަށެވެ.

މިއީ ގާތްގާތުގައި އިރުމަތީ ޣޫތާގައި ދިން ކަމަށް ތުހުމަތު ކުރެވޭ ދެވަނަ ކެމިކަލް ހަމަލާއެވެ.

ޣޫތާގެ ހަމޫރިޔާ އަވަށުގެ އާއްމުން ވަނީ ބުދަ ދުވަހުގެރޭ ފޮސްފޮރަސް ބޮމުގެ ހަމަލާތަކެއް ދިން ކަމަށް ބުނެ، އެކަމާއި ގުޅުންހުރި ވީޑީއޯ އެއް އާއްމުކޮށްފައެވެ. ބޮމުގެ ހަމަލާ ދިނުމާއެކު އެސަރަހައްދުގެ އާއްމުންނަށް ނޭވާލުމަށް އުނދަގޫވެގެން އުޅޭ މަންޒަރު އެވީޑިއޯ އިން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއާގެ ޚާރިޖީވަޒީރުގެ ނާއިބު ފައިސަލް މިކްދާދް ވަނީ، ކެމިކަލް ހަމަލާއެއް ދިން ކަމުގެ ރިޕޯޓްތައް ދޮގުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް