Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ޑިފެކްޝަން ބިލް

ގޮނޑިގެއްލޭ ބިލް މަޖިލީހަށް ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ އަމުރުތައް ހުއްދަ ކުރާކަމެއްނޫން: ރިއްފަތު

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ 12 މެންބަރުންގެ މައްސަލައެއް ނުނިމޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 މާރިޗު 2018 | އާދީއްތަ 01:54
ރިފްއަތު: އެންޓި ޑިފެކްޝަން ބިލް ހުށަނޭޅޭނެ ކަމަށް ވިދާޅުވި

ރިފްއަތު: އެންޓި ޑިފެކްޝަން ބިލް ހުށަނޭޅޭނެ ކަމަށް ވިދާޅުވި

ފްލޯ ކްރޮސިންގ ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭކަމަށް މަޖިލީހަށް ހުށަހެޅުމަކީ ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ އަމުރުތައް ހުއްދަ ކުރާ ކަމެއް ނޫން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލޯރ ކްރޮސިންގއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމި މައްސަލަ ބާތިލް ކަމަށް ކަނޑައެޅުމުން އެކަމާގުޅިގެން ބަންޑާރަ ނާއިބު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާއިރު އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ފާސްކުރުމަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރުތައް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ރިއްފަތު މި ޓްވީޓް ކުރައްވާފައިވަނީ ނޮވެމްބަރ 28، 2012 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއް އެޓޭޗް ކުރައްވާފައެވެ. އެއަމުރުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޤާނޫން އަސާސީގެ ދަށުން ޤާއިމް ކުރެވިފައިވާ ދުސްތޫރީ ނިޒާމަކީ އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒް ނުފޯރުވޭ ގޮތައް ވަކިކުރެވިފައިވާ 3 ބާރުގެ މައްޗަށް އެކުލެވިގެންވާ ނިޒާމެއް ކަމަށާއި އެއިން އެއްވެސް ބާރަކަށް ޤާނޫން އަސާސީ ފަހަނައަޅާދިއުމާއި ޤާނޫން އަސާސީއާ ޚިލާފް ވުމުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށެވެ.

ދައުލަތުގެ ތިންބާރުގެ ތެރެއިން ބާރަކާ ނުވަތަ ދައުލަތުގެ މުއައްސަސާއަކާ ނުވަތަ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި ޚުސޫމަތުތައް ޙައްލުކުރުމުގެ އިޚްތިސާސް ޤާނޫން އަސާސީން މަތިކޮށްފައިވާ ފަރާތަކީ ޢަދްލު އިންސާފްގެ ބާރުކަމަށްވެފައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ޤާނޫން އަސާސީގައި ބަޔާންކޮށްފައިވާކަމަށް އެއަމުރުގައި ބުނެފައިވެއެވެ. އަދި ކޯޓުތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ރައްކާތެރިކޮށް ޙިމާޔަތްކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުންގެ މައްޗަށް ލާޒިމް ކަމަކަށްވާއިރު އަމިއްލަ ފަރުދަކުވިއަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުގޭގެ މަސައްކަތާބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ޤާނޫން އަސާސީގައި ބުނެފައިވާ ކަމަށްވެސް އެ އަމުރުގައިވެއެވެ.

އެހެންކަމުން، ޝަރީޢަތައް ހުށަހެޅިފައިވާ މައްސަލައަކާ ބެހޭގޮތުން އެމައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ބަހުސް ކުރުމާއި އަދި އެއްވެސް ބާވަތެއްގެ ނިންމުމެއް ނިންމުމާއި ފިޔަވަޅެއް އެޅުމަކީވެސް ޝަރީޢަތައް ހުށަހެޅިފައިވާ މައްސަލައަކާމެދު، ޝަރީޢަތުގެ ފަރާތުން ގޮތެއް ނިންމުމުގެ ކުރިން، ޝަރީޢަތައް ނުފޫޒް ފޯރަފާނެ ނުވަތަ ޢަދްލު އިންސާފް ޤާއިމް ކުރުމަށް ހުރަސްއެޅިދާނެ ކަމަކަށް ވައިރު އެފަދަ ކޮންމެ ޢަމަލެއް ހުއްޓުވުމަކީ ޤާނޫން އަސާސީން ސުޕްރީމް ކޯޓަށް ލިބިގެންވާ ދުސްތޫރާއި ޤާނޫނުގެ ބެލެނިވެރިކަމުގެ ބާރުގެ ދަށުން މަނާ ކުރެވެންޖެހޭ ކަންތައްތަކަކަށް ވާތީއާއި، ޝަރީޢަތައް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެމައްސަލައަކަށް އަސަރު ފޯރަފާނެ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެއްވެސް ފަރާތަކުން ބަހުސް ކުރުމާއި އެއްވެސް ފިޔަވަޅެއް އެޅުމަކީ މަނާކަމެއްކަމަށް ސުޕްރީމް ކޯޓުގެ 2010/SC-C23 ނަމްބަރު އަމުރުގައި ސާފުކޮށް ކަނޑައެޅި ބަޔާންވެފައިވާތީ، ޝަރީޢަތައް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެމައްސަލައަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާތިލް ކަމެއް ކަމަށާއި މިބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑީގެ މައްސަލައިގާ ބަންޑާރަ ނާއިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި އެމައްސަލައިގާ މިހާތަނަށް ގޮތެއް ނިންމާފައި ނުވާއިރު އެމައްސަލައާ ގުޅޭގޮތުން ބާއްވަން އުޅުނު ފުރަތަމަ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް އެންޓި ޑިފެކްޝަންގެ ބިލް ހުށަހަޅާފައިވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު