Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެކި ނައްތާލުމުގެ ދައުވާ

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ދިރާސާކުރަނީ

މައްސަލައާ ގުޅޭ ހެކި ނައްތާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2018 | އާދީއްތަ 02:56
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ފަނޑިޔާރު އަލީ ހަމީދު

ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި މައްސަލަ ދިރާސާކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ހުށަހެޅީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތުގައި މި ތިން ބޭފުޅުން ވެސް ހައްޔަރުކޮށްފައިވާއިރު، ފުލުހުން ތުހުމަތު ކުރާ ގޮތުގައި ތިން ބޭފުޅުން ވަނީ މައްސަލައާ ގުޅޭ ހެކި ނައްތާލާފައެވެ. އެކަމަށް ތުހުމަތުކޮށް، ހެކި ނައްތާލުމުގެ ދައުވާ ތިން ބޭފުޅުންގެ މައްޗަށް ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަގު ބޮޑެތި މުދާ ބައްލަވައިގަތުމަށް އެތަންތަނަށް ޒިޔާރަތްކުރައްވައި ވިޔަފާރިތައް ހިންގާފައިވާ ކަމުގެ ކިތާބީ ހެކި ފެނިފައިވެއެވެ.

ރައީސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރާއިރު، ރައީސް މައުމޫންގެ އޮފީހުގައި ވަޒީފާ އަދާކުރައްވާ ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށީގެ ތެރެއިން ގިނަ އަދަދެއްގެ ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފޮށީގެ ތެރެއިން ފެނުނު ޑޮކިއުމެންޓަކުން ރައީސް މައުމޫން މެދުވެރިކޮށް، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ބައްދަލު ކުރެއްވިކަން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފަނޑިޔާރު އަލީ ހަމީދުއަށް، ރާއްޖޭގެ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާކަން ޔަގީން ކުރެވޭ ކަމަށާއި އަދި 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ރާއްޖޭން ބޭރުން އަގު ބޮޑެތި ފުލެޓުތައް ގަންނަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ފައިސާގެ އެހީ ދީފައި ވަނީ ރާއްޖޭގެ ބޮޑު އެހެން ކުންފުންޏަކުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު
  • ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު
  • ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުއަށް ކުރާ ތުހުމަތުތަކަކީ:

  • ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތު
  • ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތު
  • ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ދައުވާ ކުރުމަށްވެސް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. ހަސަން ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ، ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މި މައްސަލަ ވެސް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދަނީ ދިރާސާކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު