Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝިން ޔުއާން 18

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

އެމްއެމްއެސްއައި ނަމްބަރަކީ ކޭމް އިން ދޫކުރާ ނަމްބަރެއް، ކޮންމެ އުޅަނދަކަށް ވަކި ނަމްބަރެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2018 | ބުރާސްފަތި 10:29
ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ ޝިން ޔުއާން 18 ބޯޓު

ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ ޝިން ޔުއާން 18 ބޯޓު

މިހާރު ރާއްޖޭގައި އެންމެ ބާރަށް ދެކެވެމުންދާ އެއްވާހަކައަކީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު ދިވެހި ދިދަ ނަގާފައިވާ ޓޭންކަރަކުން، ކަނޑުމަތީގައި މަނާކުރެވިފައިވާ މުއަމަލާތްތަކެއް ހިންގި ވާހަކައެވެ. މިފަދަ މުއާމަލާތެއް ހިންގިކަން ފަޅާއަރުވާލީ ޖަޕާނުގެ ފޮރިން މިނިސްޓްރީއިންނެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޝިން ޔުއާން 18" އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޗޮން މާން ސަން' ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި، އެގައުމުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލަައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މި ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖޭގެ ޓޭންކަރުން އެއްޗެއް ބަރުކުރި ކަމަށް ބެލެވޭ އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާއިންވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވެއެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، މައްސަލަ އިތުރަށް ބެލުމުން، މި ދެ އުޅަނދުން ހިންގާފައިވާ މުއާމަލާތަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކާއި ޚިލާފު އަމަލެއްކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށްވެސް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މި މައްސަލަ ފެންމަތިވުމާއެކު ރައީސް އޮފީހުން ވަނީ ބަޔާނެއް މެދުވެރިކޮށް، ދިވެހި ދިދަ ނަގާފައިވާ ކަމަށް ބުނާ ބޯޓާއި ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ރައީސް އޮފީހުގެ ބަޔާނުގައި ވަނީ، ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުގައި މި ޢަމަލު ހިންގި ކަމަށް ބުނާ ދިވެހިރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން(އައިއެމްއޯ) ގައި "ޝިން ޔުއާން 18"އާ ގުޅޭ ގޮތުންހުރި މައުލޫމާތު

"ޝިން ޔުއާން 18" ބޯޓާއި ގުޅޭ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތުން، އެ ބޯޓުން ބޭނުންކޮށްފައިވާ މޯބައިލް މެރިޓައިމް ސްޓޭޝަން އައިޑެންޓިފަޔާ (އެމްއެމްއެސްއައި) ނަމްބަރާއި ބޯޓާއި ގުޅޭ މައުލޫމާތުތަކެއް ވަނީ ހޯދިފައެވެ. އެގޮތުން، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގައި އެ ބޯޓާއި ގުޅޭ ގޮތުން އެއްކުރެވިފައިވާ މައުލޫމާތުތައް ވަނީ ލިބިފައެވެ. އެމްއެމްއެސްއައި އަކީ ނުވަ އަކުރު ހިމެނޭ، ވީއެޗްއެފް ރޭޑިއޯ މެދުވެރިކޮށް މުވާސަލާތު ކުރާއިރު އުޅަނދު ހޯދަން ބޭނުންކުރާ ނަމްބަރެކެވެ. މީގެން ކޮންމެ ނަމްބަރެއްގެ ފުރަތަމަ ތިން އަކުރަކީ އެ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާ ގައުމަށް ދީފައިވާ ކޯޑް ނަމްބަރެވެ. އެ އުޅަނދެއްގައި ނަގާފައި ހުންނަ ދިދަ ބަދަލުކުރާނަމަ މި ނަމްބަރު ވެސް ބަދަލުވާނެއެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި މި ބޯޓާއި ގުޅޭ ގޮތުން ހުރި ބައެއް މައުލޫމާތު:

ބޯޓުގެ ނަން: ޝިން ޔުއާން 18

ދިދަ: ދިވެހިރާއްޖެ

ކޯލް ސައިން: 8QQ2238

އެމްއެމްއެސްއައި: 455123170

ވެރިފަރާތް: ހަ ފަ ޓްރޭޑް އިންޓަނޭޝަނަލް، ހޮންގ ކޮންގ، ޗައިނާ

ޝިން ޔުއާން 18 އާ ގުޅޭގޮތުން އައިއެމްއޯގައި ހުރި ބައެއް މައުލޫމާތު

ޝިން ޔުއާން 18 ގެ އެމްއެމްއެސްއައި އާއި ކަނޑުވާލި ދޯނީގެ އެމްއެމްއެސްއައި ދިމާވޭ!

"ޝިން ޔުއާން 18" ގައި ބޭނުންކޮށްފައިވާ އެމްއެމްއެސްއައި ނަމްބަރަކީ 455123170 އަށްވާއިރު، ފުރަތަމަ ތިން އަކުރުގެ ކޯޑަކީ 455 އެވެ. މިއީ އެމްއެމްއެސްއައި ގައި ރާއްޖެއަށް ދީފައިވާ ކޯޑެވެ. އެމްއެސްއައި ނަމްބަރު ރާއްޖޭގައި ދޫކުރަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިންނެވެ. "ޝިން ޔުއާން 18" ގައި ބޭނުންކޮށްފައިވާ އެމްއެމްއެސްއައި އަކީ ކޮން ބޯޓަކަށް ނުވަތަ ދޯންޏަކަށް ކޭމްއިން ދޫކޮށްފައިވާ ނަމްބަރެއްތޯ ރާއްޖެއެމްވީއިން ބެލިބެލުމުން ހާމަވި ގޮތުގައި އެ ނަމްބަރަކީ "ކަނޑުވާލި" ނަމަކަށް ކިޔާ ދޯންޏަކަށް ދޫކޮށްފައިވާ ނަމްބަރެކެވެ. އެމްއެމްއެސްއައި ނަމްބަރު ދިމާވި ނަމަވެސް އެ ދޯނީގެ ކޯލް ސައިން ނަމްބަރާއި "ޝިން ޔުއާން 18" ގެ ކޯލް ސައިން ނަމްބަރު ދިމާނުވެއެވެ. "ޝިން ޔުއާން 18" ކޯލް ސައިންއަކީ 8QQ2238 އަށްވާއިރު، "ކަނޑުވާލި" ދޯނީގެ ކޯލް ސައިންއަކީ 8QP2092 އެވެ. ނަމަވެސް، 8Q އަކީ ކޯލް ސައިންގައި ރާއްޖެއަށް ދީފައިވާ ކޯޑެވެ.

ކަނޑުވާލި ދޯންޏަކީ ކަނޑު މަސްވެރިކަމަށް މިހާރުވެސް ބޭނުންކުރަމުންދާ ގާތްގަނޑަކަށް 80 ފޫޓުގެ ދޯންޏެކެވެ.

"ކަނޑުވާލި" ދޯނީގެ އެމްއެމްއެސްއައި ނަމްބަރަކީ ވެސް 455123170 އަށްވާއިރު، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، އެ ދޯންޏަކީ ގއ. ގެމަނަފުށީ ބޮންތި، އަލި ދީދީގެ ދޯންޏެކެވެ. މިކަމާ ގުޅޭ ގޮތުން އަލި ދީދީގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން އޭނާއަށް ގުޅުމުން ބުނީ، 2016 ވަނަ އަހަރުގެ ފަހުކޮޅު ގދ. މަޑަވެލި ނާރެސް އަހުމަދު މޫސާއަށް އެ ދޯނި ވިއްކާލާފައިވާ ކަމަށެވެ. އަދި އެ މުއާމަލާތުގެ އެންމެހާ ކަމެއް ނިމި އަހުމަދު މޫސާގެ ނަން މައްޗަށް ރަޖިސްޓްރީވެސް ބަދަލުކޮށް ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީގައި ހުރި މައުލޫމާތު، އެމްއެމްއެސްއައި ނަމްބަރު ދިމާވޭ

ކަނޑުވާލި ދޯނީގެ ވެރިފަރާތް ބޮޑު ޝޮކެއްގައި، އެ މައްސަލަ ފުލުހަށް!

މިކަމާ ގުޅޭގޮތުން ކަނޑުވާލި ދޯނީގެ މިހާރުގެ ވެރިފަރާތް ކަމުގައިވާ އަހުމަދު މޫސާއަށް ގުޅައި ސުވާލުކުރުމުން، އޭނާއަށް ޖެހުނީ ޝޮކެކެވެ. މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އޭނާގެ ދޯނީގެ އެމްއެމްއެސްއައި ނަމްބަރާއި، އދ. އިން މަނާކޮށްފައިވާ މުއާމަލާތެއް ހިންގި ބޯޓެއްގެ އެމްއެމްއެސްއައި ނަމްބަރު ދިމާވާން ޖެހޭނެ އެއްވެސް ސަބަބެއް އޭނާއަށް ނޭނގުނެވެ. އިތުރު ދޯންޏެއް ގަނެގެން އެ ދޯނީގެ ބައެއް މަސައްކަތް ކުރުމަށް ގއ. ގެމަނަފުށީގައި ހުރި އަހުމަދު މޫސާއަށް މިކަން އެނގުނީ ވެސް ރާއްޖެއެމްވީއިން ގުޅައި އޭނާއަށް މިވާހަކަ ކިޔައި ދިނުމުންނެވެ. އޭނާ އަވަސްވެގަތީ އެ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ. ރާއްޖެއެމްވީއިން އޭނާއަށް ގުޅިތާ 30 މިނެޓުގެ ތެރޭގައި ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އޭނާ އަވަހަށް ގޮސް އެ މައްސަލަ ގއ. ގެމަނަފުށީ ފުލުހުންގެ މަރުކަޒަށް ހުށަހެޅިއެވެ.

އެމްއެމްއެސްއައި ނަމްބަރު ދޫކުރަނީ ޓްރާންސްޕޯޓުގައި ރަޖިސްޓްރީ ކުރާ އުޅަނދުތަކަށް: ކޭމް

މިކަމާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީއިން ބުނީ އެމްއެމްއެސްއައި ނަމްބަރު ދޫކުރަނީ ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމަށާއި ރާއްޖެއިން ބޭރުގެ އުޅަނދުތަކަށް އެ ނަމްބަރު ދޫނުކުރާ ކަމަށެވެ. 455 އަކީ ރާއްޖެއަށް ދީފައިވާ އެމްއެމްއެސްއައި ރޭންޖުކަން ފާހަގަކުރައްވަމުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ ކޮންމެ އުޅަނދަކަށް ވެސް ދޫކުރަނީ ވަކި ނަމްބަރެއް ކަމަށެވެ. އެހެންކަމުން ދެ އުޅަނދެއްގައި އެއް ނަމްބަރެއް ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017
މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

03 ޖުލައި 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު