Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުުތުރު ކޮރެއާ

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017 | އަންގާރަ 10:53

ބައިނަލްއަގްވާމީ މުޖުތަމައު އިން އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާ ފިޔަވަޅަކަށް އަދި އެގައުމު ބޯނުލަނބާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 15 އޯގަސްޓު 2017 | އަންގާރަ 10:53
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަައް ކުރަމުން

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަައް ކުރަމުން

އުތުރު ކޮރެއާ އިން ކުރާ ކަމެއް އެގައުމުން ދަނީ ކުރަމުންނެވެ. ހަމަ ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. އުތުރު ކޮރެެއާ އިން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުުމުގެ ޕްރޮގްރާމާއި އަދި މިސައިލް ޓެސްޓްތަކަކަށް ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް ބާރުގަދަ ގައުމުތަކަށް އުތުުރު ކޮރެއާ ނުހުއްޓުވެނީ ކީއްވެތޯ، މިއީ އުފެދޭ ސުވާލެކެވެ.

އުތުރު ކޮރެެއާ އިން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުުމުގެ ޕްރޮގްރާމާ ގުޅިގެން އެމެރިކާ އިސްވެ އޮވެ އުތުރު ކޮރެއާ އާ ދެކޮޅަށް، އދ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް ދާދިފަހުން ވަނީ ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފައެވެ. އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނީ "އޭގެ އަގު އެމެރިކާ އިން ދައްކަން ޖެހޭނެ ކަމަށާއި" ސެކިޔުރިޓީ ކައުންސިލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ. އދ އިން އުތުރު ކޮރެއާ އަށް އެޅި އާ ފިޔަވަޅުތަކާއި ގުޅިގެން އެގައުމުން އެކްސްޕޯޓު ކުރާ މުދަލުން ލިބޭ ނަފާގެ ބޮޑު ބައެއް ދަށްވެގެން ދާނެއެވެ.

އެމެރިކާ އިން ދާދިފަހުން ވަނީ ތަފާތު ވާހަކައެއް ހާމަ ކޮށްފައެވެ. އެމެރިކާ އިން ބުނެފައި ވަނީ "އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާ ނުލާނެ ކަމަށެވެ. އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ" ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރުކޮރެއާ އާއި ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާގެ އެންމެ ބޮޑު އެއް އެކުވެރި އަކީ ޗައިނާއެވެ. ޗައިނާ އިން ބުނެފައި ވަނީ އދ އިން ދާދިފަހުން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔޭގެ ފާޑުކިޔުން އުތުރު ކޮރެއާ އަށް ކިތަންމެ ވަރަކަށް އަޔަސް، ބައިނަލްއަގްވާމީ ދުނިޔެއިން ކިތަންމެ ފިޔަވަޅެއް އެޅިއަސް، އަދި އެކިޔާ ފާޑުކިޔުމަކުން ނުވަތަ އަޅާ ފިޔަވަޅަކުން އުތުރު ކޮރެއާ ހަމަ އެއްވެސް ޖެހިލުމެއް ނުވެއެވެ. އުތުރު ކޮރެއާ އިން މިހާރު ދައްކަމުން ދަނީ އެހެން މޫނެކެވެ. ބޮޑެތި ހަމަލާތަކެއް ދޭންވެސް އުޅެނީއެވެ. ހަމައެކަނި މިސައިލް ޓެސްޓްތަައް ކޮށް ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހިންގާނޭ ބުނަނީކީ ނޫނެވެ. އުތުރު ކޮރެއާ އިން މިހާރު ބުނަމުން ދަނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދޭނެ ވާހަކައެވެ. އުތުރު ކޮރެއާ އިން ބުނަމުން ދަނީ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުވެސް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ގުއާމް އަށް ސީދާ ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށެވެ. ގުއާމް އަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހިމެނޭ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކަށް އެގައުމު އަދި ނުގުޑައެވެ. ސުވާލަކީ ދެން އޮތް ގޮތަކީ ކޮބައިތޯއެވެ؟

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
25 ފެބުރުއަރީ 2017

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

25 ފެބުރުއަރީ 2017
"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް