Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކިމްގެ ކުއްލި މަރު

"ވީއެކްސް" ނާވް އެޖެންޓް – އުތުރު ކޮރެޔާގެ ލީޑަރުގެ ބޭބެ މަރާލުމަށް ބޭނުން ކުރި ވިހަ

ވީއެކްސްގެ އެންމެ ތިއްކަކުންވެސް ފުރާނަ ދުއްވާލާނެ

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 00:30
ކިމް ޖޮންގް ނާމް (ވ) އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ވ)

ކިމް ޖޮންގް ނާމް (ވ) އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ވ)

ކިމް މަރާލީ މެލޭޝިއާގެ ކުއަލަލަމްޕޫރު އެއަރޕޯޓުގެ ޗެކްއިން ހޯލުގައި ހުއްޓާ ފަހަތުން އައިސް އަންހެނަކު އޭނާގެ މޫނުމަތީގައި އެއްޗެއް އުނގުޅި ހާދިސާ ހިނގިތާ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

ކިމް މަރުވީ މިހާދިސާ ހިނގުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް ރިޕޯޓް ތަކުގައި ވެއެވެ.

ކިމްގެ މަރުގެ ހާދިސާއާ ގުޅިގެން އެނާގެ އުފަން ގައުމު ކަމުގައިވާ އުތުރު ކޮރެއާއިން ދެކޮޅު ހަދަމުން ދަނިކޮށް މެލޭޝިއާއިން ވަނީ ޕޯސްޓްމޯޓަމް ހަދާ މަރުވި ސަބަބު ދެނެގަތުމަށް ތަހުލީލުތައް ކޮށްފައެވެ. އުތުރު ކޮރެއާއިން ބުނަމުން ގެންދަނީ މެލޭޝިއާއިން އެ ގަމުގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބިފައިވާ މީހެއްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދީ ޑިޕްލޮމެޓިކް ޕްރޮޓޮކޯލް ތަކާ ޚިލާފަށް ކަމަށެވެ.

ކިމްގެ ލޮލާއި އަނގަމަތިން ނެގި ސާމްޕަލްތަކުގައި ވިހައިގެ އަސަރު ހުރިތޯ ބެލުމަށް ހެދި ޓެސްޓް ތަކުގެ ނަތީޖާ މިހާރުވަނީ މެލޭޝިއާ ސަރުކާރުން އާއްމު ކޮށްފައެވެ. ޓެސްޓް ތަކުގެ ނަތީޖާއިން ހާމަވި ގޮތުގައި ކިމް މަރާލުމަށް ބޭނުން ކޮށްފައިވަނީ ނުރައްކާތެރި ވިހައެއް ކަމުގައިވާ "ނާވް އެޖެންޓް ވީއެކްސް" އެވެ. މިއީ "ވެޕަން އޮފް މާސް ޑިސްޓްރަކްޝަން" ނުވަތަ އެންމެ ބޮޑެތި ފަނާ ކުރުމުގެ ހަތިޔާރުގެ ތެރޭގައި އ.ދ. އިން ހިމަނާފައިވާ ކެމިކަލްއެކެވެ.

މިފަދަ ނުރައްކާތެރި ވިހައެއް ކިމް މަރާލުމަށް ބޭނުން ކުރިކަން ހާމަ ވުމުން މި މަރުގެ ފަހަތުގައި އުތުރު ކޮރެޔާގެ ސަރުކާރު އޮތް ކަމަށް ކުރެވޭ ތުހުމަތު ތަކަށް އިތުރު ބާރެއް ވަނީ ލިބިގެން ގޮސްފައެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިޔާއިން ފޯސްޓް މޯޓަމް ހަދާތީއާއި އިތުރު ތަހުގީގުތައް ހިންގާތީ އުތުރު ކޮރެއާއިން ވަނީ ރުޅިވެރި ބަހުގެ ހަމަލާތަކެއް މެލޭޝިއާ އަށް އަމާޒުކޮށް ދީފައެވެ.

ކިމް ޖޮން ނާމް އަކީ ކާކު؟

ކިމް ޖޮމް ނާމް އަކީ އުތުރު ކުރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން އިލްގެ އެންމެ ދޮށީ ދަރިކަލުންނެވެ. އަދި އެއީ އުތުރު ކޮރެގާއެ މިހާރުގެ ޒައީމްގެ އެއްބަފާ ބޭބެ އެވެ.

ބައްފަ އަށް ފަހު އުތުރު ކޮރެއާގެ ވެރިކަމަށް އަންނާނީ ކިމް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. އެކަމަކު ކިމްގެ ބައްޕަ އަވަހާރަ ވުމުން ވެރިކަން ލިބުނީ އެއްބަފާ ކޮއްކޮ އަށެވެ.

ކިމް އުތުރު ކޮރެއާގެ ވެރިކަމަށް އަންނާނެ ކަމަށް ބެލެވިފައި އޮތް އޮތުން ނިމުމަކަށް އައީ 2011 ވަނަ އަހަރު ވަގު ޕާސްޕޯޓެއްގައި ޖަޕާނަށް އެތެރެވާން މަސައްކަތް ކުރިކަން ފަޅާއެރި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވެފައިވަނީ އުތުރު ކޮރެއާގައި އޮތް ވެރިކަމަށް ފާޅުގައި ފާޑު ކިޔަމުން ދިޔަ މީހަކަށެވެ. އަދި އާއިލީ ވެރިކަމާ، އުތުރު ކޮރެއާގައި ވެރިކަން ހިނގަމުންދާ ގޮތާ މެދު ފާޅުގައި ކިމް ގެންދިޔައީ ދެކޮޅު ހަދާ އަޑު އުފުލަމުންނެވެ.

ކިމްގެ ޕާސްޕޯޓުގައި އޮންނަ ނަމަކީ ކިމް ޗޯލް އެވެ. އެހެން ކަމުން ރަސްމީ ސިފައެއްގައި މަރުވެފައިވަނީ ކިމް ޖޮން ނާމްކަން އުތުރު ކޮރެއާއިން ކަށަވަރު ކޮށްދޭން ޖެހެއެވެ.

ޓޮކްސިކޮލޮޖީ ރިޕޯޓުގައި ބުނަނީ ކީކޭ؟

މެލޭޝިއާގެ ފުލުހުންގެ ވެރިޔާ، ޚާލިދު އަބޫ ބަކުރު ހުކުރު ދުވަހު ވިދާޅުވީ، ކިމްގެ ލޮލާއި މޫނުމަތިން ނަގާފައިވާ ސާމްޕަލް ތަކުގައި "ނާވް އެޖެންޓް" އެއް ހޭކިފައިވާ ކަން ޓެސްޓް ތަކުން ހާމަވާ ކަމަށެވެ.

ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކިމް އަށް ހަމަލާ ދިނުމުގައި ބައިވެރިވި ދެ އަންހެނުންގެ ތެރެއިން އެކަކަށް މި ވިހައިގެ އަސަރު ކޮށްފައިވާ ކަމަށާއި، އެގޮތުން ހޮޑުލުމުގެ އިތުރުން އޭނާ ބަލިވެފައިވާ ކަމަށް ޚާލިދު ވިދާޅުވިއެވެ.

ޚާލިދު ވިދާޅުވީ، އިތުރު ދިރާސާތައް ކުރިއަށްދާ ކަމަށާއި، މެލޭޝިއާއަށް މި ވިހަ އެތެރެ ކުރި ގޮތްވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ވަރަށް ކުޑަ މިންވަރަކަށް ގެންނަ މިފަދަ އެއްޗެއް އެތެރެވި ގޮތް ހޯދައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ނާވް އެޖެންޓް ވީއެކްސް އަކީ ކޮން އެއްޗެއް؟

އާއްމު ނަމުން ނާވް އެޖެންޓް "ވީއެކްސް" އަކީ ހަނގުރާމައިގައި އެއްފަހަރާ އެތައް ބަޔަކު ނައްތާލުމަށް ބޭނުން ކުރަމުން އައި ވަރަށް ނުރައްކާތެރި ވިހައެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ނުރައްކާ ނާވް އެޖެންޓެވެ. އެންމެ ދިހަ މިލިގްރާމްގެ މިންވަރުން އިންސާނެއްގެ ނާވަސް ސިސްޓަމް ހަލާކު ކޮށްލާ ނުރައްކާތެރި ކެމިކަލްއެކެވެ. މިއީ ދިޔާކޮށް ހުންނަ އެއްވެސް ކުލައެއް، އެއްވެސް ރަހައެއް އަދި ވަހެއް ނުހުންނަ ތެޔޮ ކަމެއް ހުންނަ މާއްދާއެކެވެ. އެންމެ ވައްތަރު ވާނީ އިންޖީން އޮއިލް އަށެވެ.

ވީއެކްސް އީޖާދު ކުރީ 1950 ގެ އަހަރު ތަކުގައި އިނގިރޭސި ވިލާތުގެ އިމްޕީރިއަލް ކެމިކަލް އިންޑަސްޓްރީގެ ރަނާޖީ ގޯޝް ނަމަކަށް ކިޔާ ކެމިސްޓެކެވެ. އޭގެ ފަހުން އިނގިރޭސި އަސްކަރިއްޔާއިން މި ވިހައިގެ އިތުރު ދިރާސާތައް ހެދިއެވެ. އަދި ކެމިކަލްގެ ފޯމިއުލާ އެމެރިކާގެ އަސްކަރިއްޔާއަށް އިނގިރޭސި އަސްކަރިއްޔާއަށް ފޯރުކޮށްދިނެވެ. 1961 ގައި އެމެރިކާއިން ވީއެކްސް އުފައްދަން ފެށިއެވެ.

ވީއެކްސްގެ "ވީ" ރަމްޒުކޮށްދެނީ "ވީނޯމް" އެވެ. އެއިން ދޭހަކޮށްދެނީ ހަމުގެ ޒަރީއާއިން ހަށިގަނޑަށް ވިހައިގެ އަސަރު ކުރާލެއް ފަސޭހަ ކަމާ ނުރައްކާތެރި ކަމެވެ.

މީގެ ނުރައްކާ ކަމަކީ، މީގައި އެކުލެވޭ ވިހައިގެ އަސަރު ހަމުގެ ޒަރީއާއިންނާއި، އަނގައިގެ ޒަރީއާއިން އަދި ނޭފަތުގެ ޒަރީއާއިންވެސް ހަށިގަނޑަށް ކުރާ ކަމެވެ. އެންމެ ތިއްކެއްހާ މިންވަރު ހަންގަނޑުގައި ޖެހުނު ކަމުގައި ވިޔަސް މަދު މިނެޓް ކޮޅެއްގެ ތެރޭގައި މީހާގެ ފުރާނަ ދުއްވާލައެވެ. ކުޑަކޮށް މީގެ އަސަރު ކުރި ނަމަވެސް މޭ ނުބައި ކުރުމާއި، ލޮލަށް ތަދުވުމާއި، ފެނުން ފުސްވުމާއި، ހޮޑުލެވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. މިއީ އދ. ގެ ކެމިކަލް ހަތިޔާރާ ބެހޭ މުއާހަދާގެ ދަށުން 1993 ވަނަ އަހަރުން ފެށިގެން މަނާކޮށްފައިވާ ވިހައެކެވެ.

މި ވިހައިން ކިމްގެ ފުރާނަ ދުއްވާލީ ކިހިނެއް؟

ކެމިކަލް ހަތިޔާރާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ކިމް މަރާލުމަށް ބޭނުން ކުރި ކަމަށް ބެލެވެނީ "ވީ އެކްސް" ގެ އެންމެ ތިއްކެއްގެ މިންވަރެވެ. ވީއެކްސް ތިއްކެއް ފޮތިކޮޅަކަށް ޖެހުމަށްފަހު ކިމްގެ މޫނުމަތީގައި އެ ފޮތިގަނޑު އެޅުމުން ވިހައިގެ އަސަރު ހަށިގަނޑަށް ކޮށް އޭނާ މަރުވީ ކަމަށް ބެލެވެއެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ކިމް އަށް ހަމަލާ ދިން މީހާ އޭނާގެ ފުރަގަހުން އައިސް މޫނުމަތީގައި އަތް އަޅައެވެ. އެއީ ކެމިކަލް އެކުލެވޭ ފޮތިގަނޑު އޭނާގެ މޫނުގައި ހޭކި ގޮތެވެ. އޭނާގެ މޫނުމައްޗަށް ސްޕްރޭއެއް ކުރި ކަމަށްވެސް ރިޕޯޓު ތަކުގައި ވެއެވެ. ތަޖުރިބާކާރުން ބުނަނީ ކުރި ސްޕްރޭއަކީ ސަމާލު ކަން އެހެން ގޮތަކަށް އަނބުރާލުމަށް ކުރި ކަމެއް ކަމަށެވެ. ވިހައިގެ ސަބަބުން ފުރަތަމަ ވާނެ ގޮތެއް ކަމަށް ބެލެވެނީ ހަށިގަނޑު ތުރުތުރު އެޅުން ކަމަށާއި، އަދި އޭގެ ފަހުން މިނެޓް ކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމު ހުއްޓުމަކަށް އައީ އެވެ. ކިމް އަށް ހަމަލާދިން ގޮތުގެ ސީސީޓީވީ ފުޓޭޖް އިން އެނގޭ ގޮތުގައި ކިމްގެ މޫނުމަތީގައި ފޮތިނގަނޑެއް އެޅި މީހާ އެކަން ކޮށް ދުރަށް ދިއުމާއެކު ކިމް ގޮސް އެއަރޕޯޓްގެ ސެކިއުރިޓީންނާ ބައްދަލުކޮށް އޭނާގެ މޫނަށް މީހަކު ކަމެއް ކުރި ކަމަށް ބުނެ ޝަކުވާ ކުރިއެވެ. އެ ޝަކުވާއާ އެކު ކިމް ގެންދިޔައީ އެއަރޕޯޓްގައި ހުންނަ ކްލިނިކަށެވެ. ކިމް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް މެލޭޝިއާގެ އޮފިޝަލުންވަނީ ހާމަ ކޮށްފައެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ އަންހެން މީހާ އަވަސް އަވަހަށް ގޮސް އަތް ދޮވިކަން އެނގޭ ކަމަށްވެސް މެލޭޝިއާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ކިމް އަށް ހަމާލާދިން މީހުން ސީދާ ގޮތެއްގައި ވީއެކްސް ބޭނުން ކުރި ނަމަ ހަމަލާދިނުމުގައި ބޭނުން ކުރި މީހުންވެސް ސަލާމަތެއް ނުވާނެއެވެ. އެއީ އަންގި ލައްވައިގެން އުޅުނު ކަމުގައި ވިޔަސް އޭގެ އަސަރު އެމީހުންނަށްވެސް ނުކޮށެއް ނުދާނެއެވެ. އެހެން ކަމުން ބެލެވެނީ ކިމްގެ މޫނުގައި އުނގުޅީ ވީ އެކްސްގެ ގެންގުޅުނު މީހުންނަށް ނުރައްކާ ކުޑަވާ ގޮތައް އެގެ މުހިންމު ދެ މާއްދާ ވަކިވަކިން މޫނުގައި އުނގުޅޭ ގޮތައް ކަމަށެވެ. އަދި މޫނުގައި އުނގުޅުމުން ދެ މައްދާ މައްސުނިވެ ވީއެކްސްގެ އަސަރު ނުކުންނަ ގޮތައް ކަމަށް ބެލެވޭ ކަމަށެވެ.

ކިމްގެ ހަށިގަނޑު އަދިވެސް އޮތީ މެލޭޝިއާގެ މޯޗުއަރީގައި ބާއްވާފައެވެ.

ފަހަތުގައި ވަނީ ކޮން ބައެއް؟

މެލޭޝިއާއިން ބުނެފައިވަނީ މި ހަމަލާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާގެ އެޖެންޓުން ކަމަށެވެ. ހަމަލާއާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ ރައްޔިތަކާއި، އެއަރޕޯޓުން ކިމްއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 2 އަންހެނުން ހިމެނެއެވެ. އިތުރު 7 މީހަކު ހޯދުމަށް މެލޭޝިއާއިން ވަނީ ނޯޓިސް ނެރެފައެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ ޑިޕްލޮމެޓަކުވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު އުތުރު ކޮރެއާއިން އަނެއްކާވެސް މެލޭޝިއާ އަށް އަމާޒުކޮށް ބަހުގެ ހަމަލާއެއްވަނީ ފޮނުވާލާފައެވެ. އުތުރު ކޮރެއާއިން ބުނީ، އެ ގައުމުގެ ރައްޔިތަކު މަރާލީ މެލޭޝިއާއިން ކަމުގައެވެ. އެއަށް ރައްދު ދެއްވާ މެލޭޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ދޮގު ފެތުރުން ހުއްޓާ ނުލާ ނަމަ މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެންވޯއީ މެލޭޝިއާއިން ބޭރުކޮށްލަން ޖެހިދާނެ ކަމަށެވެ.

މެލޭޝިއާ ސްޓާރ ނޫހުން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުއަލަލަމްޕޫރުގެ އެޕާޓްމަންޓަކުން ތަފާތު ބާވަތުގެ ކެމިކަލްތަކެއް އެތާނގެ ފުލުހުން އަތުލައިގަނެފައިވާ ކަމަށެވެ.

އުތުރު ކޮރެއާގައި ވީއެކްސް އެބަހުރިތަ؟

އުތުރު ކޮރެއާއަކީ، ކެމިކަލް ހަތިޔާރާ ބެހޭ އދ. ގެ މުއާހަދާގައި ބައިވެރި ނުވާ 6 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެނެއްކޮޅުން ނާވް އެޖެންޓު ވިހަ އެންމެ ގިނައިން ރައްކާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އުތުރު ކޮރެއާ ހިމެނެއެވެ. އެމެރިކާ އާއި ރަޝިއާ ފަހު ކެމިކަލް ހަތިޔާރު އެންމެ ގިނައިން ހުރި ގައުމަކީ އުތުރު ކޮރެއާއެވެ. ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް 2500 އާއީ 5000 ޓަނުގެ ނާވް އެޖެންޓް އުތުރު ކޮރެއާގައި ސްޓޮކް ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ވީއެކްސް ހިމެނެއެވެ. ސައްދާމް ހުސެއިންގެ ފައުޖުތަކުން 1988 ވަނަ އަހަރު ކުރުދީންނާ ދެކޮޅަށް ވީއެކްސް ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވުނެވެ. ވީއެކްސްގެ ސްޓޮކެއް ސީރިޔާގައި ހުރެދާނެ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާ އާއި އެމެރިކާ އިން ސުލްހަވީބާ؟

އުތުރު ކޮރެއާ އާއި އެމެރިކާ އިން ސުލްހަވީބާ؟

20 ޖޫން 2018
އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ އެދުންތަކަށް އިޖާބާ ދިފާނެތަ؟

އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ އެދުންތަކަށް އިޖާބާ ދިފާނެތަ؟

12 ޖޫން 2018
އުތުރު ކޮރެއާގެ މައްސަލަ ނުނިމި ދިގުލީ ކީއްވެ؟

އުތުރު ކޮރެއާގެ މައްސަލަ ނުނިމި ދިގުލީ ކީއްވެ؟

11 ޖޫން 2018
އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު