Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ ބަދަލު

ރައީސް މައުމޫން އޮންނެވި ގޮޅީގައި ދާދިއަވަހަށް ރައީސް ޔާމީން ބާއްވާނަން: ސަމީރު

25 ފެބުރުއަރީ 2018 | އާދީއްތަ 01:35

ރައްޔިތުން ބޭނުންވަނީ އަމާނާތްތެރި، ޤައުމަށް ވަފާތެރި ވެރިއެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ފެބުރުއަރީ 2018 | އާދީއްތަ 01:35
ސަމީރު މުޒާހަރާއެއްގައި ވާހަކަ ދައްކަވަނީ

ސަމީރު މުޒާހަރާއެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އޮންނެވި ގޮޅީގައި އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބާއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގައި ހޮނިހިރު ދުވަހުގެރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ވާހަކަ ދައްކަވަމުންނެވެ.

ސަމީރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ޤައުމަށް ވަފާތެރި، އަމާނާތްތެރި ވެރިއެއް ކަމަށެވެ. އަދި އެ ވެރިމީހާ ވާން ވާނީ ރައްޔިތުންނަށް އުފަލާއި ފާގަތިކަން ހޯދައިދިނުމަށް ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރާ، ރައްޔިތުންނަށް އަނިޔާ ނުކުރާ، އިސްލާމްދީނާއި ރައްޔިތުންދެކެ ލޯބިވާ ވެރިއަކަށް ކަމަށްވެސް ސަމީރު ވިދާލުވިއެވެ.

ރައީސް ޔާމީންގެ ކިބައިގައި އެސިފަތައް ހުރިކަމާމެދު ސުވާލު އުފައްދަވަމުން ސަމީރު ވިދާޅުވީ، އެމަނިކުފާނުގެ އެ ސިފަތައް ނެތްކަމަށް ވާނަމަ ޤާނޫން އަސާސީގެ 109 ވަނަ މާއްދާގައި ބުނާގޮތުން ރައީސް ޔާމީނަކީ ބުއްދި ސަލާމަތުން ހުރި ބޭފުޅެއްކަމަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ.

ސަމީރު ވިދާޅުވީ ބުއްދި ސަލާމަތުން ހުރިނަމަ އިސްލާމްދީނަށް ފުރައްސާރަ ނުކުރައްވާނެ ކަމަށާއި، އެހެން ނޫންނަމަ ރައްޔިތުންނަށް އަނިޔާވެސް ނުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ލިބިދީފައި އޮތް މިނިވަންކަން ނިގުޅައިގަނެ އަމިއްލައަށް ސިފައިންނާއި ފުލުހުންގެ މަދު ބައެއްގެ ހިމާޔަތުގައި ހުންނަވައިގެން ރޭގަނޑުދާ ހަތަރުދަމު އެމަނިކުފާނު ނިދިކުރެއްވުމެއްނެތި ނުހުންނަވާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ސަމީރު ވިދާޅުވީ، ފެނިގެންދަނީ ދިވެހިން އެދޭފަދަ ވެރިޔަކަށް ރައީސް ޔާމީން ނުވާތަން ކަމަށާއި އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ޤާނޫނީ ހަމަތަކުން ރައީސް ޔާމީން ހައްޔަރު ކުރައްވާނެ ކަމަށެވެ. ފެނިގެންދަނީ އަމިއްލަ އަންބޮނޑި ބޮޑުކުރާތަން ކަމަށާއި އަމިއްލަ އިއުތިރާފުން ތިމަންނާގެ ގެއަށް ކަޅުފޮށިތައް ވަންކަމަށް ބުނާތަން ކަމަށެވެ.

ސަމީރު ވިދާޅުވީ، މިރާއްޖޭގައި ޤާނޫނީ ވެރިކަމެއް އޮވެ، ޤާނޫނުއަސާސީ ހިމާޔަތް ކުރެވިގެން ހިންގޭ ރަނގަޅު ޖުޑިޝަރީއަކާއި ރައްޔިތުންގެ މަޖިލިސްއެއް މިނިވަންކަމާއެކު ހިނގާނަމަ، ރައީސް ޔާމީން މިއަދު ހުންނަވާނީ ޖަލުގައި ކަމަށެވެ.

"ކަންބޮޑުވާނެ ކަމެއް ނެތް އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ރައީސް މައުމޫނާއި އަދިވެސް އެނޫން ބޭފުޅުން އެބާއްވާފައި އޮތް ގޮޅީގައި ރައީސް ޔާމީން ގެންގޮސް ނިކަން ރީތިކޮށް އަޅުގަނޑުމެން އަތުރާލާނަން" ސަމީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް