Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ ހަނގުރާމަ

އިރުމަތީ ޣޫތާގެ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރައިފި

23 ފެބުރުއަރީ 2018 | ހުކުރު 08:42

އިރުމަތީ ޣޫތާ އަށް ހަމަލާ ދޭން ފަށާފައިވަނީ އާދީއްތަ ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 23 ފެބުރުއަރީ 2018 | ހުކުރު 08:42
އިރުމަތީ ޣޫތާގެ ދޫމާ އަވަށަށް ދިން ވައިގެ ހަމަލާއެއްގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައިވާ އާއްމުންގެ މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ

އިރުމަތީ ޣޫތާގެ ދޫމާ އަވަށަށް ދިން ވައިގެ ހަމަލާއެއްގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައިވާ އާއްމުންގެ މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ | ރޮއިޓަރސް

ސީރިއާގެ އިރުމަތީ ޣޫތާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާއި ސީރިއާ ސަރުކާރުގެ ސިފައިންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރައިފި އެވެ.

ހަނގުރާމަވެރި ގްރޫޕްތަކުގެ ބާރުގެ ދަށުގައިވާ އިރުމަތީ ޣޫތާ ހިފުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާއި ބައްޝާރަށް ވާގިވެރިވާ ރަޝިއާގެ އަސްކަރިއްޔާ އިން ވައިގެ މަގުން ހަމަލާ ދޭން ފެށިތާ ފަސް ދުވަސް ފާއިތުވެފައިވާއިރު، މި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 403 އަށް އަރާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ހާމަކުރެއެވެ.

ސީރިއާ އަދި ރަޝިއާގެ ގުޅިފައިވާ ފައުޖުތަކުން އާދީއްތަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާ އަށް ހަމަލާ ދެމުންދާއިރު، މިހަމަލާތަކުގައި ދެހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ އިން ބުނެއެވެ.

ސީރިއާގެ މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ވާހަކަ ދައްކަވަމުން އދ. އިން ސީރިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސްޓެފަން ޑި މިސްތޫރާ ވަނީ، އިރުމަތީ ޣޫތާގެ ހާލަތު ހަމައަކަށް އެޅުވުމަށް ވީހާވެސް އަވަހަކަށް ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ.

ސްޓެފަން ޑި މިސްތޫރާ ވިދާޅުވީ، އިރުމަތީ ޣޫތާގެ އިންސާނީ ހާލަތު ހުރީ ސިއްސައިގެންދާފަދަ ދަރަޖައެއްގައި ކަމަށާއި، އެސަހަރަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތާއި، ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެ ސަރަހައްދުން ނެރެވޭނެ އިންތިޒާމް ވީހާވެސް އަވަހަކަށް ހަމަޖައްސަން ޖެހިފައިވާ ކަމަށެވެ.

އަދި ސީރިއާގެ ޙަލަބްގައި މީގެ ކުރިން ކުރިއަށް ގެންދިޔަ ކުރިމަތިލުންތަކަށްފަހު، ޙަލަބްގައި އޮތް ހާލަތު އިރުމަތީ ޣޫތާގައި ތަކުރާރުވެދާނެ ކަމުގެ އިންޒާރު މިސްތޫރާ ދެއްވާފައިވެއެވެ.

އިރުމަތީ ޣޫތާގައި ދިރިއުޅޭ އާއްމުން ވަނީ އެމީހުންގެ ރައްކާތެރިކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ސަލާމަތްވުމަށް އެސަރަހައްދު ދޫކޮށް ދެވޭނެ މަގެއް ނުވަތަ ހަމަލާތަކަށް ފިލޭނެ ގޮތެއްވެސް ނެތް ކަމަށް ބުނެފައެވެ. އިރުމަތީ ޣޫތާގެ އާބާދީގެ ބޮޑު ބަޔަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެހެން ސަރަހައްދުތައް ދޫކޮށް އެސަހަރަށް ހިޖުރަކޮށްފައިވާ ފަރާތްތަކެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އިރުމަތީ ޣޫތާ އަކީ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ ސަހަރެކެވެ.

ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ އިރުމަތީ ޣޫތާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔުމާއެކު، ސީރިއާގެ ސިފައިން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެސަހަރު ވަށާލައި، ހިސާރުކޮށްފައެވެ. ބައްޝާރުގެ ފައުޖުތަކުގެ ހަނގުރާމަވެރިން އިރުމަތީ ޣޫތާ އަށް ވަދެވެން އޮންނަ މަގުތައް ބަންދުކުރުމާއި ގުޅިގެން އެސަހަރުގެ ތެރެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެކަމާއި ގުޅިގެން އެސަރަހައްދުގެ ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން ރޭޓް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް