Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފައިވާ ސިޔާސީ ޕާޓީތައް

މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކު ނެތް: ގުޅިފައިވާ ޕާޓީތައް

މެންބަރުންނަށް ޖަލްސާއަށް ނުވަދެވެންވީ ސަބަބެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2018 | އާދީއްތަ 22:42
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސުޕްރީމް ކޯޓުން އާދީއްތަ ދުވަހުގެރޭ ނެރުނު ވަގުތީ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ބުނެފައި ނުވާކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އަމުރުގައި ބުނެފައި ނެތް ކަމަށާއި މައްސަލަ އޮތީ ހަމަ ކުރިން ވެސް އޮތްގޮތަށް ކަމަށެވެ. އިބޫ ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވަނީ ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ކޮށްފައިވާ އަމުރުގައި ކަނޑައަޅާފައިވާ ތިންކަމެއް ބާތިލް ކުރުމަށާއި ސުޕްރީމް ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅަންދެން އެކަންކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

ބަންޑާރަ ނައިބުގެ އޮފީހުން އެދިފައިވާ އެއްކަމަކީ ސުޕްރީމް ކޯޓުގެ 17 ވަނަ އަމުރުގައިވާ، އެއް ޕާޓީން އަނެއް ޕާޓީއަށް މެންބަރުން ބަދަލުވުމާއި ގުޅިގެން އެމެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނާ ބުނުން ބާތިލް ކޮށްފައި އޮތް އޮތުން ބާތިލް ކުރުމަށް ކަމަށް އިބޫ ވިދާޅުވި އެވެ. އަމުރުން އެބައި ބާތިލް ކުރުމަށް ވަގުތީ އަމުރެއް ނެރެފައި އޮތްއިރު މެންބަރުންގެ ގޮނޑި ގެއްލޭނޭ ކަމަށް ކަނޑައަޅާފައި ނުވާކަމަށާއި ވަގުތީއަމުރެއް ނެރެފައިވަނީ މެންބަރުންނާއެކު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކޮށްފައިވާ އަމުރު މަޑުޖައްސާލުމަށް ކަމަށް އިބޫ ވިދާޅުވިއެވެ. އަދި މާދަމާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ދައުރުން ބޭރު ޖަލްސާއެއް ކަމަށްވާއިރު އެޖަލްސާގައި 12 މެންބަރުންނަށް ބައިވެރި ނުވެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އޭނަ ވިދާޅުވި އެވެ.

"ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެދީފައި ވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ބާތިލްކުރި 17 ވަނަ އަމުރު ބާތިލް ކޮށް ދިނުމަށް އެދިފައިވާތީ ނެރެފައިވާ އަމުރެއް. ދެވަނަ ކަމަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި 17 ވަނަ އަމުރުގެ ދަށުން ގެއްލިފައި ނެތީމާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާ އެކީގައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކުރިއަމުރު އިހަށް މަޑުޖައްސާލާފައި މިއޮތީ. އެއްވެސް ހާލެއްގައި މިއަމުރުގެ ދަށުން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަކަށް ކަނޑައަޅާފައެއް ނެތް. ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އެއްވެސް އަމުރެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުނު ކަމަކަށް ކަނޑައަޅާފައެއް ނެތް. މިރޭގެ އަމުރުގައިވެސް ގޮނޑި ގެއްލުނުކަމަކަށް ކަނޑައަޅާފައެއް ނެތް. އަދި 1 ފެބްރުއަރީގައި ނެރުނު އަމުރުގައިވެސް އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަމަށް ކަނޑައަޅާފައިވާކަންވެސް މިއަމުރުގައި ފާހަގަ ކޮށްފައި އެބައޮތް"

އެހެންވެ، ދައުރުން ބޭރުގައި މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާގައި އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިހާރު ތިއްބެވި މެމްބަރުންނާއެކު ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވާއިރު މިއަދު ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންވެ، ދައުރުން ބޭރުގައި ބާއްވާ އެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ވަޑައިގަތުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިސްލާހަށް ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މެދުކެނޑުމެއް ނާންނާނެ ކަމަށާއި ކުރިން ރޭވިފައިވާ ގޮތަށް ހަލުއިކޮށް އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ދުވަހަށް ބޮޑު މުޒާހަރާ ވެސް ބާއްވާނެ ކަމަށާއި އުނދަގުލާއި ދަތިން ސަލާމަތްވުމަށް ރޭވިފައި ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ފެބުރުއަރީ 1 ގައި ކޯޓުން ނެރުނު އަމުރުން އަދިވެސް ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެ، އުނދަގޫފުޅުވެފައިވާ ކަމަށާއި އެކި ނަންނަމުގައި ސުޕްރީމު ކޯޓަށް މައްސަލަ ހުށަހަޅަނީ އެހެންވެ ކަމަށެވެ. އަދި އެކި އަމުރުތައް ނެރެގެން ނަމަވެސް އަދިވެސް މި މައްސަލަ ކޮޅެއްގައި ނުޖެއްސޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ އަމުރު 3 ފަނޑިޔާރުން ވެގެން ބަދަލު ކުރަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވީ ގޮތުގައި ސުޕްރީމް ކޯޓު ހިމެނެނީ އުއްތަމަ ފަނޑިޔާރާއެކު ކަމަށެވެ. އަދި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް، ތިން ފަނޑިޔާރުން އަލުން ބަދަލުކޮށް ނެރުމާއި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ފަނޑިޔާރަކު ޖަލަށްލައި، ސަރުކާރުން ބޭނުން ގޮތަކަށް އަމުރުތައް ނެރޭތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން ފަނޑިޔާރުން ކުރިން ނިންމާފައިވާ ނިންމުމެއް، އަލުން ބަދަލުކޮށްގެން ނެރުމަކީ އެ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ވެސް ސުވާލު އުފެދޭ ކަމެއް. މިއީ ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް"

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލް އައްޝައިޚް އަލީ ޒާހިރު ވިދާޅުވީ ސްޕްރީމް ކޯޓުން ނެރުނު އަމުރާއެކުވެސް ފްލޯކްރޮސްކުރި މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާއެކުވެސް ލާޒިމްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއިއެކު ޖަލްސާ ބޭއްވުމަށްކަން އެނގޭކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވީ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމުގައެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެކަމަށް ނާދިރާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު