Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 50 މެމްބަރުން ވޯޓު ދެއްވާނެ: މަހުލޫފު

18 ފެބުރުއަރީ 2018 | އާދީއްތަ 10:39

ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންނަށް ވަނީ ޖަލްސާގެ ދައުވަތު ދީފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ފެބުރުއަރީ 2018 | އާދީއްތަ 10:39
މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެއްވުމުން އެސްއޯ ފުލުހުން ހުރަސް އަޅަނީ

މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެއްވުމުން އެސްއޯ ފުލުހުން ހުރަސް އަޅަނީ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް 50 މެމްބަރަކު ވޯޓުދޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއެކު ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅިގެންދިޔަ 12 މެމްބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ ޖަލްސާ ބާއްވައިފިނަމަ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އުވާލުމަށް މަދުވެގެން 50 މެމްބަރަކު ވޯޓުދޭނެ ކަމަށް ރައީސް ޔާމީންއަށް ސާފުކޮށް ދަންނަވަން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

މަހުލޫފު މިހެން ވިދާޅުވެފައިވާއިރު ގޮނޑިގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި 12 މެމްބަރުންނަށް ވެސް ވަނީ މާދަމާގެ ޖަލްސާގެ ދައުވަތު ފޮނުވާފައެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިނުވާއިރު ކުއްލި ނުރައްކަލުގެ ހާލަތާމެދު މާދަމާގެ ޖަލްސާގައި ގޮތެއް ނިންމަންޖެހެއެވެ. މި އަހަރުގެ ފުރަތަމަ ދައުރު މިހާރު ފެށިފައިވާއިރު މިހާތަނަށް އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. މި މަހުގެ ފަސްވަނަ ދުވަހު ދަރުބާރުގޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކުރި ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެ ޖަލްސާ ކެންސަލް ކުރެވުނެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މިވަގުތު ވެސް ތިއްބެވީ ފުލުހުންގެ ހައްޔަރުގައެވެ. އޭގެތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ސިނާންގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހިމެނެއެވެ. ހަމައެހެންމެ މާމިގިލީ ދައިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ ޖަރުމަނުގައެވެ.

މަހުލޫފު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ މާދަމާގެ ޖަލްސާ ބޮއިކޮޓްކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ. އެ ޓްވީޓުގައި މަހުލޫފު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެކަމަކަށް އަމަލުކުރަން ޖެހޭ ކަމެއް ކަމަށާއި މަޖިލީހުން އެކަމަށް ގޮތެއް ނިންމޭނީ 43 މެމްބަރުން ޖަލްސާގައި ބައިވެރިވާނަމަ ކަމަށެވެ. އެގޮތުން އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓްކޮށްފިނަމަ 43 މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާނެ ކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް