Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެޓީވީގެ ބަޔާން

ފެންނަ މަންޒަރެއް ގެނެސްދިނުމަށް މަސައްކަތްކުރުމަކީ ލާއިންސާނީ އަނިޔާ ދޭން ޖެހޭ ކަމެއް ނޫން: ރާއްޖެޓީވީ

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިކަމުގެ މިނިވަންކަން ވަނީ ކަށަވަރުކޮށްދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2018 | ހޮނިހިރު 12:32
ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލުން

ނޫސްވެރިންގެ ވާޖިބަށް ހުރަސް އެޅުމާއި، ނޫސްވެރިންނަށް ދިން ލާއިންސާނީ އަނިޔާtތައް ރާއްޖެޓީވީ އިން ކުށްވެރިކޮށްފިއެވެ.

ރާއްޖެޓީވީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވާއިރު، އިދިކޮޅު ކޯލިޝަނުން ފެބްރުއަރީ 16، 2018 ވީ ހުކުރު ދުވަހު "ވޯމް އަޕް" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ގާނޫނީ ވާޖިބަށް ފުލުހުންގެ ބަޔަކު ގަސްތުގައި ހުރަސް އަޅައި، މޫނަށް ޕެޕަރ ސްޕްރޭކޮށް، އިކުއިޕްމަންޓަށް ގެއްލުންދީ، ލާއިންސާނީ އަނިޔާ ދީފައިވާކަން ހިތާމައާ އެކު ފާހަގަ ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ތެރެއިން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އަށް، ރަޔަޓް ގިޔަރުގައި ތިބި ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން، ހޮސްޕިޓަލަށް ގެންދިޔައިރު ހޭނެތިފައިވާ ކަން ފާހަގަކޮށް ރާއްޖެޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުސައިންގެ ހަށިގަނޑުގެ އެތައް މިތަނުން އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި ހޮސްޕިޓަލުން ހެދި ސްކޭނުން ހުސެއިންގެ އެތެރެ ހަށްޓަށް ވެސް އަނިޔާ ލިބިފައިވާކަން އެނގިފައިވާ ކަމަށެވެ.

"ހުސައިން ހައްޔަރުކުރީ ލައިވް ކަވަރޭޖްގައި ފުލުހުންގެ އެންގުންތަކަށް ފުރިހަމައަށް ކިޔަމަންވެ، ފުލުހުން އަންގާ ގޮތަށް އަމަލު ކުރާ ކަމަށް ބުނެ އަދި އެ ގޮތަށް އަމަލު ކުރަމުން ދިޔަ މަންޒަރު ލައިވްކޮށް ފެންނަމުން ދަނިކޮށްނެވެ. ފުލުހުން އޭނާގެ ބުރަކަށީގައި އަޅާ ކޮށްޕަމުން ގެންގޮސް އަޑާއި މަންޒަރު ކެނޑޭ ހިސާބަށް ދިޔުމުން، ކަން ވީ ގޮތް ސާފު ކުރި އިރު ފުލުހުންގެ ބަޔަކު އޭނާގެ ގަޔަށް އަރައިގަނެ، އަތުގައި އޮތް ރާއްޖެ ޓީވީގެ މައިކް ޖަހައިގަތުމަށް ފަހު ބިންމައްޗަށް ވައްޓާލިއެވެ. ހައްޔަރުކުރުމުގެ ތެރޭގައި ހުސައިންގެ މޫނަށް ޕެޕަރ ސުޕްރޭ ޖެހުމަށް ފަހު ފުލުހުންގެ ވެހިކަލް (އާންމު ބަހުން އައިސް ކްރީމް ލޮރީ) އަށް އެރުވުމުން އޭނާ ނޭވާ ހާސްވެގެން އެ ވާހަކަ ބުނުމުން ވެސް، ފަރުވާ ދިނުމަށް އަވަސްވުމުގެ ބަދަލުގައި "މަރުވެއްޖިއްޔާ ކަށުނަމާދު ކުރާނެ މީހުން ތިބޭނެ" ކަމަށް އެތަނުގައި ތިބި ފުލުހުން ބުނެފައިވެއެވެ. އަދި ވެހިކަލަށް އެރުވުމުގެ ތެރޭގައި ވެސް އެކި ވަރުގެ އަނިޔާ ދީފައިވެއެވެ،" ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައި ވަނީ މިއީ ރައްޔިތުންގެ ސަލާމަތާއި ހިމާޔަތަށް މަސައްކަތް ކުރުގެ ވާޖިބު މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާއެއްގެ އޮފިޝަލުންގެ ފަރާތުން އިވުމަށް ދިވެހި އެއްވެސް ރައްޔިތަކު އެދޭނެ ފަދަ ވާހަކއެއް ނޫން ކަމަށާއި އެފަދަ ދަށު ދަރަޖައިގެ ބަސްމަގާއި، އަމަލުތަކުން މުޅި މުއައްސަސާގެ ގަދަރާއި އިހްތިރާމް ވެއްޓިގެން ދިއުމަކީ ވެސް ނުހަނު ހިތާމަ ހުރި ކަމެއް ކަމަށެވެ.

"އެއްވުމުގެ ތެރެއިން ފުލުހުންގެ ބަޔަކު ހުސެއިން އަށް އަނިޔާ ކުރި ނަމަވެސް އޭޑީކޭ ހޮސްޕިޓަލްގައި ހުސައިން އަށް ފަރުވާ ދެމުންދިޔައިރު ކަންކަން ބެލުމަށް އެކި ފަހަރު މަތިން އައި ފުލުހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރު ލުން ލިބިފައިވާކަން ފާހަގަ ކުރަމެވެ،." ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހުސައިނަށް ދިން އަނިޔާތަކުގެ އިތުރުން، މުޒާހަރާ ކަވަރު ކުރުމަށް މަސައްކަތް ކުރި ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ ފައިގައި ފުލުހުން ތެޅުމުގެ އިތުރުން، އިންސާނީ ކަރާމަތާ ޚިލާފް އަމަލުތައް ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ހިންގާފައިވާއިރު ރާއްޖެ ޓީވީގެ ނޫސްވެރިންގެ ޓީމުގައި ހިމެނޭ މުހައްމަދު އަނިލްއާއި އަހުމަދު ނަދީމާއި ސާއިފް ސިޔާދާއި މުހައްމަދު ޝަރުހާން، ހުސެއިން ފަޒީން މުހައްމަދު އަދި މުރުޝިދު އަބްދުލް ހަކީމްގެ މޫނަށް ޕެޕަރ ސުޕްރޭ ފުލުހުން ވަނީ ޖަހާފައެވެ. ރާއްޖެޓީވީ އިން ބުނީ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށާއި އިކުއިޕްމެންޓަށް ފުލުހުންގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ގެއްލުން ލިބިފައިވާކަން ވެސް މިފުރުސަތުގައި ހިތާމައާ އެކު ފާހަގަކޮށް އެ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.

ރާއްޖެޓީވީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިފަދަ އަނިޔާވެރި އަމަލުތަކެއް ފުލުހުން ފުށުން ނޫސްވެރިންނަށް އަމާޒުވެ ބޮޑެތި ގެއްލުންތައް ލިބުމުން ވެސް، އަވަސްވެ ގަނެފައި ވަނީ ނޫސްވެރިންނަށް އިންޒާރު ދިނުމުގެ ބަޔާންތައް ނެރެމަށް ކަމަށާއި ނޫސްވެރިއަކަށް ފެންނަ މަންޒަރެއް އެ ފެންނަ ގޮތަކަށް ގެނެސްދިނުމަށް މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި ލާ އިންސާނީ އަނިޔާ ދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ކަމާއެކު ހުކުރު ދުވަހާއި އެރޭ ހިނގި އެއްވުންތައް ކަވަރު ކުރުމުގެ ބުރަ މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހުންގެ ބައެއް މީހުންގެ ފަރާތުން ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެއްވެސް ބަޔަކު ހުރަސް ނާޅައި، ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ގޮވާލާ ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު