Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު މަޚްލޫފް

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

މަޚްލޫފަށް ބޭނުންވަނީ، ބާރުގަދަ، އަގުބޮޑު އިންޖެކްޝަނެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 މާރިޗު 2017 | އަންގާރަ 23:07
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މެޑަމް ފާތުން ގެންނެވި ބައެއް އިންފްލުއެންޒާ ވެކްސިން ޑޯޒްތަކައި އެކު

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މެޑަމް ފާތުން ގެންނެވި ބައެއް އިންފްލުއެންޒާ ވެކްސިން ޑޯޒްތަކައި އެކު

ދެ މައްސަލައެއްގައި އިއްވާފައިވާ ދެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފަށް ބޭނުންވާ މުހިއްމު އިންޖެކްޝަނެއް ލިބިދާނެކަމުގެ ސުވާލު އުފެދިފައިވާތީ، އެ އިންޖެކްޝަން ގެނެސްދިނުމަށް މަޚްލޫފްގެ އައިލާއިން، އުއްތަމަ ކަމަނާ، ފާތިމަތު އިބްރާހިމް އަރިހުން އެދިއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން، މަޚްލޫފްގެ އަނބިކަނބަލުން، ނަޒްރާ ނަސީމް ވިދާޅުވީ، މަޚްލޫފްގެ ފަރުވާއަށް ބޭނުންވާ ބާރުގަދަ އިންޖެކްޝަނެއް ޖެހޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެގޮތުން ވަކި މުއްދަތްތަކަކުން ޖަހަން ޖެހޭ އެ އިންޖެކްޝަންގެ ދެން ޖަހަން ޖެހޭ ޑޯޒް އާއިލާއިން އަމިއްލައަށް ހޯދުމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް، އާންމު ފަރުދުންނަށް އިންޖެކްޝަން އެތެރެ ނުކުރެވެތީ އާއި، އެތެރެ ކުރި ނަމަވެސް، ހޮސްޕިޓަލްތަކުން އެފަދަ ވެކްސިން ޖަހައި ނުދޭތީ، އެ އިންޖެކްޝަން ރާއްޖެއަށް ގެނެސްދިނުމަށް ނަޒްރާ ވަނީ އުއްތަމަ ކަމަނާ ފާތުމަތު އިބްރާހިމްގެ އަރިހުން އެދިފައެވެ.

މިހާރު ހޮސްޕިޓަލްތަކުން އަންގާފަ އޮތީ އާންމުން ބޭރުން ގެނެސްދޭ އިންޖެކްޝަންތައް ޖަހާ ނުދޭނެކަން ހޮސްޕިޓަލްތަކުން. ދެން ވެކްސިނާ އިންޖެކްޝަނާ، މެޑަމް ފާތުން ގެނެސްދެއްވާ، އެހެންވީމަ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު އެދެން މެޑަމް ފާތުން އަރިހުން، އެކަމަނާއަށް އެކަން ވަންޏާ އެ އިންޖެކްޝަން ގެނެސްދެއްވުމަށް

ނަޒްރާ މިހެން ވިދާޅުވެފައިވާއިރު، މިހާރު ފެތުރެމުންދާ އެޗް1އެން1 ރޯގާ އާއި ގުޅިގެން އުއްތަމަ ކަމަނާ، ފާތުމަތު އިބްރާހިމް ވަނީ އެ ރޯގާއަށް ޚާއްސަ ވެކްސިންގެ ޑޯޒްތަކެއްވެސް ރާއްޖެއަށް ގެންނަވާ، ބައެއް ފަރާތްތަކަށް ހަދިޔާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު