Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސް އޭސީސީއަށް ހާޒިރުކުރުން

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

މިއީ މަސީޙު ބޭރުކުރެވޭނެ ކަމުގެ އަލާމާތެއް، ހުރަސް އަޅަނީ އެކަން ގަބޫލުކުރެވޭތީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 މާރިޗު 2017 | އަންގާރަ 12:05
ފާރިސް އޭސީސީ ހިންގާ ހުރަވީ ބިލްޑިންގައި،

ފާރިސް އޭސީސީ ހިންގާ ހުރަވީ ބިލްޑިންގައި،

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރީ މައްސަލައެއްގެ ތުހުމަތުގައި ނޫން ކަމަށާއި މި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބުކުރެވޭނެ ކަމުގެ އަލާމާތްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް އެ ކޮމިޝަނަށް ފާރިސް ވަނީ ހާޒިރުކޮށްފަ އެވެ.

Advertisement - newsAdvertisement

ފާރިސްއާ އެކު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ އިތުރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ އިސް އޮފިޝަލުން އޭސީސީ ހިންގާ ހުރަވީ ބިލްޑިންއާ ހަމައަށް ވަޑައިގެންނެވި އެވެ.

ކުރިން ފާރިސް ވިދާޅުވީ އޭސީސީ އަށް ހާޒިރުކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ ބިރުދެއްކުމުގެ ގޮތުން ކަމަށެވެ.

ގާތްގަނޑަކަށް 30 މިނެޓްގެ އޭސީސީގައި ހުންނެވުމަށް ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ފާރިސް ވިދާޅުވީ ކޮމިޝަނަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް އިދާރާއެއް ނުވަތަ މުއައްސަސާއަކުން އޭނާގެ މައްޗަށް މައްސަލައެއްގެ ތުހުމަތުކޮށް ތަހުގީގެއް ހިންގަމުންދާ ކަމެއް އަންގާފައިނުވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

އޭސީސީ އަށް ހާޒިރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފާރިސް ވިދާޅެއް ނުވެ އެވެ. ފާރިސް ވިދާޅުވީ މައްސަލައެއްގެ ތަހުގީގު ހިނގަމުންދާއިރު އެ މައްސަލައާ ގުޅޭ ތަފްސީލުތައް ހާމަކުރުމަކީ އޭސީސީގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ފާރިސް ވިދާޅުވީ އޭސީސީ އަށް ހާޒިރުކުރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ގޮތުން ކަމަށެވެ.

ފާރިސް ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލަ މިމަހުގެ 8 ވަނަ ދުވަހު ހުށަހަޅާފައިވަނިކޮށް ކުއްލި ގޮތަކަށް 14 ވަނަ ދުވަހަށް ކޮމިޝަނަށް ހާޒިރުވާން އެންގުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި އޭސީސީއަށް ހުށަހަޅާ މައްސަލައެއްގެ ތަހުގީގު ފަށައި، އިދާރީ މަސައްކަތްތައް ނިންމައި މިހާ ހިސާބަށް ދާނީ ކިހާ ދުވަހަކުންކަން ގިނަ ބަޔަކަށް އެނގޭނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އޭސީސީ އަށް ހާޒިރުކުރުމުން ހައިރާންވާ ކަމަށާއި މިއީ މަޖިލީހުގެ ތެރެއިން ކުރަން އުޅޭ މަސައްކަތަށް ނުފޫޒު ފޯރުވައި ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. މަޖިލިސް މެންބަރުންނަށް ހިތްވަރު ކުރެއްވުމަށް ގޮވާލައްވައި، ފާރިސް ވިދާޅުވީ މިވަރުން އަދި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ފާރިސް ވިދާޅުވީ ދުވަސް ކައިރިވީ ވަރަކަށް މިއަށް ވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް ގާނޫނުގެ ތެރެއިން މަސައްކަތް ކޮށްފައިވާތީ އެޅޭނެ ފިޔަވަޅުތަކެއް ހުންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ފާރިސް ވިިދާޅުވީ މި ފެންނަނީ މަސީހުގެ އިތުބާރުގެ ނެތް ކަމަށް ފާސްވާނެ ކަމުގެ އަލާމާތްތައް ކަމަށާއި، ހުރަސްއަޅަން މަސައްކަތް ކުރަޏީ އެ ވޯޓް ކާމިޔާބުވާނެ ކަމަށް އެހެން ފަރާތްތަކަށް ވެސް ގަބޫލުކުރެވޭތީ ކަމަށެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު