Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ނޫސް ކޮންޕަރެންސް

މައުމޫނު ހައްޔަރުކުރަން ހުށަހަޅާނެކަމުގެ އިޝާރާތެއް ޕީޕީއެމްއިން ދީފި

3 ފެބުރުއަރީ 2018 | ހޮނިހިރު 22:51

ރައީސް މައުމޫނުގެ މައްސަލަ ބަލަން ގޮވާލައި ބަޔާނެއް ވެސް ވަނީ ނެރެފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 ފެބުރުއަރީ 2018 | ހޮނިހިރު 22:51
ޕީޕީއެމްގެ އެއްވުމެއްގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ

ޕީޕީއެމްގެ އެއްވުމެއްގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައި، އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ކަމުގެ އިޝާރާތެއް ދީފި އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމިން ފެކްޝަންގެ ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެ ޕާޓީގެ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ދައްކާފައިވާފައިވާ ވާހަކަތައް ތަހްގީގުކޮށްދޭން ފުލުހުނަށް ހުށަހަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް ވިދާޅުވީ ޒައިދުލް އަމީން ދެއްކެވި ވާހަކައިން ރައީސް މައުމޫނު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވަނީ ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނު އަތްޕުޅުންނަންގަވާ ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމިނާ ހަވާލު ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސައެއް ވަކި ގޮތައް ނިންމުމަށް ކަމަށެވެ.

ރައީސް މައުމޫނުގެ މައްޗަށް ތުހްމަތުކުރާ މައްސަލަ ބެލުމަށް ގޮވާލާ ޕީޕީއެމް އިން ނެރުނު ބަޔާން

ރައީސް މައުމޫނާ ގުޅޭ ގޮތުން އަބްދުލް ރަހީމް ވިދާޅުވީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ހުންނާނެ ވަރު މިހާރު ހިތަށް އަރާކަމަށެވެ.

ޕީޕީއެެމްގެ އެ ނިއުސް ކޮންފަރެންސްއަށްފަހު އެ ޕާޓީން ވަނީ ރައީސް މައުމޫނު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލަ ތަހްގީގުކުރުމަށް ގޮވާލައި ބަޔާނެއްވެސް ނެރުއްވާފަ އެވެ.

ރައީސް މައުމޫނު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ޒައިދުލް އަމީން ވިދާޅުވާ ކަމަށް ވާހަކަ ދެކެވެން ފެށުމާއެކު ރައީސް މައުމޫނު ފެކްޝަނުގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ވަނީ މީގެ ކުރިން އެ މައްސަލައާ ގުޅޭ ގޮތުން ޒައިދުލް އަމީން އާންމުކޮށްފައިވާ ބަޔާނެއް ޓުވީޓް ކުރައްވާފަ އެވެ. އެއީ ރައީސް މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ޒައިދުލް އަމީން 2017 ވަނަ އަހަރު ނެރުނު ބަޔާނެކެވެ.

ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން މިދިޔަ އަހަރު ނެރުއްވި ބަޔާން:-އޭނާ މިހާރު ހުންނެވީ ރައީސް ޔާމިނަށް ތާއިދު ކުރައްވައިގެން

2017 ވަނަ އަހަރު ފުލުހުން ޒައިދުލް އަމީން ހައްޔަރުކުރީ އޭނާއާ އިތުރު ބަޔަކު ބައިވެރިވެގެން ވީޑިއޯ ބޭނުން ކޮށްގެން އެކި އެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވައި، އެ ވީޑިއޯ މީޑިޔާއަށް ދީގެން މާލީ ގޮތުންނާއި ސިޔާސީ ގޮތުން މަންފާތަކެއް ލިބިގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް އޭނާ އޭރު ނެރުނު ބަޔާނުގައި އޭރު ބުނެފައިވަނީ ތުހްމަތުކުރާ އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް ހެއްކެތް ނެތުމުން އޭނާއާ ފުލުހުން ދެން ސުވާލު ކުރީ ޕީޕީއެމްގެ އޮފީހުން ގެއްލިގެން އުޅޭ ހާޑު ޑިސްކާއި ފުލުހުން ބޭނުން ވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ކަމަށް ކަމަށެވެ. އަދި އެ ހާޑް ޑިސްކްވީ ރައީސް މައުމޫނު އަތުގައި ކަމަށް ބުނެ ބަޔާން ދޭން ފުލުހުން މަސައްކަތް ކުރުވި ކަމަށް ވެސް ޒައިދުލް އަމީން އެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެހެންމެ އޭނާ ބަންދުގައި ހުރިއިރު ފުލުސް އޮފީހަށް ވަކީލަކާ ނުލާ އެނާ ހާޒިރުކޮށް، ސަރުކާރާ ދެކޮޅު ވަކީލަކު ގެންގުޅޭތީ އޭނާ ދޫކޮށްލުމަށާއި އެ ވާހަކަތައް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް މިހާރު ފުލުސް އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ނަވާޒު ވިދާޅުވި ކަމަށް ޒައިދުލް އަމީން އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް ރައީސް މައުމޫނުގެ ބާރެއް މިހާރު ނެތް ކަމަށާއި އެމަނިކުފާނަށް ތާއިދުކުރުން ހުއްޓާލުމަށާއި އަދި މި ސަރުކާރުން ބޭނުން ކޮންމެ ވަޒީފާއެއް ލިބޭނެ ކަމަށް އޭރު ތަހްގީގަށް ގެންދިއުމަށްފަހު އަބްދުﷲ ނަވާޒު ވިދާޅުވި ކަމަށް ރައީސް މައުމޫނަށް މީގެ ކުރުން ތާއިދު ކުރެއްވި ޒައިދުލް އަމީން އޭރު ނެރުއްވި ބަޔާނުގައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް