Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމްގެ ކޯޅުން

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ޕީޕީއެމްގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ވަހަކަދެއްކެވީ ހަޤީޤަތް އޮޅުވާލުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 17:40
ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީން 2015 ވަނަ އަހަރުގައި އީދު ސަލާމްކުރައްވަނީ -- ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮދުވެ، ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ

ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީން 2015 ވަނަ އަހަރުގައި އީދު ސަލާމްކުރައްވަނީ -- ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮދުވެ، ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ

ޕީޕީއެމްގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ވަހަކަ ދެއްކެވީ ހަޤީޤަތް އޮޅުވާލުމަށް ކަމަށާއި، ޕީޕީއެމްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައި ކަމަށް ރައީސް މައުމޫނު އަބްދުއްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ކައުންސިލް މެމްބަރުންތަކެއް ޕީޕީއެމްއަށް ސޮއިކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި މިހާރު ބައިބައިވުންތަކެއް ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ކުރިއެރުވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވުމަށް ރައީސް މައުމޫނު ނެރުއްވި ބަޔާނެއްގައި ބުނީ، ޕާޓީގެ ވަރަށް އިސްފަރާތަކުން ޕީޕީއެމްގެ ތެރޭގައި ބައިބައި ވުމެއް ނެތޭ ވިދާޅުވުމަކީ ރައްޔިތުންނަށް ހަޤީގަތް އޮޅުވައިލެއްވުން ކަމަށެވެ. އަދި ޕީޕީއެމް ތެރޭގައި ވަނީ ވަރަށް ބޮޑަށްވެސް ބައިބައިވުން އުފެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މައުމޫނު ވިދާޅުވީ، ޕާޓީގެ ގިނަ މެންބަރުން ބޭނުންވަނީ ޕާޓީގެ މެންބަރުން އިންތިޚާބު ކުރަށްވާފައިވާ ރައީސްގެ ބެއްލެވުމުގެ ދަށުން ޕާޓީގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދާ އެއްގޮތަށް ކަންކަން ގެންދިއުމަށް ކަމަށެވެ. ގިނަ މެންބަރުން ބޭނުންވަނީ ދަޢުލަތުގެ މުއައްސަސާތައް އިސްލާހުވެ، ތިން ބާރު ހަޤީގަތުގައިވެސް ވަކިވެ، ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާވުމަށް ކަމަށާއި، ނަމަވެސް މަދުބަޔަކު ބޭނުންވަނީ އެބައެއްގެ އަމިއްލަ ފައިދާއަށް އެކަންކަން ދޫކޮށްލާށް ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް - ޕާޓީ ހިންގަވަނީ އެކަމަނާގެ ބެލުމުގެ ދަށުންކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ، 'ފަސްޓް ލޭޑީ' އަކީ ދަޢުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގައިވެސް، ވަކި މަސްޢޫލިއްޔަތުތަކެއް ހަވާލު ކުރެވިފައި އޮންނަ މަޤާމެއް ނޫން ކަމަށެވެ. އެއީ ރައީސްގެ އަނބިކަނބަލުންނަށް އިޙުތިރާމްކުރުމުގެ ގޮތުން ބޭނުންކުރާ ލަޤަބެއްކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. ރއީސް މައުމޫނު ވިދާޅުވި ގޮތުގައި "ފަސްޓް ލޭޑީ" އަކީ ޕާޓީގެ އޮނިގަނޑުގައިވެސް އޮންނަ މަޤާމެއް ނޫން ކަމަށެވެ. އެހެންކަމުން ޕާޓީގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ އާއި ހަވާލު ކުރެއްވުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަސާއި، އަދި ޕާޓީގެ ޤައުމީ ޖަލްސާއިންވެސް، ކައުންސިލުންވެސް ފާސްކޮށްފައިނުވާ މަޤާމަކަށް ޕާޓީގެ ހިންގުމުގެ ކަންކަން ހަވާލުކުރުމަކީ ޕީޕީއެމް ގެ އަސާސީ ޤަވާއިދާ ޚިލާފު ކަމެއްކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

މި ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު ރައީސް މައުމޫން ވަނީ އަނބުރާ ގެންދަވައިފަ އެވެ. އެމަނިކުފާނު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބު ކުރެއްވީ ޕާޓީގެ ޤައުމީ ޖަލްސާއިން މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައި ކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ޕާޓީގެ އަސާސި ޤަވާއިދުގައިވާ ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ޕާޓީގެ ރައީސްކަމަށާއި، ނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ އިތުރުން މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލުތަކާ ޚިލާފަށް ޕީޕީއެމްގެ ބާރުތައް ނަންގަވައިގެން، ޕާޓީގެ ނަމުގައި މިހާރު ކަންކަން ހިންގަމުންދަނީ ޕާޓީގެ ރައީސް ގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ބަޔާން ނިންމާލަމުން ރައީސް މައުމޫނު ވިދާޅުވީ، މާތްﷲ ގެ އިރާދަފުޅާއެކު ދިވެހި ރައްޔިތުންނަށް ފާގަތި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ޕާޓީގެ ރައީސް ކުރަށްވަމުން ގެންދަވާ މަސައްކަތްތައް ކުރެއްވުން މަތީ އެމަނިކުފާނު ދެމި ހުންނަވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު