Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓްގެ އަމުރު

ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރެއްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ގޮވާލައިފި

3 ފެބުރުއަރީ 2018 | ހޮނިހިރު 07:44

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގެ މުހިންމުކަން ފާހަގަ ކުރައްވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 3 ފެބުރުއަރީ 2018 | ހޮނިހިރު 07:44
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރެފައިވާ އަމުރަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު އާއްމު ކުރެއްވި ބަޔާނުގައި ވަނީ، ބަންދުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ މުހިންމުކަން ފާހަގަ ކުރާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ސުޕްރީމް ކޯޓުގެ އަމުރަށް ދިވެހި ސަރުކާރުން ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލައި، މިހާލަތުގައި ކެތްތެރިކަން އިސް ކުރުމަށް ހުރިހާ ފަރާތްތަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދޭނީ ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާގެ ތެރެއިން ކަމަށް ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް އެބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރު ތަންފީޒް ކުރުން ސަރުކާރުން ފަސް ކުރަމުންދާއިރު، އެ އަމުރަށް އިހްތިރާމް ކުރުމަށް އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަނަރުގެ އޮފީހުންވެސް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.

އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްގެ ތަރުޖަމާނު ހުކުރު ދުވަހުގެރޭ ނެރެފައިވާ ބަޔާނުގައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ކުށްވެރިންގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު އިން ގަބޫލް ކުރާ އިތުރު 8 ބޭފުޅަކު މިނިވަންކޮށް އެމީހުންގެ ޝަރީއަތް އަލުން ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމެވުމާއި، ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލާ ކަމަށެވެ.

އަދި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދިޔަކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ދިވެހި ސަރުކާރާއި، ފުލުހުންނާއި ސިފައިން މިއަމުރާ ގުޅޭ ގޮތުން އަމަލުކުރާ ގޮތަށް ފާރަވެރިވަމުންދާ ކަމަށް އެބަޔާނުގައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެމެރިކާ، އިނގިރޭސިވިލާތް، ކެނަޑާ، އޮސްޓްރޭލިއާ އަދި އިންޑިއާ އާއި ސްރީ ލަންކާ އިން ވަނީ ގޮވާލާފައެވެ. އެ އަމުރަށް ތަބާވުމަށް ބައިނަލްއަޤްވާމީ މުޖުތަމައު އިން ދިވެހި ސަރުކާރަށް ގޮވާލަމުންދާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުންވެސް ދަނީ ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމްކޮށް އެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް