Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ސިޔާސީ މަޝްރަހު

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

މިދަތުރުގައި ޑރ ޖަމީލާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2017 | އާދީއްތަ 13:54
އުމަރު ނަސީރު ޕްރެސް ކޮންފަރެއްސެއްގައި މައުލޫމާތު ދެނީ

އުމަރު ނަސީރު ޕްރެސް ކޮންފަރެއްސެއްގައި މައުލޫމާތު ދެނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ މަޝްވަރާކުރެއްވުމަށް، މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ފުރުއްވާފައިވާ އުމަރު ނަސީރު އިނގެރޭސިވިލަތަށް އާދިއްތަ ދުވަހު ފުރާވަޑައިގެންފި އެވެ.

އުމަރު ނަސީރު ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުގައި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ޓީމާ ބައްދަލު ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްގެ އިތުރުން ގައުމީ އިއްތިހާދުގެ ސޮބަރް އިބްރާހިމްވެސް ބައްދަލުކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވަނީ އެމަނިކުފާނުގެ މި މަސައްކަތަކީ ރާއްޖެ ތެދުވެރިކަމާ އަދުލުވެރިކަމުގެ މަގަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކަމުގައި ވިދާޅުވި އެވެ.

މިދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ.

އުމަރު އިނގިރޭސިވިލާތައް ވަޑައިގަންނަވާކަން އިއުލާނުކޮށް ކުރެއްވި ޓްވީޓްގައި ވަނީ ކުރީގެ ނައިބު ރައީސް ޑރ ޖަމީލާ މަޝްވަރާކުރައްވާނީ ކުރިއަށް އޮތް ރިޔާސީ އިްނތިހާބާ ގުޅޭގޮތުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަޝްވަރާކުރައްވަނީ ރިޔާސީ އިންތިހާބުގެ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލިއިރު، ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށް ފަހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ. އަދި އެއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވުމުގެ މަސައްކަތް އުމަރު ނަސީރު ފައްޓަވާފައިވެއެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށެވެ. ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލެވުނުގޮތަށް ތާއީދުކޮށް ވާހަކަދެއްކެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސުވާލު އުފެދޭގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުމަރު ނަސީރަކީ ބޮޑު ސިންގާ ދޮގުވެރިއެއް: ފައްޔާޒު

އުމަރު ނަސީރަކީ ބޮޑު ސިންގާ ދޮގުވެރިއެއް: ފައްޔާޒު

28 ޖޫން 2017
ކުރީގެ ރައީސް ނަޝީދު އެނބުރި އިނގިރޭސިވިލާތަށް!

ކުރީގެ ރައީސް ނަޝީދު އެނބުރި އިނގިރޭސިވިލާތަށް!

12 މެއި 2017
ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

05 އެޕްރީލު 2017
މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

މެމްބަރު އިބްރާހިމް ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އުމަރު އެދިވަޑައިގެންފި

05 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު