Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފޮރިން މިނިސްޓްރީ

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ސައުދީ އާއި ޗައިނާގެ ނުފޫޒު ދަނީ ދިވެހި ސަރުކާރުގެ މައްޗަށް ގަދަވަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 22:43
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި – ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި – ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ހިޒް އެކްސެލެންސީ އެމްޖޭ އަކްބަރު، އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ފޮރިން މިނިސްޓަރު، ޑރ. މުޙައްމަދު އާސިމް އާއި ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

އަވައްޓެރި އިންޑިއާގެ ޚާރިޖީ އިސް އޮފިޝަލަކު ރާއްޖެއަށް މިފަދަ ދަތުރުފުޅެއް މި ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުން ސައުދީ އަރަބިއާ އާއި ޗައިނާއާއެކު ގުޅުން ބަދަހި ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މި ދުވަސްވަރަކީ އިންޑިއާގެ ދުވަސްވީ އިޤުތިޞަދީ ހަތުރެއް ކަމުގައިވާ ޗައިނާއިން ރާއްޖޭގައި މިހާރު ބިނާކުރަމުންދާ 'ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް'ގެ ބަދަލުގައި އެ މަސައްކަތް ކުރާ ކުންފުންޏަށް ރާއްޖެއިން ރަށްތަކެއް ދޭން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދުވަސްވަރެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޭޓް މިނިސްޓަރ އަކްބަރުގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ، ދިވެހި ސަރުކާރުން ޗައިނާގެ ކުންފުންޏަކަށް ރަށްތަކެއް ދިނުމަށް ނިންމާފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ، އެކަމާއި ދިވެހި ސަރުކާރާއި މަޝްވަރާ ކުރައްވާފައެވެ.

އިޖުތިމާއީ، އިޤުތިޞާދީ، އަދި އެހެނިހެން ވެސް ދާއިރާތަކުން ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިއެއްގެ ގޮތުގައި އޮތް އިންޑިއާ ފެއަށް ޖައްސައި، ރައީސް ޔާމީންގެ ސަރުކާރުން އަރަބި ދުނިޔޭގެ އެންމެ ބޮޑު އެއް ރަސްކަން ކަމުގައިވާ ސައުދީ އަރަބިއްޔާ އާއި އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ކޮމިއުސްނިސްޓް ދައުލަތް ކަމުގައިވާ ޗައިނާއާއެކު ގުޅުން ބަދަހި ކުރަމުންދާ މައްސަލައިގައި، މީގެ ކުރިންވެސް އެކި ފަހަރުމަތިން އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި

ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި

21 އެޕްރީލު 2017
 ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

21 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު